"ބަޔާންގެ ނިންމުން ރަނގަޅު، ކޮމްޕެނީ ސިޓީ އަށް ވެސް ކޯޗުކޮށްދޭނެ"

May 25, 2024, 1:58 PM
"ބަޔާންގެ ނިންމުން ރަނގަޅު، ކޮމްޕެނީ ސިޓީ އަށް ވެސް ކޯޗުކޮށްދޭނެ"

ލަންޑަން (މެއި 25) - ބަޔާން މިއުނިކުން އެ ކްލަބްގެ ކޯޗަކަށް ބާންލީގައި ހުރި ވިންސެންޓް ކޮމްޕެނީ ހަމަޖައްސަން ނިންމި ނިންމުން އޭނާގެ ނަޒަރުގައި ރަނގަޅު ކަމަށާއި ކޮންމެ ވެސް އެއް ދުވަހަކުން ކޮމްޕެނީ، މެންޗެސްޓާ ސިޓީގެ ކޯޗުކަން ވެސް ކުރާނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު ރެލިގޭޓްވި، ބާންލީގައި ހުރި ކޮމްޕެނީ، ގެންދަން ޖަރުމަނުގެ ގަދަބާރު ބަޔާން އިން ނިންމުމުން އެ ކަމަށް ގިނަ މީޑިއާތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އެކަމަކު، ގާޑިއޯލާ ދެކޭގޮތުގައި، މިއީ ބަޔާން އިން ނިންމި ރަނގަޅު ނިންމުމެކެވެ.

"ބަޔާނުން، ވިނީ (ކޮމްޕެނީ) އަށް ޝައުގުވެރިވުމަކީ އަހަންނަށް ލިބޭ އުފަލެއް. ބާންލީ ރެލިގޭޓްވިޔަސް އަހަރެން ކޮމްޕެނީއާ މެދު ދެކެނީ ވަރަށް ތަފާތު ނަޒަރަކުން،" ކުރިން ބަޔާން އަށް ވެސް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

"އޭނަ (ކޮމްޕެނީ)ގެ މަސައްކަތް ވަރަށް ރަނގަޅު، އޭނަ އެކަން ކުރާ ގޮތް، ފުޓްބޯޅައިގެ ފިލޯސަފީ އާއި ކަންކަމަށް ކޮމްޕެނީ ހުރީ ފަރިތަވެފައި، މީޑިއާއާ ކުރިމަތިލާން ވެސް އެނގޭ،"

ގާޑިއޯލާ ބުނީ، ސިޓީގެ ކުރީގެ ކެޕްޓަން، ކޮމްޕެނީ، އެ ކްލަބްގެ ކޯޗެއްގެ ގޮތުގައި ވެސް މުސްތަގުބަލުގައި ފެންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. ސިޓީގައި ކޮމްޕެނީ ހޭދަކުރި 11 އަހަރު ތެރެއިން ފަހު ތިން އަހަރު ކުޅުނީ ގާޑިއޯލާގެ ކޯޗުކަމުގަ އެވެ.

"ވިނީ (ކޮމްޕެނީ) އަދި މި ޓީމު (ސިޓީ)ގެ ކޯޗަކަށް ވެސް ހުންނާނެ، އެ ދުވަސް ފެންނާނެ،" ގާޑިއޯލާ ބުންޏެވެ.

ބާންލީގެ ކޯޗަކަށް 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓެއްގައި ހުރި، ކޮމްޕެނީގެ އެ އެއްބަސްވުން އުވާލަން ދައްކަން ޖެހޭ ފީ ކަމަށްވާ 15 މިލިއަން ޑޮލަރު ދޭން ބަޔާނުން ވަނީ އެއްބަސްވެފަ އެވެ. ކޮމްޕެނީ، ބަޔާނާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox