މަސް ފެކްޓަރީ އަޅަން ވައުދުވި އިރު ވެސް މާދެލި ބަޔަކަށް ދީފައި އޮތް ކަން އެނގޭ: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޝިޔާމް -- ފޮޓޯ: އަދަދު

ފިޝަރީޒް މިނިސްޓަރު ޝިޔާމް -- ފޮޓޯ: އަދަދު

ދ. މާދެލީގައި އަޅަން ނިންމައި، ފ. ނިލަންދޫ އަށް ބަދަލުކުރި މަސް ފެކްޓްރީ އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގަތްއިރު ވެސް މާދެލި އޮތީ އެހެން ބޭނުމަކަށް ބަޔަކަށް ދީފައިކަން ސަރުކާރަށް އެނގޭ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މާދެލީގައި މަސް ފެކްޓްރީ އެޅުމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރޭގައި ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ، އެހިސާބުގެ މަސްވެރިން އަދި ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

ޝިޔާމް ވިދާޅުވީ މާދެލީގައި މަސް ފެކްޓަރީއެއް އެޅުމަށް ރައީސް ވައުދުވެވަޑައިތް އިރު ވެސް، އެ ރަށް އެހެން ބޭނުމަކަށް ދޫކުރެވިފައިވާކަން ރައީސް މުއިއްޒަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

Advertisement

"އެމަނިކުފާނުގެ ކެމްޕެއިނުގަ ވަޑައިގަނެ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ދ. މާދެލީގަ މަސް ފެކްޓްރީއެއް ގާއިމުކޮށްދެއްވާނެ ކަމަށް. މާދެލި އޮތީ އޭރުގަ ވެސް ރައީސުލްޖުމުހޫރިއްޔާއަށް ވެސް އެނގިވަޑައިގަންނަވާ އޭރުގަވެސް އެހެން ބޭނުމަކަށް ދެވިފަ އޮތް ރަށެއްކަން،" ޝިޔާމް ފާހަގަކުރެއްވި އެވެ.

އެގޮތުން އެ ރަށުގައި މަސް ފެކްޓްރީ އެޅޭ ގޮތް ނުވީ، އެހެން ބޭނުމަކަށް ދޫކޮށްފައި އޮތުމުން މާދެލި އަނބުރާ ދައުލަތަށް ހޯދުމުގައި މާލީ ބޮޑު ބުރައެއް އުފުލަންޖެހޭތީ ކަމަށް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ މާލީ ހާލަތު މިވަގުތު އޮތް ގޮތުންނާއެކީގަ އެހެން ބޭނުމަކަށް ވެފިފަ އޮތް ރަށަކަށް ވާތީ އެ ރަށް އަނބުރާ ސަރުކާރަށް ހޯދުމުގަ މާލީ ވަރަށް ބޮޑު ބުރައެއް ދައުލަތުން އުފުލަންޖެހޭތީ ދެން އިހިސާބުގަ މި ފެކްޓްރީ ގާއިމްކުރެވޭނީ ނިލަންދޫގަކަމަށްވާތީ އެގޮތަށް އެވަނީ ބަދަލުކުރެވިފަ،" ޝިޔާމް ވިދާޅުވި އެވެ.

މާދެލީގައި މަސް ފެކްޓަރީއެއް ހަދަން ރައީސް މުއިއްޒު ފުރަތަމަ ވައުދުވެވަޑައިގެންނެވިއިރު ވެސް އެ ރަށުގައި ރިސޯޓެއް ހަދަން އެސްއޭއެސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑްއާ އޮތީ ހަވާލުކޮށްފަ އެވެ. ސެއިންޓް ރެޖިސްގެ ވޮއްމުލި ހިންގާ އެ ކުންފުންޏާ މާދެލި ހަވާލުކުރީ ޖުލައި 5، 2023، ގަ އެވެ. އެއީ ސެއިންޓް ރެޖިސްއަކީ މެރިއަޓް ހޮޓެލްސްގެ ދަށުން ހިންގާ ކުންފުންޏެވެ. މާދެލީގެ އެކުއިޒިޝަން ކޮސްޓު ވެސް އެސްއޭއެސް އިން އޮތީ ދައްކައިފަ އެވެ. އެއީ 7.2 މިލިއަން ޑޮލަރު (111،024،000ރ.) އެވެ.

މާދެލި ހިމެނޭ ގޮތަށް ތިން ރަށެއްގައި މަސް ފެކްޓަރީ ހަދަން ޗައިނާގެ ޑޮންފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާއެކު ފިޝަރީޒް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކުރީ ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި އޮއްވައި، އޭޕްރީލް 14 ގަ އެވެ. އެ އެއްބަސްވުމުގައި ފިޔޯރީ އަދި ފެލިވަރުގައި މަސް ފެކްޓަރީއެއް ހެދުން ވެސް ހިމެނެ އެވެ.

މާދެލީ މަޝްރޫއުގައި އެ ރަށުގައި ބަނދަރެއް ހެދުމާއި، މުވައްޒަފުން ތިބުމަށް އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް އަދި 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ހިމެނެ އެވެ.

އެ މަޝްރޫއު ފ. އަތޮޅު ވެރިރަށް، ނިލަންދޫ އަށް ބަދަލުކުރީ އެ ރަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރަން މި ސަރުކާރުން ކަނޑައަޅާފައިވާތީ ކަމަށް ފިޝަރީޒް މިނިސްޓްރީން އިއްޔެ ބުންޏެވެ. މަސް ފެކްޓަރީ އެޅުމަށް ބިން ހަމަޖެއްސުމާ ގުޅޭ ގޮތުން ފިޝަރީޒު މިނިސްޓްރީގެ ޓީމެއް އިއްޔެ އެ ރަށަށް ޒިޔާރަތްކޮށް ކައުންސިލާއެކު މަޝްވަރާކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox