ގްރީސް
20 ލިޔުން
ދުނިޔެވައިގެ ތެރޭގައި ކުޑަދޮރު ނެއްޓި، ފަސިންޖަރަކު ބޭރަށް ދަމައިގަނެފި
ރަޔަންއެއާގެ ބޯޓެއް އުދުހެމުން ދަނިކޮށް ކުޑަދޮރެއް ނެއްޓި، ފަސިންޖަރަކު ބޭރަށް ދަމައިގަތް ނުރައްކާތެރި ހާދިސާއެއްގައި އޭނާގެ އަންހެނުންނާއި އެހެން ފަސިންޖަރުންގެ އެހީތެރިކަމާއެކު އޭނާ ސަލާމަތްކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ވަނީ އަނބުރާ ގްރީސްގެ އެއާޕޯޓަށް ޖައްސައި، އަނިޔާވި ފަސިންޖަރަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.
ދުނިޔެގާޒާއަށް އެހީ ހިފައިގެން ދިޔަ އެކްޓިވިސްޓުންނަށް އަނިޔާކޮށްފި
ގާޒާއަށް އެހީ ހިފައިގެން ދަތުރުކުރި ފްލޮޓިލާގައި ހިމެނޭ ސްޕެއިން އަދި ބްރެޒިލްގެ ދެ އެކްޓިވިސްޓަކު އިސްރާއީލުން ހައްޔަރުކޮށް، އެމީހުންގެ ބަންދުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ. ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން މި ދެމީހުން ހައްޔަރުކުރީ ޣައިރު ގާނޫނީކޮށް ކަމަށް އެ ގައުމުތަކުން ބުނާއިރު، އިސްރާއީލުން އެމީހުންގެ މައްޗަށް ޓެރަރިޒަމާ ގުޅުންހުރި ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އެކްޓިވިސްޓުން މި ހުރިހާ ތުހުމަތުތަކަކަށް އިންކާރުކުރާއިރު، އެމީހުންގެ ވަކީލުން ދަނީ އެމީހުން ދޫކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.
