ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ޕްރިންޓް ލެބް 15 އަހަރު!

ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމުގައި ޕްރިންޓް ލެބް 15 އަހަރު!

ލާޖް ސްކޭލް އެންމެ ޕްރިންޓަރަކާއި ތިން މުވައްޒަފުން ލައިގެން 2009 ގައި މަސައްކަތް ފެށި ޕްރިންޓް ލެބްއަށް 15 އަހަރު ފުރުނުއިރު، އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކަސްޓަމަރުން ހަވާލުކުރާ މަސައްކަތް ދުވަހުން ދުވަހަށް ނިންމައި އެ އިތުބާރު ދެމެހެއްޓުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މަދީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

ޕްރިންޓް ލެބްގެ އެމްޑީ މަދީހު "އަދަދު" އަށް ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ކަސްޓަމަރުން މިހައިތަނަށް ހަވާލުކުރި މަސައްކަތެއް ދުވަހަކު ވެސް ނުވެގެން ޝަކުވާއެއް އައިސްފައިނުވާ ކަމަށާއި، ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ ވެސް އެއީ ކަމަށެވެ.

އެ މަސައްކަތް ފެށީ ރާއްޖޭގައި އޭރު ޕްރިންޓު ކުރެވެން ނުހުންނާތީ އެކަން ކުރުމަށް ބޮޑު ހޭދައެއްކުރަން މީހުންނަށް މަޖުބޫވެފައި އޮންނާތީ އެކަމަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން ކަމަށް މަދީހު ވިދާޅުވި އެވެ.

Advertisement

މި މަސައްކަތް ފެށީ ގިނަ ބަޔަކު ބޭރުން ޕްރިންޓިން މަސައްކަތް ކުރާތީ، އަމިއްލައަށް ބޭރަށް ގޮސް ބޭނުންވާ ސާމާނާއެކު ޓްރެއިންޑް މީހުން ގެނެސްގެން،" މަދީހު ވިދާޅުވި އެވެ.

މިގޮތުން މަދީހު ވިދާޅުވީ ރާއްޖޭގައި ޕްރޮފެޝަނަލްކޮށް ޕްރިންޓިން މަސައްކަތް ފެށުމާއެކު، މީހުން ކުރަން ޖެހުނު ހޭދަތައް ކުޑަވުމުގެ އިތުރުން ވަޒީފާގެ ފުރުސަތުތަކެއް ވެސް އުފެދިގެން ދިޔަ ކަމަށެވެ.

"ރާއްޖޭގައި އަޅުގަނޑުމެން ހިދުމަތް ނުދޭ އެއްވެސް މިނިސްޓްރީއެއް، ސަރުކާރު ކުންފުންޏެއް، އިދާރާއެއް، ކައުންސިލެއް އަދި ޖަމިއްޔާއެއް ނުހުންނާނެ. ރާއްޖޭގައި އަމިއްލަ 80 ޕަސަންޓު ކުންފުނީގެ އިތުރުން 90 ޕަސެންޓު ރިސޯޓަށް މިދިޔަ 15 އަހަރު އަޅުގަނޑުމެން ހިދުމަތް ދިނިން،" މަދީހު ވިދާޅުވި އެވެ.

ޕްރިންޓް ލެބުން ދޭ ހިދުމަތްތައް:

  • ލާޖް ފޯމެޓް ޕްރިންޓިން އިވެންޓްސް އެންޑް ބެކްޑްރޮޕްސް
  • ލޭޒާ ކަޓިން އެންޑް އެންގްރޭވިން
  • ސީއެންސީ ކަޓިން އެންޑް އެންގްރޭވިން
  • ޔޫވީ ޕްރިންޓިން އެކްރިލިކް، މެޓަލް އެންޑް ވުޑް
  • އެކްރިލިކް އެންޑް ވުޑް ސައިނޭޖެސް
  • ކަސްޓަމް ވުޑް އެންޑް މެޓަލް ވޯކްސް
  • ފްލެގްސް އެންޑް ފެބްރިކް ޕްރިންޓިން
  • ފޮޓޯ ފްރޭމިން
  • އެވޯޑްސް އެންޑް ޕްލޭގްސް
  • ސްޓޭމްޕްސް

މީގެއިތުރުން މަދީހުއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖުމަކީ ގެންގުޅޭ މެޝިންތައް ސާވިސްކުރަން އެނގޭ މުވައްޒަފުން ކުންފުނީގައި ތިބުން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ސަބަބުން މަސައްކަތަށް ބުރޫ އެރުން ކުޑަވެ، މަސައްކަތް ދުވަހުން ދުވަހަށް ނިންމަން ވެސް ފަސޭހަ ވެގެންދެ އެވެ.

މިއަދު ޕްރިންޓު ލެބުން 8،000 ފޫޓުގެ ބިމެއްގައި މަސައްކަތް ކުރަމުން ދަނީ 50 އަށްވުރެ މުވައްޒަފުން ލައިގެންނެވެ. އަދި އެތަނުގައި މިއަދު އެންމެ ޒަމާނީ މެޝިންތަކާއެކު ދުވާލަކު 60،000 ފޫޓުގެ ކެންވަސް ޕްރިންޓު ކުރުމުގެ ގާބިލުކަން އެބަ ހުއްޓެވެ. އަދި ކަސްޓަމަރުން ބޭނުންވާ އެއްޗެހި ކޮންމެ ތަނަކަށް ވެސް ޕްރިންޓު ލެބުން ޑެލިވާ ކޮށްދެ އެވެ.

އަމީނީ މަގު ގ. ލައިލެކްގައި ހުންނަ ޕްރިންޓްލެބްއާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox