އިޓަލީ އާއި ޔުވެންޓަސްގެ ލެޖެންޑް ބޮނޫޗީ ކުޅުން ހުއްޓާލައިފި

May 30, 2024, 10:12 AM
އިޓަލީ އާއި ޔުވެންޓަސްގެ ލެޖެންޑް ބޮނޫޗީ ކުޅުން ހުއްޓާލައިފި

ރޯމް (މެއި 30) - އިޓަލީގެ ގައުމީ ޓީމާއި ޔުވެންޓަސްގެ ލެޖަންޑް ލިއޮނާޑޯ ބޮނޫޗީ ކުޅުން ހުއްޓާލައިފި އެވެ.

ކްލަބު ކެރިއަރުގައި ބޮނޫޗީ ވަނީ 12 އަހަރު ޔުވެންޓަސްގައި ހޭދަކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ އޭސީ މިލާން، ޓްރެވީސިއޯޯ، ޕީސާ، ބާރީ އަދި ޖަރުމަންގެ ޔޫނިއަން ބާލިން އަށް ކުޅެފައެވެ.

ބޮނޫޗީ ކުޅުން ހުއްޓާލީ ތުރުކީގެ ފެނަބާޗޭ އަށް ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ.

ބޮނޫޗީގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރުތައް ހޭދަކުރީ ޔުވެންޓަސްގަ އެވެ. ޔުވެންޓަސްގައި އޭނާ ޖުމްލަ 19 ތަށި ހޯދިއެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ފަސް ފަހަރު ވެސް ހިމެނެ އެވެ.

ބޮނޫޗީ ކުޅުން ހުއްޓާލަން ނިންމުމާ އެކު ޔުވެންޓަސް އިން ވަނީ ބަޔާނެއް ނެރެފަ އެވެ. ޔުވެންޓަސް އިން ބުނީ ބޮނޫޗީ އަކީ "ކްލަބުގެ ފަހުގެ ތާރީހުގެ ބޮޑު ބައެއް" ކަމަށެވެ.

"އަހަރަމެން ބޮނޫޗީ އަށް ސެޕްޓެމްބަރު މަހު އަލްވަދާއު ކިޔިން. އެކަމަކު ބޮނޫޗީ އާއި މި ކްލަބާ އޮތް ގުޅުން ނުކެނޑޭނެ،" ޔުވެންޓަސް އިން ބުންޏެވެ.

ބޮނޫޗީ ވަނީ އިޓަލީގެ ގައުމީ ޓީމަށް 121 މެޗު ކުޅެފަ އެވެ. ބޮނޫޗީ ވަނީ 2010 އާއި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކުޅެފައެވެ. އަދި ޔޫރޯގެ ތިން މުބާރާތުގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭގެ ތެރެއިން 2020 ވަނަ އަހަރުގެ މުބާރާތް އިޓާލީން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox