ހަންޓޭގެ އަމާޒު ވޯލްޑް ރެކޯޑާއި ވޯލްޑް ޓުއާ އަށް

ހަންޓޭގެ އަމާޒު ވޯލްޑް ރެކޯޑާއި ވޯލްޑް ޓުއާ އަށް

ބ. އަތޮޅު ގޮއިދޫ އަކީ ކުޅިވަރުގެ ރަށެކެވެ. އެ ރަށުން އުފެދުނު އެތައް ކުޅުންތެރިންތަކެއް ގައުމީ އަދި ބައިނަލްއަގްވާމީ ލެވަލްގައި ވާދަކޮށްފައިވެ އެވެ. އެކަމަކު, އޭގެ ތެރެއިން ހަސަން މާހިރު (ހަންޓޭ) އަކީ ފާހަގަކޮށްލެވޭ ނަމެކެވެ. ގޮއިދޫ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެތުލީޓެކެވެ. އެ ރަށުގެ ފަހުރެކެވެ.

ހަންޓޭ, 18, އަކީ ގޮއިދޫގެ ނަން އެހެން ހަރުފަތަކަށް ގެންދިޔަ އެތުލީޓެކެވެ. އާދަޔާހިލާފު ކާމިޔާބީ އެއް މިހާތަނަށް ލިބިފައިނުވިޔަސް އެއީ މުސްތަގުބަލުގައި ގޮއިދޫގެ ނަން ރަން އަކުރުން ފަވާލާނެ އެތުލީޓެއް ކަމަށް އެ ރަށު ރައްޔިތުން ގަބޫލުކުރެ އެވެ.

ގޮއިދޫ މިހާރު އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ މޫދު ކުޅިވަރުގެ ރަށެއްގެ ގޮތުގަ އެވެ. އޭގެ ތެރެއިން ވެސް ކައިޓްސާފިންގެ ރާއްޖޭގެ އެންމެ ބޮޑު ހަބަކީ ގޮއިދޫ އެވެ. ހަންޓޭ އޭ ބުނުމުން ޒުވާނުންނަށް އިތުރު ތަފްސީލެއް ދޭން ނުޖެހޭނެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ، މިހާރު ރާއްޖޭގައި ހުރި އެންމެ މޮޅު ކައިޓް ސާފަރެވެ.

ރެޑްބުލް ވިންޑް ރައިޑާސް އިވެންޓްގެ ތެރެއިން ހަންޓޭ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ރެޑް ބުލް އިން ބާއްވާ ރެޑް ބުލް ވިންޑް ރައިޑާސް ތިން ފަހަރު ކާމިޔާބުކުރި ހަންޓޭ, މި ފަހަރުގެ މުބާރާތް ކާމިޔާބުކުރީ ރާއްޖެއިން ބޭރު އެތުލީޓުން ވެސް ބަލިކުރުމަށް ފަހުގަ އެވެ.

ހަންޓޭ، ކައިޓްސާފް ކުރަން ފެށީ އޭނާގެ އުމުރުން ގާތް ގަނޑަކަށް 10 އަހަރުގަ އެވެ. ކުޑައިރުން ފެށިގެން މޫދަށް ހިތްޖެހިފައި ހުރި ހަންޓޭ, ކައިޓް ސާފް ކުރަން ދަސްކުރަން ފެށި ގޮތް "އަދަދު" އާ ހިއްސާކުރަމުން ބުނީ ކުޑައިރު އެ ރަށު ޒުވާނުން ކައިޓް ދުއްވާތަން ފެނުމުން އެކަން ކުރަން ބޭނުންވީ ކަމަށެވެ.

"އަހަރެން އަށް އެންމެ ފުރަތަމަ މި ފުރުސަތު ދިނީ ކައްޑެ މެން. އޭރު ކައްޑެ މެން މިތާ (ގޮއިދޫ ކައިޓް ބީޗް) ގައި ކައިޓް ދުއްވާނެ. ދެން އަހަރެން އެކަން ކުރަން ބޭނުންވެފައި ހުރީ. އެކަމަކު، އަހަރެން ކުޑަވީމަ އެކަން ނުކުރެވޭނެ ކަމަށް ހީކުރީ. އެކަމަކު ކައްޑެ އަހަރެން ކައިރީ ބުނީ ދަސްކުރަން ބޭނުންވޭހޭ." ހަންޓޭ ބުންޏެވެ.

ހަންޓޭ ބުނީ ކައިޓްސާފިންގެ ހުނަރު އޭނާ ގައިގައި ހުރިކަން ފުރަތަމަ ދުވަހުން ވެސް އޭނާ އަށް އެނގުނު ކަމަށެވެ. އެ ގޮތުން، ކައިޓް ކޮންޓްރޯލް ކުރަން ފުރަތަމަ ދުވަހު ދަސްވި ކަމަށާއި, ދެ ވަނަ ދުވަހު ކައިޓް ދުއްވަން ދަސްވި ކަމަށެވެ.

"އަހަރެން ކުޑައިރު, ސްކޭޓް ކުރީ ކުޑަ ކައިޓް އެއްގައި. އެހެންވެ, ފުރަތަމަ ކައިޓާ އެކު މޫދަށް އެރި ދުވަހު ކައިޓް ކޮންޓްރޯލް ކުރަން ދަސްވި. ދެން، ދެ ވަނަ ދުވަހު ދިޔަތަނާ ކައިޓް ދުއްވަން އަހަރެން އަށް ދަސްވި, އެ ހިސާބުން ކޮންމެ ދުވަހަކު ކައިޓް ކުރަން ބޭނުންވަނީ ވައި ހުރިތޯ ބަލާފައި ކައިޓް ކުރަން އަންނަން އޭގެ ފަހުން" ހަންޓޭ ބުންޏެވެ.

ހަންޓޭ އެންމެ ބޮޑަށް ވިދާލީ އޭނާގެ އުމުރުން 12 އަހަރުގަ އެވެ. ރެޑް ބުލް އިން ސްރީ ލަންކާގައި ބޭއްވި ކޭމްޕެއްގައި ބައިވެރިވެ, އޭނާގެ ހުނަރު ލަންކާގަ ދައްކާލުމާ އެކު ގިނަ ބަޔެއްގެ ލޮލުގައި ހަންޓޭ އަޅައިގަތެވެ. އެއާއެކު, އޭނާ އަށް ރެޑް ބުލް އިން ކައިޓް ކިޓެއް ހަވާލުކުރި އެވެ. އެއީ ހަންޓޭ މި ކަމުން ކުރިއަށްދާން ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

އޭގެ ފަހުން، ކައިޓް ބްރޭންޑް ސްލިންގްޝޮޓް އިން ހަތަރު އަހަރު ހަންޓޭ ސްޕޮންސާކޮށް ސްލިންގްޝޮޓް ބްރޭންޑްއާ އެކު މަސައްކަތް ކުރި އެވެ. އަދި މިދިޔަ އަހަރުން ފެށިގެން ހަންޓޭ މަސައްކަތް ކުރަނީ އަކުއާ ކިއުބް އިން ރާއްޖެ އެތެރެކުރާ ޑުއެޓޯން ބްރޭންޑާއެކުގަ އެވެ.

މިހާރު ހަންޓޭގެ އަމާޒަކީ ވޯލްޑް ޓުއާގައި ބައިވެރިވުމެވެ. ހަންޓޭ ހުރީ އެ ހުވަފެން ހަގީގަތަކަށް ހެދުމަށް ތައްޔާރަށެވެ. އަދި މިކަމުގައި ހަންޓޭ އަށް އޭނާގެ އާއިލާ އަދި ރަހުމަތްތެރިން އަދި ސްޕޮންސަރުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބޭކަން ހަންޓޭ ފާހަގަކުރި އެވެ.

"އަހަރެންގެ އެންމެ ބޮޑު އުންމީދަކީ އަހަރަކު އެއްފަހަރު ކަމުގައިވިޔަސް ވޯލްޑް ޓުއާގައި ބައިވެރިވުން. އިރާދަކުރެއްވިއްޔާ އެ ހުވަފެން ހަގީގަތަކަށް ވާން މާ ދުވަހެއް ނެތް. ވޯލްޑް ޓުއާ އެޅުމަށްފަހު އަހަރެންގެ އުންމީދަކީ, ދުނިޔޭގެ ފެންވަރުގައި މިކަމުން ކުރިއަށްދިޔުން އެރެން އޮތް އެންމެ މައްޗަކަށް މިކަމުގައި ކުރިއަށް ދިޔުން" ހަންޓޭ ބުންޏެވެ.

މީގެ އިތުރުން ހަންޓޭ އަންނަނީ މިހާރު ވެސް ވޯލްޑް ރެކޯޑެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ. އޭނާ އަކީ މިހާރުވެސް ކައިޓުގައި އެންމެ އުހަށް އަރާ އަރާ ތިން އެތުލީޓުންގެ ތެރޭގައި ހިމެނޭ އެތުލީޓެކެވެ. އޭނާ ވަނީ ކައިޓުގައި 169 މީޓަރު މައްޗަށް އުދުހިފަ އެވެ. އެކަމަކު، އޭނާގެ އަމާޒަކީ 200 މީޓަރުން މައްޗަށް އަރާ ދުނިޔޭގެ ރެކޯޑް ހެދުމެވެ. މި ކަމަށްޓަކާ ޕެރަޝޫޓް ޓްރެއިނިންގް ވަރަށް އަވަހަށް ހަދާނެ ކަމަށް ހަންޓޭ ބުންޏެވެ.

ރެޑްބުލް ވިންޑް ރައިޑާސް އިވެންޓްގެ ތެރެއިން ހަންޓޭ.-- ފޮޓޯ: އަތޫފް އާތިފް/ އަދަދު

"ދުނިޔޭގެ ތިން ވަނަ އަށް މިހާރު ވެސް ކައިޓް ސާފިންގް ޓޯ އަޕް އަހަރެން މި ހަދަނީ. ދެން މިއީ ވަރަށް ބޮޑަށް ސޭފްޓީ އަށް ވިސްނަން ޖެހޭ ކަމެއް. މިހާރުވެސް ގާތް ގަނޑަކަށް 200 މީޓަރު މައްޗަށް އެބައެރޭ. އެކަމަކު ދެން ޕެރަޝުޓް ޓްރެއިނިންގް ހަދާގެން ދުނިޔޭގެ ރެކޯޑް އަހަރެން ބޭނުން އަހަރެން އަތުގައި އޮންނަން" ހަންޓޭ ބުންޏެވެ.

ހަންޓޭ އަކީ ހަމައެކަނި ކައިޓްސާފް އަށް ހުސްވެ, ހުރި އެތުލީޓެއް ނޫނެވެ. އޭނާ އަކީ ގިނަ ކުޅިވަރުތަކެއް ކުޅޭ ޒުވާނެކެވެ. ވޮލީބޯލް, ސްކޭޓިން އަދި ބައިބަލާގައި ވެސް އޭނާ އަކީ ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ. ހާއްސަކޮށް ބައިބަލާ އެވެ. ފުރަތަމަ މުބާރާތުން ވެސް އޭނާ ވަނީ މިސްޓަ ބައިބަލާ ހޯދައިފަ އެވެ. އެއީ މިދިޔަ އަހަރު ބޭއްވި އޮފީސްތަކުގެ ބައިބަލާ މުބާރާތުންނެވެ.

"އަހަރެން ކުޑައިރުން ފެށިގެން ކުޅެން ބޭނުންވި އެއް ކުޅިވަރު އެއީ ބައިބަލާ އަކީ, އެކަމަކު އޭރު ހަމަ ކުޑަވީމަ އެ ފުރުސަތު ނުލިބޭ, އެކަމަކު ފަހުން އަހަރެން އަށް އެ ފުރުސަތު ލިބުނީ. ފުރަތަމަ މުބާރާތުންވެސް މިސްޓަ ބައިބަލާ ލިބުން އެއީ ލިބުނު ބޮޑު ކާމިޔާބީ އެއް" ހަންޓޭ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާޒިޔާ އާއި ނިއު ރޭޑިއަންޓް ވަރުގަދަ ފެށުމާ އެކު ކުރިއަށް

އެފްއޭއެމް ވިމެންސް ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ، މާޒިޔާ އާއި ނިއު ރޭޑިއަންޓުން މުބާރާތުގެ ވަރުގަދަ ފެށުމެއް ދަމަހައްޓައިފިއެވެ. މިހާތަނަށް ކުޅުނު މެޗުތަކުން ދެ ޓީމަށްވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ތާވަލުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. މި މުބާރާތުގެ ފޯރިގަދަ މެޗެއްގައި އަންނަ އާދިއްތަ ދުވަހު ނިއު އާއި މާޒިޔާ ބައްދަލުކުރާނެއެވެ.

