ރައިސީ ހަށިކޮޅު މަޝްހާދުގެ ޒިޔާރަތުގައި ފަސްދާނުލައްވައިފި

އިރާންގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޒާގެ ތެރެއިން: ފަސްދާނުލެއްވީ އަވަހާރަވިތާ ހަތަރު ދުވަސްފަހުން -- ފޮޓޯ؛ ރޮއިޓާސް

އިރާންގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޒާގެ ތެރެއިން: ފަސްދާނުލެއްވީ އަވަހާރަވިތާ ހަތަރު ދުވަސްފަހުން -- ފޮޓޯ؛ ރޮއިޓާސް

ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓި އަވާހަރަވި އިރާންގެ ރައީސް، އިބްރާހިމް ރައިސީ، 63, ގެ ހަށިކޮޅު ހަތަރު ދުވަސް ފަހުން ފަސްދާނުލައްވައިފި އެވެ.

ރައިސީގެ ޖަނާޒާގައި އިރާނުގެ އެތައް ހާސް ރައްޔިތުންނެއްގެ އިތުރުން ދުނިޔޭގެ އެކި ރައީސުންނާއި، ގައުމުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެން ފަހުގެ އިހުތިރާމް އަދާކުރެއްވި އެވެ.

ރައިސީގެ ސަންދޯއް އިރާނުގެ އެކި ހިސާބުތަކަށް ހަތަރު ދުވަސްވަންދެން ގެންގޮސްފައި ވާއިރު، އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އިމާމުކަން ކުރެއްވި ކަށުނަމާދުގައި ވެސް އެތައް ހާސް ރައްޔިތުންނެއް ބައިވެރިވި އެވެ.

ރައިސީގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ލޯކަލް ގަވަމެންޓު މިނިސްޓަަރު އާދަމް ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައިސީ އަވަހާރަވީ މެއި 19، 2024 ގައި އިރުމަތި އަޒަރުބައިޖާނުގައި ބޭއްވި ރަސްމިއްޔާތަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ. އެ ހެލިކަޕްޓަރުގައި ރައިސީގެ އިތުރުން އިރާނުގެ ފޮރިން މިނިސްޓަރު އަދި އިރުމަތީ އަޒަރުބައިޖާނުގެ ގަވަރުނަރު ވެސް ވަނީ ނިޔާވެފަ އެވެ.

އިރާންގެ އަށް ވަނަ ރައީސް, ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021، ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.

އިރާންގެ ވަގުތީ ރައީސްކަމާ ނައިބުރައީސް މުހައްމަދު މުހްބަރް, 69 ހަވާލުވެވަޑައިގެންފައިވާއިރު، އިރާންގެ އާ ރައީސް އިންތިހާބު ކުރުން ޖޫން، 28 ގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox