ބީއެޗްއެމްއިން ކޯސްޓު ކިރު ވިއްކަމުން އަންނަތާ 35 އަހަރުވުމާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ތުރުކީ ދަތުރަކާއި ސައިކަލެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ބީއެޗްއެމްއިން ބުނީ ޖުލައި 15، ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ކޯސްޓު ހިކި ކިރުގެ ފުލް ކްރީމް ޕެކެޓެއް ގަނެގެން، އެ ޕެކެޓުގައި ޖަހާފައިވާ ސްޓިކާ ކަހައިގެން ފެންނަ ކިއުއާރް ކޯޑު ސްކޭން ކޮށްގެން ކަމަށެވެ.
އެގޮތުން ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން ފޯނު ނަންބަރު ޖަހަން އެރުމާއެކު، ފޯނު ނަންބަރު ޖެހުމުން ޕްރޮމޯޝަންގައި ބައިވެރިވެވުނީ ކަމަށް ބީއެޗްއެމްއިން ބުނެ އެވެ.
ޕްރޮމޯޝަންގެ ދަށުން ގްރޭންޑް ޕްރައިޒްއަށް ހޮވޭ ތިން ފަރާތަކަށް ތުރުކީ ދަތުރެއް ލިބޭއިރު، މަންތުލީ ޕްރައިޒްއަކަށް ސްކޫޕީ ސައިކަލެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކޮންމެ ދުވަހަކު ކޯސްޓު ހިކި ކިރު ޕެކެޓު ވެސް ހިލޭ ލިބޭނެ އެވެ.
ފުޅާދާއިރާއެއްގައި ހޯލްސޭލް ވިޔަފާރި ކުރަމުން އަންނަ ބީއެޗްއެމްއަކީ ރާއްޖެއަށް ކޯސްޓު ކިރު އެތެރެކޮށް ވިއްކާ ކުންފުންޏެވެ.
ކޯސްޓް ކިރަކީ ނެދަލޭންޑްސްގައި މަރުކަޒު ހުންނަ، ދުނިޔޭގެ އެންމެ ބޮޑެތި ޑައިރީ ކޯޕަރޭޓިވް ތަކުގެ ތެރެއިން ކޯޕަރޭޓިވް ކަމަށް ވާ ފްރީސްލޭންޑް ކެމްޕީނާގެ އުފެއްދުމެކެވެ.