ސިޓީއާ ޔުނައިޓެޑުން އަރާހަމަކުރާނެ ކަމަށް ޕޮޗެޓީނޯ ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މައުރީސިއޯ ޕޮޗެޓީނޯ ބުނީ އެ ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމަކަށް އަލުން ޔުނައިޓެޑް ހަދައި، ސިޓީގެ ކުރި ހޯދާނެ ކަމަށް. ލީގުގެ 18 ވަނައިގައި އޮތް ޔުނައިޓެޑްގެ ހާލަތު ބަދަލުކުރަން ވަގުތު ބޭނުންވާނެ ކަމަށާއި، ނަމަވެސް ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައި.

އެމްއައިބީން ގައުމީ ބިލިއާޑު ޗެމްޕިއަންކަން ހޯދައިފި

ޤައުމީ ބިލިއާޑް މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކޮށް، މޯލްޑިވްސް އިސްލާމިކް ބޭންކް (މިބްސާ) އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ޖުމްލަ 10 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައި.

ލުކާކޫ، 16 އަހަރަށް ފަހު ބެލްޖިއަމް ޓީމުން ރިޓަޔާކޮށްފި

ބެލްޖިއަމްގެ ގައުމީ ޓީމަށް 16 އަހަރު ކުޅެދިނުމަށްފަހު، އެ ގައުމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮމެލޫ ލުކާކޫ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފި. ޖުމްލަ 135 މެޗުން 94 ލަނޑު ކާމިޔާބުކޮށްފައިވާ ލުކާކޫ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ފަސްވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން ޔޫރޯ ކޮލިފައިންގެ ރެކޯޑް އޮތް ކުޅުންތެރިޔާ

ލިބުނީ މަދު ވަގުތުކޮޅެއް، ޝަކުވާނުކޮށް ހޯދައިދިނީ ސާފްގެ ތަށި!

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިންޑިއާ ޓީމަށް ތައްޔާރުވާން މަދު ވަގުތުކޮޅެއް ލިބުނުއިރު، މުބާރާތުގެ ތެރެއިން މުހިންމު ކުޅުންތެރިންތަކެއް ޓީމުން ވަކިވުމުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު. ނަމަވެސް ކޯޗު ނައުޝާދުގެ އިރުޝާދުގެ ދަށުން، ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށްގެން އިންޑިއާ އިން ވަނީ ޝަކުވާއެއް ނެތި ތަށި ހޯދާފައި

ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ އެވޯޑް ރާއްޖެ އަށް

ބަންގްލަދޭޝްގައި ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތުން ކެޓި ނަމަވެސް، މުޅި މުބާރާތުގެ ފެއާޕްލޭ އެވޯޑް ރާއްޖެއަށް ވަނީ ލިބިފައި. މިއީ ލަނޑެއް އަދި ޕޮއިންޓެއް ނުލިބި ރާއްޖެ މި މުބާރާތުން ކެޓި ފުރަތަމަ ފަހަރު ކަމަށްވާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ރާއްޖެއަށް ލިބުނު އެންމެ ދަށް ނަތީޖާއ

ރިވައިވަލް ބެޑްމިންޓަން ޗެލެންޖް ތަށި ހައިޝަމް އާއި ނަބާ އަށް

އެމްއައިބީ ރިވައިވަލް ބެޑްމިންޓަން ޗެލެންޖުގެ ފިރިހެން ސިންގަލްސް ތަށި ހައިޝަމް އިބްރާހިމް އަލީ ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ ފާތިމަތު ނަބާހާ އެވެ. މި މުބާރާތުގެ ފިރިހެން ޑަބަލްސް ޒަޔާން އާއި ނިބާލް ކާމިޔާބުކުރިއިރު، އަންހެން ޑަބަލްސް ތަށި ހޯދީ ނަބާ އާއި ނަބީހާގެ ޕެއާ އިންނެވެ.

Newsletter

Get the latest news delivered straight to your inbox