ސައްހަ ނޫން ޑޮމެއިންތައް ދެނެގަތުމަށް ފަހު، އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ނިންމައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން -- ފޮޓޯ: ރައީސް އޮފީސް

އެއްގަމު އުޅަނދުތަކަށް އަލުން ޑޮމެއިން ވިއްކަން ފަށާނީ ސައްހަ ނޫން ޑޮމެއިންތައް ދެނެގަނެ ކެންސަލަ ކުރުމަށްފަހުގައި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 1،400 ޑޮމެއިން ގެންގުޅޭ ކަމަށެވެ. އޭގެ ތެރޭގައި ސައްހަ ނޫން 700 ވަރަކަށް ޑޮމެއިން އުޅޭކަން މިނިސްޓަރު ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބޭނުންކުރަމުން އައި މެޓްރިކްސް ސިސްޓަމުގެ ތެރޭގައި ގިނަ ޑޮމެއިންތަކުގެ މައުލޫމާތު ފެންނަން ނެތް ކަމަށާއި، ސައްހަ ނޫން ޑޮމެއިންތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުންކުރަމުން ދިޔަ މެޓްރިކްސް ސިސްޓަމް ނިޒާމުގެ ތެރޭގަ ގިނަ ރިޕޯޓްސްތަކެއް ނެތް. ރިޕޯޓްސް ފެންނަން ނެތް ޑޮމެއިންތައް ކްލިއާކުރަން އިއުލާނުކޮށްގެން އެކަން ކުރާނަން،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސައްހަ ނޫން ޑޮމެއިންތައް ވަކިކުރުމަށް ފަހު، އައު ސޮފްޓްވެއާއަކާއިއެކު ޑޮމެއިން ވިޔަފާރި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކޮށް، އަލުން ޑޮމެއިން ވިއްކަން ފަށާނެ ކަމަށެވެ. އަލަށް ތައާރަފުކުރާ ސިސްޓަމުގެ ތެރެއިން އެއް ޑިޖިޓާއި ދެ ޑިޖިޓުގެ ޑޮމެއިން ވިއްކާނެ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އައު ސޮފްޓްވެއާ ގަތުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަން ފާހަގަކުރެއްވި އެވެ.

"މިހާތަނަށް ގެންގުޅެފަ އޮތީ ތިން ޑިޖިޓާ ހަތަރު ޑިިޖިޓުގެ ޑޮމެއިން. އަލަށް ތައާރަފުކުރާ ޑޮމެއިން ސިސްޓަމުގެ ތެރޭގައި އެއް ޑިޖިޓު ނުވަތަ ދެ ޑިޖިޓުގެ ޑޮމެއިން ވިއްކަން ހުޅުވާލަނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑޮމެއިން ބޭނުންކުރުމުގެ ގަވާއިދާ ހިލާފަށް ޑޮމެއިންތައް ދޫކުރަމުންދާ ކަން ފާހަގަކުރިގެން ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ޑޮމެއިން ވިއްކުން ހުއްޓުވީ މިދިޔަ އަހަރު އެވެ.

އޮގަސްޓު 29، 2023 ގައި އޭރުގެ މިނިސްޓަރު އައިޝަތު ނަހުލާއަށް ރައީސް އޮފީހުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ގަވާއިދުގައިވާ ފަދައިން ޑޮމެއިން ވިއްކުމާ ގުޅޭ މައްސަލަ ހައްލުކުރުމަށް ކޮމިޓީއެއް އެކުލަވާލާފައި ނެތުމާއި، އާންމުކޮށް އިއުލާން ކުރުމެއް ނެތި ޑޮމެއިން ވިއްކަމުންދާކަން ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox