ވިހިވަނަ މަޖިލީހުގެ އެމްޑީޕީ ޕީޖީ ލީޑަރަކަށް ނާޒިލް އިންތިހާބުކޮށްފި

އެމްޑީޕީ ޕީޖީ ލީޑަރަކަށް އިންތިހާބުވި ނާޒިލް، މަޖިލީހުގެ ތަޅުމުގައި - ފޮޓޯ: މަޖިލީސް

އެމްޑީޕީ ޕީޖީ ލީޑަރަކަށް އިންތިހާބުވި ނާޒިލް، މަޖިލީހުގެ ތަޅުމުގައި - ފޮޓޯ: މަޖިލީސް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަދި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް އިންތިހާބުކޮށްފި އެވެ.

މާދަމާ ހުވާކުރާ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު އެމްޑީޕީ ތަމްސީލްކުރައްވާނީ އެންމެ 12 މެންބަރުންނެވެ. ޕާލިމެންޓްރީ ގްރޫޕުގެ ލީޑާޝިޕަށް އެއިން އަށް މެންބަރަކު މިއަދު އިންތިހާބުކޮށްފައިވެ އެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ނާޒިލް އިންތިހާބު ކުރިއިރު ޑެޕިއުޓީ ލީޑަރުންނަށް އިންތިހާބު ކުރީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަދި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީ އެވެ.

ޕާލިމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އިންތިހާބުކުރީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލަށް އިންތިހާބު ކުރީ މާވަށު ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ޝާކިރެވެ.

ޗީފް ވިޕްގެ މަގާމަށް އިންތިހާބުކުރީ ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސައިން ސަމީރެވެ. ވިޕުންގެ ގޮތުގައި އިންތިހާބުކުރީ ކަނޑިތީމު ދާއިރާގެ އިންތިހާބީ މެންބަރު އަމީން ފައިސަލް އަދި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ނިއުޝާދު (ނިއުބެ) އެވެ.

އަންނަ މަޖިލީހުގައި އޮންނާނީ ސަރުކާރު ހިންގީ ޕީއެންސީގެ ސުޕަ މެޖޯރިޓީއެކެވެ.

ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 މެންބަރުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ނުވަ މެންބަރަކު ފަހުން ވަނީ ޕީއެންސީއާ ގުޅިފަ އެވެ. އޭގެ ތެރޭގައި ސަރުކާރުން ކުރިން ވެސް ތާއީދު ދިން މެންބަރުން ހިމެނޭނެ އެވެ. އެއާ އެކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގައި 75 މެންބަރުން ތިއްބަވާނެ އެވެ.

އޭގެ އިތުރުން އަންނަ މަޖިލީހަށް އިންތިހާބުވި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދުގެ އިތުރުން އެމްޑީއޭގެ މުހައްމަދު އައްބާސް ވެސް މަސައްކަތް ކުރައްވާނީ ސަރުކާރާ އެކުގަ އެވެ.

އަންނަ މަޖިލީހުގައި ސަރުކާރުން ބޭނުންވާ ގޮތަށް ވޯޓު ދެއްވާނެ 79 މެންބަރުން ތިއްބަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox