ގޯތި ހަވާލުކުރަން ލާޒިމްކުރާ ބިލު ބޭރުކޮށްލައިފި

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މެންބަރުން ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސްދުވަސްތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމް ހުށަހެޅުއްވި ބިލަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕީއެންސީގެ ގިނަ މެންބަރުން މިއަދު ފާޑުވިދާޅުވެ، އެ ބިލަށް އެހި ވޯޓުގައި މިއަދު އެ ބިލު ބޭރުކޮށްލައިފި އެވެ.

މިއަދު މަޖިލީހުގައި ވޯޓަށް އެހީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވި އެވެ. ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ނެގި ވޯޓުގައި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދެއްވި އެވެ. ބިލު ފާސްކުރަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު ހުންނެވި އެވެ.

Advertisement

ތިން މަސްދުވަހުގެ ތެރޭގައި ގޯތިހަވާލުކުރަން ލާޒިމްވާ ގޮތަށް ބިމާ ބެހޭ ގާނޫނަށް ބަދަލުގެންނަން، މީކާއީލް ހުށަހެޅުއްވި ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގުކުރުމަށް ޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުވި އެވެ.

އެ ބިލާ މެދު މަޖިލީހުން އަލުން ވިސްނުމަށް، އަނބުރައި ފޮނުއްވައިލެއްވި އިރު 19 ވަނަ މަޖިލީހުގެ ދައުރު އޮތީ ނިމިފަ އެވެ. އެހެންވެ، އެ ބިލާ މެދު ގޮތެއް ނިންމުމަށް ޓަކައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސަށް ހުޅުވައިލި އެވެ.

އެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި ހޮޅުދޫ ދާްއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ އެ ބިލު އަނބުރައި ފޮނުއްވައިލެއްވި އިރު ރައީސް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ސަބަބުތަކަށް ޓަކައި އެ ބިލު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ޖެއްސުންކުރާ އުސޫލުން ގާނޫނުތައް ފާސްކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. މީކާއީލް ހުށަހެޅުއްވި ބިލަކީ އެފަދަ ބިލެއް ކަމަށް ވެސް ރިފާއު ސިފަކުރެއްވި އެވެ.

"މީގައި މިއޮތް މައުލޫމާތަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ފެންނަނީ މުޅިން ވެސް ޖެއްސުންކުރާ އުސޫލުން މިކަން ކުރުން،" ބިލު އަނބުރައި ފޮނުއްވައިލެއްވި އިރު ރައީސް ފޮނުއްވި ސިޓީއާ ހަވާލާދެއްވައި ރިފާއު ވިދާޅުވި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް ސިފަކުރެއްވި ގޮތުގައި މީކާއީލް ހުށަޅުއްވި ބިލަކީ ފަސް އަހަރުގެ ދައުރެއް ނިމެން ކުޑަތަންވުމުން، ރައްޔިތުންނަށް "ކަމެއް ކޮަށްދޭން އުޅޭކަން ދައްކަން" ހުށަަހަޅާފައި އޮތް ބިލެއްގެ ގޮތުގަ އެވެ.

ވިލިމާލެ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ މީކާއީލްގެ ބިލަކީ ނުބައި ނިޔަތެއްގައި ސިޔާސީ މަންފާ ހާސިލުކުރަން ހުށަހަޅާފައި އޮތް ބިލެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ޕީއެންސީ މެންބަރުން ވިދާޅުވީ އެ ބިލު މަޖިލީހުން ބޭރުކޮށްލަން ޖެހޭ ކަމަށެވެ.

މަޖިލީހުން ފާސްކުރާ ބިލެއް ރައީސް ތަސްދީގުނުކުރައްވައި އަލުން ފޮނުވައިލުމުން އަމަލުކުރެވެން އޮންނަނީ ދެގޮތަކަށެވެ. އެއް ގޮތަކީ ބިލު އޮތް ގޮތަށް އަލުން ފާސްކުރުމެވެ. އަނެއް ގޮތަކީ ކަމާ ބެހޭ ކޮމިޓީއަކަށް ބިލު ފޮނުވައިލުމެވެ. މަޖިލީހުން ބިލު ބޭރުކުރާ ނަމަ އެގޮތަށް ފުރަތަމަ ނިންމަން ޖެހޭނީ ކޮމިޓީންނެވެ. ބިލު ބޭރުކޮށްލެވޭނީ ކޮމިޓީ ރިޕޯޓް ތަޅުމުން ފާސްކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox