އޮލިމްޕިކްސްގައި އެތުލެޓިކްސް އިން ރާއްޖެ ތަމްސީލްކުރާނީ އިބާދުﷲ

އެތުލެޓިކްސްގެ ތަރި އިބާދުﷲ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

އެތުލެޓިކްސްގެ ތަރި އިބާދުﷲ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

މި އަހަރުގެ ޖުލައި މަހުގައި ފްރާންސްގެ ޕެރިހުގައި ފަށާ, އޮލިމްޕިކްސް 2024 ގައި އެތުލެޓިކްސް އިން ވާދަކުރާނީ އިބާދުﷲ އާދަމް ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އިން ހާމަކޮށްފި އެވެ.

ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުން އަންނަ އިބާދުﷲ އަކީ ކުރި އަރަމުން އަންނަ ޒުވާން އެތުލީޓެކެވެ. މި ފަހުން އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން އެންމެ ރަނގަޅު ޓައިމިންގް އެއް ނެރެފައިވަނީ ވެސް އިބާދުﷲ އެވެ.

ޓައިމް ޓްރަޔަލް އަށް ބެލިއިރު، އިބާދުﷲ ގެ ޓައިމިން އަކީ، 10.50 ސިކުންތެވެ.

އިބާދުﷲ "އަދަދު" އަށް ބުނީ މިއީ މިދިޔަ ހަތަރު އަހަރު އެންމެ ބޮޑު ޓާގެޓަށް ހަދައިގެން މަސައްކަތް ކުރި ކަންތައް ކަމަށެވެ. އަދި މިއީ ކުޑައިރުން ފެށިގެން ދެކެމުން އައި އެއް ހުވަފެނެއް ކަމަށް އިބާދުالله ބުންޏެވެ.

"މިއީ ކުޑައިރުން ފެށިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން. މިދިޔަ ހަތަރު އަހަރު އެންމެ ބޮޑު ޓާގެޓަކަށް ހަދައިގެން ވޯކް ކުރީ މި އަށް. (އޮލިމްޕިކްސް އަށް)،" އިބާދުﷲ ބުންޏެވެ.

އިބާދުﷲ ބުނީ މިއީ އެންމެ ފުރަތަމަ ދުވަން ފެށިއިރު, އޭރުގެ ކޯޗު ރައުހަތު ވެސް ދެކެމުން އައި ހުވަފެން ކަމަށެވެ. އަދޮ ކޯޗު ރައުހަތު، އަަބަދުވެސް، އިބާދުالله އަށް މިކަން ވާނެ ކަމަށް ބުނި ކަމަށެވެ.

އެންމެ ފަހުން ކުރިއަށްދިޔަ އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އަނިޔާގެ ސަބަބުން އިބާދުﷲ ވާދަކޮށްފައި ނުވެ އެވެ. އެކަމަކު، މި ކާމިޔާބީއާ އެކު އިބާދުﷲ ހުރީ އެ ދެ ގޭމްސްގައި ވާދަނުކުރެވުނު ހިތާމަ ފޮހެލައިގެންނެވެ.

އިބާދުﷲ އިތުރަށް ބުނީ މިއީ އަދި ފެށުމެއް ކަމަށާއި އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސްގެ އިތުރުން ބެޑްމިންޓަން، ޓޭބަލް ޓެނިސް އަދި ފެތުމެވެ.

ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އަކީ، ރާއްޖޭން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓެވެ. އިބާދުﷲ އާއި ބެޑްމިންޓަން ތަރި، ފާތިމަތު ނަބާހާ، އޮލިމްޕިކްސްގައި ވާދަކުރަނީ، ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގަ އެވެ.

ސްވިމިން އިން އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox