މަޖިލީހުގެ މަގާމުތަކަށް ވާދަކުރަން ހުޅުވައިލި ނަމަ ޕާލަމެންޓްރީ ގްރޫޕް ބައިބައިވީސް: ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އަދަދުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަަވަނީ. އޭނާއަކީ 18 ވަނަ މަޖިލީހުގެ ވެސް ނައިބުރައީސް. ފޮޓޯ:މިރާން ނާޝިމް/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް އަދަދުގެ "އެތެރެފުށް" ޕްރޮގްރާމްގައި ވާހަކަދައްކަަވަނީ. އޭނާއަކީ 18 ވަނަ މަޖިލީހުގެ ވެސް ނައިބުރައީސް. ފޮޓޯ:މިރާން ނާޝިމް/އަދަދު

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސުޕަ މެޖޯރިޓީ އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ނައިބުރައީސް ކަަމަށް ވާދަކުރަން މެންބަރުންނަށް ހުޅުވައިލުމުގެ ބަދަލުގައި އެ މަގާމުތަކަށް ވާދަކުރައްވާނެ މެންބަރުން ކަނޑައެޅުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް ދޫކޮށްލީ ޕާލަމެންޓްރީ ގްރޫޕް ބައިބައިވިޔަ ނުދޭން ކަމަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެެވެ.

"އަދަދު"ގެ އެތެރެފުށް ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ވާދަވެރިކަމަށް ދޫކޮށްލުމުން ޕާލަމެންޓްރީ ގްރޫޕް ބައިބައިވާކަން އެއީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި ވެސް ފެނިފައި އޮތް ހަގީގަތެއް ކަަމަށެވެ. އެއާ އެކު އޭނާ އާ ކުރެއްވީ އެ ދެ މަޖިލީހުގައި ކަންހިނގައި ދިޔަ ގޮތުގެ ހަނދާނެވެ.

"އަޅުގަނޑުގެ ވާހަކައައަކީ އެއީ މާޒީން ފެންނަން އޮތް ތަޖުރިބާއެކޭ. އެހެންވީމާ އަޅުގަނޑުމެން މިހާ ބޮޑު ގުރޫޕެއްގައި، އަަޅުގަނޑުމެން ޕާލަމެންޓްރީ ގުރޫޕުގެ މަގާމަކަށް ވޯޓަކަށް ހުޅުވާލައިގެން، އެއް ބަޔަކު އަނެއް ބަޔަކަށް ކެމްޕެއިނުކޮށްގެން، ކޮންމެވެސް އެއް ބަޔަކު މޮޅުވާނީ ދެއްތޯ؟ މޮޅުވީމާ، މޮޅުނުވާމީހުން ހިތްހަމަނުޖެހިގެން މި ގުރޫޕު ތެރޭގައި އެންމެ ފުރަތަަ ދުވަހުން ފެށިގެން ވެސް، އެ ވާދަވެރިކަމާ ފިތުނަވެރިކަން އުފެދެން އެގޮތަށް ޖާގަދޭން އަޅުގަނޑުމެން ބޭނުމެއް ނުވޭ،" ނާޒިމް ވިދާޅުވި އެވެ.

އެކަމުގައި ރައީސްގެ ނިންމެވުމަކީ ވަރަށް ހިކުމަތްތެރި ނިންމެވުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގައި މިހާރު އެއްވެސް ބައިބައިވުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިހާރު އޮތް ގޮތަށް ޓީމެއްގެ ގޮތުގައި މަަސައްކަތް ކުރެެވެން އޮއްވާ އެނޫން ގޮތެއް ވާން ޖާގަދޭންވީ ކީއްވެތޯ އޭނާ ސުވާލުވެސް އުފެއްދެވި އެވެ.

"މިދެންނެވި ގޮތަށް ރައީސް ވާދަވެރިކަމަށް ހުޅުވައިލެއްވި ނަމަ، އެމީހަކު ކެމްޕެއިނުކުރާ ގޮތަކަށް ކެެމްޕެއިނުކޮށްގެން ހޮވެން މަސައްކަތްކުރާނެ. ހޮވޭ މީހާ ހޮވުނެއް ކަމަކު ނުހޮވޭ މީހާގެ ހިތްހަމަނުޖެހުން އޮންނާނެ، އޭރުން އޮންނާނީ ބައިބައިވެފައި، އެކަމަކު މިއަދަކު ނެތް ދެއްތޯ އެކަމެއް،" ނާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ މަގާމުތަކަށް މެންބަރުން ހޮވުމުގައި ރައީސް ވިދާޅުވި ގޮތަށް އަަމަލުކޮށްފައި ވާއިރު ކުރިއަށް އޮތް ތަނުގައި މަޖިލީހުން ކަންތައްތައް ނިންމުމުގައި "ރައީސް ވިދާޅުވާ ގޮތަށް ސްޓޭމްޕް ޖަހާނެތޯ" އަދަދުން ސުވާލުކުރި އެވެ.

ނާޒިމް ވިދާޅުވީ އެގޮތަށް ކަންތައް ނުކުރާނެ ކަަމަށާއި ފަރުދާގެ ފުރަގަހުގައި ޕާޓީގެ ލީޑަޝިޕް ވެސް އެބަ އޮތް ކަަމަށެވެ. ލީޑަޝިޕާ އެކު ޕާލަމެންޓްރީ ގުރޫޕުގެ ބައްދަލުވުންތައް ގަަވައިދުން ބާއްވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ނާޒިމް ވިދާޅުވި ގޮތުގައި މިހާރު އެޕާޓީގެ ލީޑަޝިޕްގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ. ޕާލަމެންޓްރީ ގުރޫޕުން ކަންކަމުގައި އަމަލުކުރާނެ ގޮތް ނިންމަނީ އެ ގުރޫޕުގެ ޖަލްސާތަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox