ދެ ވަނަ އޮލިމްޕިކްސްއާ އެކު ނަބާ އަށް ޝަރަފެއް

May 26, 2024, 5:56 AM
ދެ ވަނަ އޮލިމްޕިކްސްއާ އެކު ނަބާ އަށް ޝަރަފެއް

ޕެރިހުގައި މި ފަހަރު ބާއްވާ އޮލިމްޕިކްސް އިން ފުރުސަތު ހޯދައި، ބެޑްމިންޓަން ކުޅުންތެރިޔާ، ފާތިމަތު ނަބާހާ (ނަބާ) ހާއްސަ ޝަރަފެއް ހޯދައިފި އެވެ.

ނަބާ އަކީ ރާއްޖޭގެ ބެޑްމިންޓަން ތާރީހުގައި ވެސް އޮލިމްޕިކްސްގެ ދެ މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޮލިމްޕިކްސްގެ ބެޑްމިންޓަން އިވެންޓުގައި ރާއްޖޭން ފުރަތަމަ ފަހަރަށް ވާދަކުރީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި ވާދަކުރި މުހައްމަދު އަޖުފާން ރަޝީދު އެވެ. އޭގެ ފަހުން، ޓޯކިޔޯ 2020 އޮލިމްޕިކްސްގައި ނަބާ ވާދަކުރި އެވެ.

ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތެއްގައި، ނަބާ އަށް މި ވަނީ ޖެހިޖެހިގެން ދެ ވަނަ އޮލިމްޕިކްސް އިން ފުުރުސަތު ލިބިފަ އެވެ. މިއީ، މިދިޔަ ހަތަރު އަހަރެއްހާ ދުވަހު، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނަބާ ދެއްކި ޕާފޯމަންސަށް ބަލާފައި ލިބިގެންދިޔަ ފުރުސަތެކެވެ.

ނަބާ ބުނީ، ދެ ވަނަ ފަހަރަށް އޮލިމްޕިކްސްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދިއުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އެކަން ހާސިލްކުރަން އެހީތެރިވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ. އެ ގޮތުން، ނަބާ ވަނީ އޭނާގެ އެއް މާބަނޑު ކޮއްކޮ، އައިމިނަތު ނަބީހާ (ނަބީ) އަށް ހާއްސަ ޝުކުރެއް އަދާކޮށްފަ އެެވެ. އެއީ، އޮލިމްޕިކްސް އަށް ދިއުމަށް މި ކުރި ދަތުރުގައި އެކުގައި ގިނަ ކަންތައްތަކެއް ހާސިލްކުރެވިފައިވާއިރު، ބޮޑު ސަޕޯޓެއް ލިބިފައިވާތީ އެވެ.

މީގެ އިތުރުން ނަބާ ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް މިނިސްޓްރީގެ ސަޕޯޓްގެ އިތުރުން، ގައުމީ ބެޑްމިންޓަން ކޯޗު ކޮރެއާގެ ޖަން ކީ ޔަން އާއި ރިވައިވަލް ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ހުރި ނަޝްފާން މުހައްމަދު އަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ފުރަަތަަމަ ފަހަރަށް ހަަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ޓޭބަލް ޓެނިހާއި ބެޑްމިންޓަންގެ އިތުރުން ކުރިން ވެސް ފުރުސަތު ލިބެމުން އަންނަ ސްވިމިން އަދި އެތުލެޓިކްސް އެވެ.

މީގެ ކުރިން އޮލިމްޕިކްސްގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވާދަކުރުމުގެ ޝަރަފް ހޯދާފައިވާ ދިވެހި އެތުލީޓުންނަށް ބަލާއިރު، ތިން އޮލިމްޕިކްސްގައި ވާދަކުރި ހަމައެކަނި އެތުލީޓަކީ، އެތުލެޓިކްސްގެ، އަހުމަދު ޝަގީފް (ރިވަރިން) އެވެ. ދެ އޮލިމްޕިކްސްގައި ވާދަކުރި އެތުލީޓުންނަށް ބަލާއިރު، އެތުލެޓިކްސްގެ ހުސެއިން ހަލީމް (ކުޑަ ހުސެން)، ނަސީރު އިސްމާއިލް، މުހައްމަދު އާމިރު، ހުސެއިން ރިޔާޒް، ހަސަން ސާއިދު ހިމެނެ އެވެ. އަދި ސްވިމިންގެ ހަސަން މުބާހު، އައިމިނަތު ރޫޔާ ހުސެއިން، އަދި އައިމިނަތު ސަަޖަން ވެސް ދެ އޮލިމްޕިކްސްްގައި ވާދަކުރި އެވެ. އަދި މި ފަހަރުގެ އޮލިމްޕިކްސް އިން ފުރުސަތު ހޯދައި ނަބާ ވެސް މި ވާދަކުރަނީ ދެ ވަނަ އޮލިމްޕިކްސްގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox