2026 ވޯލްޑް ކަޕުން ވެސް މެސީ ފެނިދާނެ

Jun 8, 2024, 8:21 AM
2026 ވޯލްޑް ކަޕުން ވެސް މެސީ ފެނިދާނެ

މިއާމީ (ޖޫން 8) - އެމެރިކާގެ މޭޖާ ސޮކާ ލީގުގެ އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، 2026 ވަނަ އަހަރު އެމެރިކާގައި ބާއްވާ ފީފާ ވޯލްޑް ކަޕުން ފެނިދާނެ ކަމުގެ އިޝާރާތެއް ދީފި އެވެ.

އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް އާޖެންޓީނާއާ އެކު މެސީ ވަނީ ކާމިޔާބު ކޮށްފަ އެވެ. މިއާއެކު ފުޓުބޯޅައިގެ ކުލަބް ފެންވަރުގައި އަދި ގައުމީ ޓީމާ އެކު ހޯދެން ހުރި ހުރިހާ ތައްޓެއް މެސީ ވަނީ ހޯދައިފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެސީ ވަނީ އޭނާގެ ކުރިމަގާ މެދު ވާހަކަ ދައްކައިފަ އެވެ. އެ ގޮތުން، މެސީ ބުނީ މި އަހަރުގެ ކޮޕަ އެމެރިކާ އަށްފަހު ގައުމީ ޓީމުން ރިޓަޔާވާން ނިންމާފައިނުވާކަން ހާމަކޮށްފަ އެވެ. އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އޭނާ ފެނިދާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދީފަ އެވެ.

"އަހަރެން ރިޓަޔާ ކުރަން ވިސްނާނީ އަހަރެންގެ ހަށިގަނޑު އެކަމަށް އެދުމުން. އަހަރެން ނުދެކެން އުމުރަކީ މައްސަލަ އެއް ކަން. އަދި ވެސް އަހަރެން އަށް އަހަރެންގެ "ބެސްޓު" އެބަ ދެއްކޭ" މެސީ ބުންޏެވެ.

މެސީ ބުނީ ވޯލްޑް ކަޕް ކުޅުމާމެދު ގޮތެއް ނިންމަން އަދި ވަގުތު އެބައޮތް ކަމަށެވެ. އަދި މިހާރުގެ ފޯކަސް އަކީ ކުރިއަށް އޮތް ކޮޕަ އެމެރިކާ މުބާރާތް ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ އެންމެ ފަހުން ކުރިއަށްދިޔަ ވޯލްޑް ކަޕް ކާމިޔާބުކުރުމާއެކު, ބޮޑު ޕްރެޝަރަކުން ސަލާމަތްވެވުނު ކަމަށެވެ.

މި މަހު 20 ވަނަ ދުވަހު އެމެރިކާގައި ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް އާޖެންޓީނާ އިން ނުކުންނާނީ ފޭވަރިޓުގެ ގޮތުގައިތޯ ސުވާލުކުރުމުން މެސީ ބުނީ، ދެކުނު އެމެރިކާ ސަރަހައްދުގެ ކޮންމެ މުބާރާތަކަށް ނުކުންނައިރު، ފޭވަރިޓުންގެ ގޮތުގައި ގުނަނީ ބްރެޒިލާއި އާޖެންޓީނާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox