މަޑުކުރަން ނިންމި ޒަވީ ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ފްލިކް

May 24, 2024, 2:04 PM
މަޑުކުރަން ނިންމި ޒަވީ ވަކިކޮށް ބާސެލޯނާގެ ކޯޗަކަށް ފްލިކް

ބާސެލޯނާ (މެއި 24) - ބާސެލޯނާގެ ކޯޗުކަމުން ވަކިވާނެ ކަމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކޮށް، ބާސެލޯނާގައި މަޑުކުރި ކޯޗު، ޒަވީ ހެނާންޑޭޒް ވަކިކުރުމަށް ފަހު އެ ޓީމުގެ ކޯޗަކަށް ޖަރުމަނުގެ ކުރީގެ ކޯޗު ހަންސީ ފްލިކް ހަމަޖައްސައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު ޒަވީ، ވަނީ މި ސީޒަން ނިމުމުން ބާސެލޯނާގެ ކޯޗުކަން ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. އެކަމަކު، ތަކުރާރުކޮށް ބާސެލޯނާ އިން ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހު، ޒަވީ އެ ނިންމުން ބަދަލުކުރި އެވެ. މީގެ މަހެއްހާ ދުވަސްކުރިން ޒަވީ، އިއުލާނުކުރީ އިތުރު އެއް

އަހަރު ބާސެލޯނާގައި މަޑުކުރަން އެއްބަސްވެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެންމެ ފަހުން ބާސެލޯނާ އިން ކުޅުނު މެޗަށް ފަހު، ޒަވީ، ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނާ ވަކިކުރަން ބާސެލޯނާގެ ބޯޑު މެމްބަރުން ވަނީ ހުށަހަޅައިފަ އެވެ.

އެއާ އެކު، މިއަދު ބާސެލޯނާ އިން ޒަވީއާ އެކު ބޭއްވި ބައްދަލުވުމުގައި ވަނީ އޭނާ މަގާމުން ދުރުކުރަން ނިންމާފައިވާކަން އަންގައިފަ އެވެ. އެ ގޮތަށް އެންގީ، ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ އާއި ސްޕޯޓިން ޑިރެކްޓަރު، ޑެކޯ އެވެ.

މަގާމުން ވަކިކުރަން ނިންމި ކަމުގައި ވިޔަސް، ރަސްމީކޮށް އެކަން ފުރިހަމަކުރާނީ، އާދިއްތަ ދުވަހު ކުޅޭ ސްޕެނިޝް ލީގު ފަހު މެޗަށް ފަހު އެެވެ. އެހެންކަމުން، ޒަވީ، ބާސެލޯނާ އަށް ކޯޗުކޮށްދޭނެ ފަހު މެޗަކީ، ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗެެވެ.

ބާސެލޯނާގެ ކޯޗަކަށް ޒަވީ ހަަމަޖެއްސީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު އެވެ.

ޖަރުމަނުގެ ކޯޗު ފްލިކް: އޭނާ ވަނީ ބާސެލޯނާއާ ހަވާލުވާން އެއްބަސްވެފައި.

ފްލިކް ހުރީ ބާސެލޯނާގެ ހުށަހެޅުމެއްގެ އިންތިޒާރުގައި

ބާސެލޯނާ އިން ޒަވީ ވަކިކޮށް، އެ ޓީމުގެ ކޯޗަކަށް ގެންނަން ނިންމި ފްލިކް އަކީ، ޖަރުމަނު ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗެވެ.

ފްލިކް، 59، ޖަރުމަނު ގައުމީ ޓީމުގެ ކޯޗުކަމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ވަކިކުރިއިރު، އެ ފަހުން އޭނާ ޓީމަކާ ހަވާލެއްނުވެ އެވެ. އަލުން ބަޔާންއާ ހަވާލުވާން ވެސް ފްލިކަށް ފުރުސަތު ލިބުނުއިރު، އޭނާ ބޭނުމެއް ނުވި އެވެ. އަނެއްކޮޅުން، ޗެލްސީގެ ކޯޗުކަން ހުށަހަޅަން ކުރި މަޝްވަރާގައި ވެސް ފްލިކް ބައިވެރިއެއްނުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން، ފްލިކްގެ ފޯކަސް ހުރީ ބާސެލޯނާއާ ހަވާލުވުމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބާސެލޯނާއާ އެކު ފްލިކް މަޝްވަރާކޮށްފައިވަނީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކުރާ ގޮތަށެވެ.

ފްލިކް ވަނީ ބަޔާން އަށް ކޯޗުކޮށްދިންއިރު، ސީޒަނުގެ ހުރިހާ މުބާރާތެއްގެ ތަށި އެ ޓީމަށް ހޯދައިދީފަ އެވެ. އޭރު އެ ޓީމަށް ކުޅުނު އެއް ކުޅުންތެރިޔާ، ރޮބަޓް ލެވަންޑޯސްކީ މި ވަގުތު ހުރީ ބާސެލޯނާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox