ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި އެމެރިކާ އިން ޕާކިސްތާން ސިއްސުވާލައިފި

Jun 7, 2024, 5:24 AM
އެމެރިކާ ކުުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

އެމެރިކާ ކުުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ޓެކްސަސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 7) - މިހާރު ކުރިއަށްދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ސުޕަ އޯވަރު ކުޅެގެން ޕާކިސްތާންގެ މައްޗަށް ކުރިހޯދައި، އެމެރިކާ އިން ކްރިކެޓްގެ ތާރީހުގައި ހާއްސަ ނަތީޖާއެއް ނެރެފި އެވެ.

ޓީ20 ކްރިކެޓަށް އެމެރިކާ އިން ފުރަތަމަ ނުކުތީ 2019 ވަނަ އަހަރު އެވެ. މިއީ، އެ ޓީމުން ޓީ20 ވޯލްޑް ކަޕް ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން އިއްޔެގެ މެޗަކީ، ޕާކިސްތާނާ ދެކޮޅަށް އެމެރިކާ އިން ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ ރަސްމީ މެޗެވެ. އެމެރިކާ ޓީމުގައި ދެކުނު އޭޝިއާ ދަރިކޮޅަށް ނިސްބަތްވާ ގިނަ ކުޅުންތެރިން ހިމެނެ އެވެ.

ޕާކިސްތާނަކީ، 2009 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕްގެ ޗެމްޕިއަނުންނެވެ. އަދި އެންމެ ފަހުން، 2022 ވަނަ އަހަރުގެ ޓީ20 ވޯލްޑް ކަޕް ފައިނަލުގައި އިންގްލެންޑް އަތުން ބަލިވި، ޕާކިސްތާނަށް އެމެރިކާ އަތުން ބަލިވުމަކީ ލަދުވެތި ނަތީޖާއެކެވެ.

ޓޮސް ދިމާވުމުން އެމެރިކާ އިން ނިންމީ ހޮވާށެެވެ. ޕާކިސްތާނުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 159 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 44 ލަނޑު ހެދި ޓީމުގެ ކެޕްޓަން ބާބަރު އާޒަމް އެވެ. އަދި އެ ޓީމުގެ ޝައްދާބް ހާން ވަނީ 40 ލަނޑު ހަދައިފަ އެވެ. މި އިނިންސްގައި އެމެރިކާ ޓީމުގެ ނޮޝްތޫޝް ކެންޖިގޭ ވަނީ ތިން ވިކެޓް ނަގައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، އެމެރިކާ އިން ވަނީ، 20 އޯވަރު ތެރޭގައި ތިން ކުޅުންތެރިން ނުބައިވިއިރު، 159 ލަނޑު ހަމަކޮށް ސުޕަ އޯވަރަކަށް މެޗު ގެންގޮސްފަ އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ، އިންޑިއާ އަށް އުފަން، ޓީމުގެ ކެޕްޓަން، މޮނަންކް ޕަޓޭލް އެވެ. އޭނާ ވަނީ 38 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ.

ދެ ޓީމު އެއްވަރުވުމުން ސުޕަ އޯވަރެއް ކުޅެން ޖެހި، އެމެރިކާ އިން އަރައި، 18 ލަނޑު ހެދި އެވެ. ޖަވާބުގައި ޕާކިސްތާނަށް ހެދުނީ 13 ލަނޑެވެ. ސުޕަ އޯވަރުގައި އެމެރިކާގެ ޓީމުން ތަފާތު ދެއްކީ، އާރޮން ޖޯންސް އެވެ.

އެމެރިކާ ވަނީ ފުރަތަމަ މެޗުން ކެނަޑާ ބަލިކޮށްފަ އެވެ. އެހެންކަމުން، އަނެއް ބުރަށް ދިއުމަށް އެ ޓީމަށް ވަނީ ފުރުސަތު ފަހިވެފަ އެވެ. ޕާކިސްތާން ފުރަތަމަ މެޗުން ބަލިވިއިރު، ދެ ވަނަ މެޗުގައި އާދިއްތަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. އިންޑިއާ ވަނީ ފުރަތަމަ މެޗުން އަޔަލެންޑް އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox