ބެސިކްޓާސް އާއި ސައުދީގެ އޮފާތައް ދޫކޮށް މޮރީނިއޯ ފެނަބާޗޭ އަށް

Jun 1, 2024, 4:24 AM
ބެސިކްޓާސް އާއި ސައުދީގެ އޮފާތައް ދޫކޮށް މޮރީނިއޯ ފެނަބާޗޭ އަށް

އިސްތަންބޫލް، ތުރުކީ (ޖޫން 1) - ސައުދީ ޕްރޯ ލީގުގެ ދެ ކްލަބަކާއި ތުރުކީގެ ބެސިކްޓާސް އިން ލިބިފައި އޮތް ހުށަހެޅުންތައް ދޫކޮށް، ޕޯޗުގީސް ކޯޗު ހޯސޭ މޮރީނިއޯ، ތުުރުކީގެ ގަދަބާރު ފެނަބާޗޭއާ ހަވާލުވާން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު، އިޓަލީގެ ރޯމާ އިން ވަކިކުރި މޮރީނިއޯއާ މަޝްވަރާކުރާ ކަމަށް، ދާދި ފަހުން، ބެސިކްޓާސްގެ ނައިބު ރައީސް، ހުސެއިން ޔުޝެލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ތުރުކީ ކްލަބަކަށް އަންނަން މޮރީނިއޯ ހުރީ ބޭނުންވެފައި ކަމަށާއި، ވަރަށް އަވަހަށް ކޮންޓްރެކްޓް ހުށަހަޅާނެ ކަމަށެވެ.

އެކަމަކު، މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މޮރީނިއޯ ވަނީ ބެސިކްޓާސްގެ ބަދަލުގައި، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، ފެނަބާޗޭ އަށް ކޯޗުކޮށްދޭން އެއްބަސްވެފަ އެވެ.

މޮރީނިއޯ އަށް، މިދިޔަ ދޮޅު މަސް ދުވަސް ތެރޭގައި އެންމެ ބޮޑު ހުށަހެޅުންތަކެއް ލިިބިގެންދިޔައީ، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ ކްލަބްތަކުންނެވެ. އެ ގޮތުން، އެއް ޓީމަކުން މޮރީނިއޯ އަށް ރެކޯޑް މުސާރައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ޔޫރަޕްގެ ފުޓްބޯޅައިގައި މަސައްކަތް ކުރަން ބޭނުންވާތީ، މޮރީނިއޯ ނިންމީ ސައުދީގެ އޮފާތައް ދޫކޮށްލާށެވެ.

ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ވަރަށް އަަވަހަށް ރަސްމީކޮށް ފެނަބާޗޭއާ އެކު ކޮންޓްރެކްޓްގައި ސޮއިކުރާނެ އެވެ.

މީގެ ކުރިން މޮރީނިއޯ ވަނީ ޔޫރަޕްގެ ހަތަރު ގައުމެއްގައި ކޯޗިންގެ މަސައްކަތްކޮށްފަ އެވެ. ޕޯޗުގަލްގައި ޕޯޓޯއާ އެކު ފެނުުނުއިރު، އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް އަދި ޓޮޓެންހަމް އަށް ކޯޗުކޮށްދިނެވެ. ސްޕެއިނުގެ ރެއާލް މެޑްރިޑާއި އިޓަލީގެ އިންޓަ މިލާނަށް ވެސް މޮރީނިއޯ ވަނީ ކޯޗުކަން ކޮށްދީފަ އެވެ. ފެނަބާޗޭ އަށް ބަދަލުވެއްޖެނަމަ، ތުރުކީ ވެގެންދާނީ، ޕްރޮފެޝަނަލް ކޯޗިންގައި މޮރީނިއޯ މަސައްކަތްކުރާނެ ފަސް ވަނަ ގައުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox