ޑެމްބެލޭގެ ބަދަލުގައި އެމްބާޕޭ ގަންނަން ބާސެލޯނާ އަށް ފުރުސަތު އޮތް

Jun 7, 2024, 6:03 AM
ޑެމްބެލޭގެ ބަދަލުގައި އެމްބާޕޭ ގަންނަން ބާސެލޯނާ އަށް ފުރުސަތު އޮތް

މޮނާކޯ، ފްރާންސް (ޖޫން 6) - މީގެ ހަތް އަހަރު ކުރިން، ބާސެލޯނާ އިން އޮސްމާން ޑެމްބެލޭ ގަތްއިރު، އެ ޓީމަށް ކީލިއަން އެމްބާޕޭ ގަތުމުގެ ފުރުސަތު އޮތް ކަމަށް ސުޕަ އޭޖެންޓް، ޖޯސެޕް މާރިއާ މިންގޭލާ ހާމަކޮށްފި އެވެ.

އެމްބާޕޭ ވަނީ، ދާދި ފަހުން ޕީއެސްޖީ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކޮށްފަ އެވެ.

ބާސެލޯނާ އަށް ޑިއޭގޯ މަރަޑޯނާ އާއި ލިއޮނަލް މެސީގެ ޑީލް މަގުފަހިކޮށްދިން އޭޖެންޓް މިންގޭލާ ބުނީ، އޭނާ މެދުވެރިވެގެން، އެމްބާޕޭ ގަންނަން ބާސެލޯނާ އަށް ފުރުސަތު ދިން ކަމަށެވެ.

"މޮނާކޯގައި އޭރު އަަހަރެންގެ ދަރިފުޅު ހުރީ، އޭނަ އަހަންނަށް މައުލޫމާތު ދިނީ، މޮނާކޯގެ މާލީ މައްސަލަތަކާ ހެދި އެ ޓީމުން ކުޅުންތެރިން ވިއްކާލަން އުޅޭކަން، އެ ހިސާބުން އަހަރެން އަމިއްލަ އަށް ގޮސް 18 އަހަރުގެ އެމްބާޕޭގެ އާއިލާއާ ވާހަކަ ދައްކައި، ބާސެލޯނާ އަށް ދާން އެއްބަސްކުރުވިން، އެމްބާޕޭ ވެސް ބާސެލޯނާ އަށް ދާ ގޮތަށް ހުރީ،" މިންގޭލާ ބުންޏެވެ.

އޭނާ ބުނީ، އެމްބާޕޭ ބާސެލޯނާ އަށް ގެންދަން އުޅުނީ، 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީ އަށް ގެންދިއުމުން، އެ މަގާމަށް ބާސެލޯނާ އިން ކުޅުންތެރިއަކު ހޯދިއިރު ކަމަށެވެ.

"ބާސެލޯނާ އިން ބުނީ އެ އަގުގައި، އޮސްމާން (ޑެމްބެލޭ) ގަތުން މާ ރަނގަޅުވާނެ ކަމަށް. އޭރު ޑޯޓްމަންޑްގައި ހުރި ޑެމްބެލޭ އަކީ ބާސެލޯނާ އަށް މާ ފައިދާކުރާނެ ކުޅުންތެރިއެއްގެ ގޮތުގައި އެ މީހުން ދެކުނީ،"

ޑޯޓްމަންޑް ދޫކޮށް، ޑެމްބެލޭ ބާސެލޯނާ އަށް ބަދަލުވީ، 2017 ވަނަ އަހަރު 110 މިލިއަން ޑޮލަރުގެ ފީ އަކަށެވެ. މިދިޔަ އަހަރު ބާސެލޯނާ ދޫކޮށް ޑެމްބެލޭ ވަނީ، 55 މިލިއަން ޑޮލަރުގެ ފީ އަކަށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ޑެމްބެލޭ މިދިޔަ ސީޒަނުގައި ކުޅުނީ އެމްބާޕޭއާ އެކު ޕީއެސްޖީގަ އެވެ.

މިންގޭލާ ބުނީ ބާސެލޯނާ އަށް މި ވަގުތު މަޝްހޫރު ކުޅުންތެރިން ގެންދިއުން ވާނީ އުނދަގޫ ކަމަކަށް ކަމަށާއި އެއީ އެ ކްލަބް މާލީ ގޮތުން ބަލިކަށިވެފައި އޮތުމުން ކަމަށެވެ. އެކަމަކު، ރެއާލް މެޑްރިޑް އޮތީ، އެ ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ މޮޅު ޕްލޭންތަކާ އެކު ވަރަށް އުހުގައި ކަމަށް މިންގޭލާ ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox