ސްކޮޓްލޭންޑްގެ ޕްރިމިއާ ލީގުގައި ޓާފް ޕިޗުތައް ބޭނުންކުރުން ހުއްޓާލަނީ

Jun 2, 2024, 6:04 AM
ސްކޮޓްލޭންޑްގެ ޕްރިމިއާ ލީގުގައި ޓާފް ޕިޗުތައް ބޭނުންކުރުން ހުއްޓާލަނީ

ގްލާސްގޯ، ސްކޮޓްލެންޑް (ޖޫން 2) - ސްކޮޓްލޭންޑްގެ ޕްރިމިއާ ލީގުގައި 2026 ވަނަ އަހަރުން ފެށިގެން އާޓިފިޝަލް ޕިޗުތައް ބޭނުންކުރުން ހުއްޓާލުމަށް އެ ލީގުގެ ކްލަބުތަކުން ފާސްކޮށްފިއެވެ.

ސްކޮޓްލޭންޑްގެ ލީގުން މި މަހު ހުށަހަޅައިވާ ރެޒޮލޫޝަންގައި (އެއްބަސްވުމުގައި) ވާ ގޮތުން 2026/2027 ވަނަ އަހަރުގެ ސީޒަން އިން ފެށިގެން ސްކޮޓްލޭންޑްގެ ޕްރިމިއާ ލީގުގައި އާޓިފިޝަލް ޕިޗުތައް ބޭނުން ނުކުރެވޭނެ އެވެ.

މިފަދަ ހުށަހެޅުމެއް ފާސްވުމަށް ސްކޮޓްލޭންޑްގެ ލީގުގެ 12 ކްލަބުގެ ތެރެއިން ނުވަ ކްލަބުގެ ވޯޓު މަދުވެގެން ބޭނުންވާނެ އެވެ.

އަންނަ ސީޒަންގެ ސްކޮޓްލޭންޑް ލީގުގައި ހިމެނެނީ، އެބަޑީން، ސެލްޓިކް، ޑަންޑީ، ޑަންޑީ ޔުނައިޓަޑް، ހާޓްސް، ހިބަނިއަން، ކިލްމަނޮކް، މަދާވެލް، ރޭންޖާސް، ރޮސް ކައުންޓީ، ސެއިންޓް ޖޯންްސްޓޯން އަދި ސެއިންޓް މިރެން އެވެ.

މި ސީޒަންގެ ސްކޮޓްލޭންޑް ލީގުގައި ކުޅުނު ކްލަބުތަކުގެ ތެރެއިން އާޓިފިޝަލް ޕިޗު ބޭނުންކުރަނީ ކިލްމަނޮކް އަދި ލިވިންގްސްޓަން އިންނެވެ. މީގެ ތެރެއިން ލިވިންގްސްޓަން ވަނީ ރެލިގޭޓްވެފަ އެެވެ. އަންނަ އަހަރު ފެށިގެން ސްޓޭޑިއަމްގެ ޕިޗު ވިނަ ޕިޗަކަށް ބަދަލުކުރުމަށް ކިލްމަނޮކް އިން ވަނީ ނިންމައިފަ އެވެ.

ސްކޮޓްލޭންޑްގެ ލީގުން ބުނީ މި ވަގުތު އާޓިފިޝަލް ޕިޗުތައް ބޭނުންކުރާ ކްލަބުތަކުން، ވިނަ ޕިޗުތަކަށް ބަދަލުކުރުމަށް ދެ އަހަރު ދުވަހުގެ މުއްދަތެއް ދޭނެ ކަމަށެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox