ސިންގަރ އިން "އޮނާ" ބްރޭންޑުގެ ހަތަރު މޮޑަލްއެއްގެ ފޯނު ރާއްޖެ މާކެޓަށް ނެރެފި

ސިންގަރ އިން "އޮނާ" ބްރޭންޑުގެ ހަތަރު މޮޑަލްއެއްގެ ފޯނު ރާއްޖެ މާކެޓަށް ނެރެފި

ސިންގާ ބްރޭންޑް އެންޑް ޗޮއިސެސްއިން "އޮނާ" ބްރޭންޑުގެ ހަތަރު މޮޑަލްއެއްގެ ފޯނު ރާއްޖޭގެ މާކެޓަށް ތައާރަފުކޮށްފި އެވެ.

ހުޅުމާލެ ހިޔާ ޕާކުގައި ރޭ ބޭއްވި ހާއްސަ އިވެންޓެއްގައި މި ފޯނުތައް ދައްކާލިއިރު، އިވެންޓުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ނަސީބުވެރި ހަ ފަރާތަކަށް ފޯނު ވަނީ ހަވާލުކޮށްފަ އެވެ.

ދުނިޔޭގައި ނަން މަޝްހޫރު މި ބްރޭންޑުގެ ފޯނުތަކަކީ ގިނަ ވަގުތު ޗާޖު ހިފެހެއްޓުމުގެ އިތުރުން އަގު ހެޔޮ ކޮލެޓީ ފޯނުތަކެކެވެ.

ރާއްޖޭގެ މާކެޓަށް ނެރުނު އޮނާގެ ހަތަރު މޮޑެލްގެ ފޯނު:

އޮނާ އެކްސް 9b - މި މޮޑެލްގެ ފޯނު ފުލް ޗާޖު ކޮށްގެން ތިން ދުވަސް ވަންދެން ވެސް ބެޓަރި ހުސްނުވެ ގެންގުޅެވެ އެވެ. 256 ޖީބީ މެމޮރީއަކާއި 12 ޖީބީގެ ރެމެއް ހުންނަ މި ފޯނުގައި ސްނެޕްޑްރެގަން 6 ޖެން 1 އެއް ވެސް ހުރެ އެވެ. އަދި 108 މެގަ ޕިކްސެލްގެ ކެމެރާއެއް ހުންނަ މި ފޯނުގެ ފްރޮންޓު ކެމެރާގައި 16 މެގަޕިކްސެލް ހުރެ އެވެ.

މި ފޯނަކީ ވޯޓާޕްރޫފް އަދި ވެއްޓުމުން ގެއްލުންވުމުގެ ފުރުސަތު ވެސް ކުޑަ ފޯނެކެވެ. މި މަރުކާގެ މިޑްނައިޓް ބްލެކް އަދި ސަންރައިޒް އޮރެންޖު ރާއްޖެއިން ލިބެން ހުންނާނެ އެވެ.

އޮނާ އެކްސް 9b ފޯނު ރާއްޖޭގައި ވިއްކަން ފަށާ އަގަކީ 6،999ރ. އެވެ.

އޮނާ އެކްސް 8b - ބަރުދަނުގައި 166 ގްރާމު ހުންނަ މި ފޯނުގެ ބޯމިނަކީ 6.78 މިިލިމީޓަރު ކަމުން މި ފޯނު ވަރަށް ލުއިވެފައި، ގެންގުޅެން ފަސޭހަވާނެ އެވެ. 50 މެގަ ޕިކްސެލް ހުންނަ މި ފޯނުގެ ފްރޮންޓު ކެމެރާއާއެކު ސެލްފީ ލައިޓެއް ވެސް ހުރެ އެވެ. އަދި މި ފޯނު ފަރުމާކޮށްފައި ހުރި ގޮތުން، ވެއްޓުމުން ހަލާކުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މި ފޯނުގައި 512 ޖީބީގެ މެމޮރީއަކާއި 8 ޖީބީގެ ރެމެއް ހުރެ އެވެ. އަދި 108 މެގަޕިކްސެލްގެ ކެމެރާއެއް ވެސް މި ފޯނުގައި ހުރެ އެވެ.

އޮނާ އެކްސް 8b ފޯނު ރާއްޖޭގައި ވިއްކަން ފަށާ އަގަކީ 5،699ރ. އެވެ.

ސިންގާ ބްރޭންޑް އެންޑް ޗޮއިސެސްއިން ރާއްޖެއަށް ތައާރަފު ކުރި ފޯނުތައް -- ފޮޓޯ: މިރާން ނާޝިމް / އަދަދު
ސިންގާ ބްރޭންޑް އެންޑް ޗޮއިސެސްއިން ރާއްޖެއަށް ތައާރަފު ކުރި ފޯނުތައް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

ސިންގާ ބްރޭންޑް އެންޑް ޗޮއިސެސްއިން ރާއްޖެއަށް ތައާރަފު ކުރި ފޯނުތައް -- ފޮޓޯ: މިރާން ނާޝިމް / އަދަދު

އޮނާ އެކްސް 7b - ފުލް ޗާޖުކޮށްގެން ތިން ދުވަހު ގެންގުޅެވޭ މި ފޯނުން އަޑު ބާރުކޮށް ލަވަ ޖަހައި ފިލްމު ވެސް ބެލެ އެވެ. 108 މެގަ ޕިކްސެލްގެ ކެމެރާއެއް ހުންނަ މި ފޯނުގައި 256 ޖީބީގެ މެމޮރީއެއްގެ އިތުރުން 16 ޖީބީގެ ރެމެއް ހުރެ އެވެ. އަދި މި ފޯނު ޗާޖުވާން ނަގާ ވަގުތު ވަރަށް އަވަހެވެ.

އޮނާ އެކްސް 7b ފޯނު ރާއްޖޭގައި ވިއްކަން ފަށާ އަގަކީ 3،999ރ. އެވެ.

އޮނާ އެކްސް 6b - މެމޮރީގައި 128 ޖީބީ ހުންނަ މި ފޯނުގައި 50 މެގަ ޕިކްސެލްގެ ޓްރިޕަލް ކެމަރާއެއް ހުރެ އެވެ. އަދި މި ފޯނަކީ 20 މިނެޓުން 31 ޕަސެންޓު ޗާޖުކޮށްލެވޭ ފާސްޓު ޗާޖިން ފޯނެކެވެ. މި ފޯނުގައި 28،000 ފޮޓޯއާއި 11،000 ލަވަ އަދި 100 ފިލްމު ސްޓޯކުރަން އެއްވެސް ހުރަހެއް ދިމަލެއް ނުވާނެ އެވެ.

އޮނާ އެކްސް 6b ފޯނު ރާއްޖޭގައި ވިއްކަން ފަށާ އަގަކީ 3،099ރ. އެވެ.

ސިންގާއިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.

އޭގެ އިތުރުން ސިންގާއިން އަންނަނީ މެލޭޝިއާއިން އުފައްދާފައިވާ އެކި ފަރުނީޗަރު ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ކޮޓަރިއާއި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހިމެނެ އެވެ.

ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ސޯފާ ތައްޔާރު ކޮށްދީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކަސްޓަމަރަށް ސިންގާއިން ޑެލިވާކޮށްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox