ރޮނާލްޑޯ އަށް ސައުދީ ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް

May 28, 2024, 5:28 AM
ރޮނާލްޑޯ އަށް ސައުދީ ލީގުގައި ލަނޑު ޖެހުމުގެ ރެކޯޑެއް

ރިޔާދު (މެއި 28) - އަލް އިއްތިހާދު އަތުން 4-2 އިން އަލް ނަސްރު މޮޅުވި މެޗުގައި ޖެހި ދެ ގޯލާ އެކު، އެ ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ ޕްރޯ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދައިފި އެވެ.

ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު، ރޮނާލްޑޯ ވަނީ މި ފަހަރު ސައުދީ ލީގުގައި 35 ލަނޑު ޖަހައިފަ އެވެ.

މީގެ ކުރިން އެ ރެކޯޑް އޮތީ، 2018-2019 ސީޒަނުގައި 34 ގޯލު ޖެހި މޮރޮކޯގެ ފޯވާޑް، އަބްދުއްރައްޒާގު ހަމްުދުﷲ އަތުގަ އެވެ. ރޮނާލްޑޯ، އޭނާގެ ރެކޯޑް މުގުރާލީ ހަތަރު މެޗު މަދުން ކުޅެގެންނެވެ.

އަލް ނަސްރުން މި ސީޒަން ވެސް ނިންމާލަން ޖެހުނީ، ދެ ވަނައިގަ އެވެ. އެއީ ޗެމްޕިއަންކަން ހޯދި އަލް ހިލާލް އަށް ވުރެ 14 ޕޮއިންޓް ފަހަތުގަ އެވެ. އެކަމަކު، އަލް ނަސްރު، ދެ ވަނައިގައި ނިންމާލީ 17 ޕޮއިންޓުގެ ލީޑަކާ އެކު އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު، ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އަލް ނަސްރަށް ބަދަލުވި ރޮނާލްޑޯ ވަނީ އެ ޓީމަށް ކުޅެދިން 69 މެޗުން 64 ލަނޑު ޖަހައިފަ އެވެ. ބާވީސް އަހަރުވީ ރޮނާލްޑޯގެ ޕްރޮފެޝަނަލް ކެރިއަރުގައި އޭނާ ވަނީ، ކްލަބްތަކަށް ކުޅުނު މެޗުތަކުގައި، 765 ގޯލު ޖަަހައިފަ އެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް 128 ލަނޑު ޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox