"ހައި އެންޑް" އިން ކުޑަކުދިންނަށް ހާއްސަ ތަފާތު ބަންކް ބެޑެއް މާކެޓަށް ނެރެފި

"ހައި އެންޑް" އިން ވިއްކާ ކުޑަކުދިންނަށް ހާއްސަ ތަފާތު ބަންކް ބެޑް --

"ހައި އެންޑް" އިން ވިއްކާ ކުޑަކުދިންނަށް ހާއްސަ ތަފާތު ބަންކް ބެޑް --

"ހައި އެންޑް" އިން ކުޑަކުދިންނަށް ހާއްސަ އަދި ތަފާތު ބަންކް އެނދެއް މާކެޓަށް ނެރެފި އެވެ.

ކުޑަކުދިންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނައިގެން ފަރުމާ ކޮށްފައިވާ އެ ބަންކް އެނދުގައި ހުންނަނީ ބާރަށް ޖެހި އަނިޔާ ނުވާ ގޮތަށް ތައްޔާރު ކޮށްފައި ހުންނަ ސޮފްޓް ހެޑް ބޯޑެކެވެ. އަދި އެނދުގެ ވަށައިގެން ކުދިން އުޅޭއިރު، ފައިގެ ރައްކާތެރިކަމަށްޓަކައި އެނދުގެ ކަންތަކުގައި ވެސް ހުންނަނީ ސޮފްޓް ފެބްރިކް ބޭނުން ކޮށްފަ އެވެ.

އެ އެނދަށް އަރައި ފޭބުމަށް ހުންނަނީ ސޮލިޑް އޯކް ވުޑްއިން ހަދާފައި ހުންނަ ސިޑިއެކެވެ. އަޅި ކުލައާއި ހުދު ކުލައިން ލިބެންހުރި މި ބަންކު ބެޑު ހުރިހާ އިންޓީރިއާ ޑެކެރޭޝަނަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށް ހައި އެންޑުން ބުނެ އެވެ.

Advertisement

އެނދަށް ބަރާބަރަށް ފިޓުވާ ހަ ފޫޓު ހަތަރު އިންޗި x ތިން ފޫޓުގެ ގެލެކްސީ ސިންގަލް ގޮދަޑި ވެސް ހައިއެންޑުން ލިބެން ހުރެ އެވެ.

އެނދާއި ގޮދަޑީގެ އިތުރުން ވެސް ހައި އެންޑުން ދަނީ ފަރުނީޗަރުގެ އެކި ބާވަތްތައް ވިއްކަމުންނެވެ. އެގޮތުން މޫނު ބަލާ ލޯގަނޑާއި ގޮނޑިއާއި އެކި ޑިޒައިންތަކުގެ މެޓުގެ އިތުރުން ޓްރޭ އަދި ކަބަޑު ސެޓު ވެސް ހައި އެންޑުން ވިއްކަ އެވެ.

ހައިއެންޑުގެ މާލެ ފަރުނީޗަރުގެ ފިހާރަ ހުންނަނީ މެދުޒިޔާރަތް މަގުގައި ހުންނަ އަރަބިއްޔާ ސްކޫލް ކުރިމަތީގަ އެވެ. އަދި ހައިއެންޑްގެ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގުގައި ހުންނަ 149 ވަނަ ފްލެޓްގެ ކުރިމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox