ފުރަތަމަ ބަލި ފައިނަލްގައި ދިމާވުން އަލޮންސޯ އަށް ހިތްދަތި

May 23, 2024, 8:08 AM
ފުރަތަމަ ބަލި ފައިނަލްގައި ދިމާވުން އަލޮންސޯ އަށް ހިތްދަތި

ޑަބްލިން، އަޔަލެންޑް (މެއި 23) - މި ސީޒަނުގައި ފުރަތަމަ ފަހަރަށް ބަޔާ ލެވަކޫސަން ބަލިވި މެޗު، ޔޫރޮޕާ ލީގުގެ ފައިނަލާ ދިމާވުމަކީ ވަރަށް ހިތްދަތިކޮށް ކުރިމަތިވެފައިވާ ކަމެއް ކަމަށް ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

މެޗަކުން ބަލިނުވެ، ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަން، މި ސީޒަނުގައި ރޭގެ މެޗާ ހަމައަށް ކުޅުނު 51 މެޗުން ވެސް ބަލިވެފައިނުވެ އެވެ.

އެކަމަކު، ރޭ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލަންޓާ އަތުން 3-0 އިން ބަލިވެ، ލެވަކޫސަން އަށް މުބާރާތުގެ ތަށި ގެއްލުނުއިރު، އެ ޓީމުގެ ރެކޯޑަށް ވެސް ވަނީ ނިމުން އަތުވެފަ އެވެ.

އަލޮންސޯ ބުނީ، ލެވަކޫސަނަށް ވުރެ ރަނގަޅަށް އެޓަލަންޓާ އިން ކުޅުނު ކަމަށާއި ތަށި ހައްގުވަނީ ވެސް އެ ޓީމަށް ކަމަށެވެ.

"މިއީ އަހަރެމެންގެ ދުވަހެއް ނޫން. ވަރަށް ދަށްކޮށް ދިޔައީ. ވަރަށް ހިތްދަތި ހަގީގަތުގައި މި ގޮތަށް މިހާ މުހިންމު މެޗެއްގައި ދިމާވީ، އާދައިގެ ކަމެއް ނޫން ސީޒަނެއްގެ 52 ވަނަ މެޗުގައި ފުރަތަމަ ފަހަަރަށް ބަލިވުން. އޭގެއިން އެބަ އެނގޭ ބަލިނުވެ އަހަރެމެން ވަރަށް ކާމިޔާބު މަސައްކަތެއް ކޮށްފިކަން، އެ ކަމާ ފަހުރުވެރިވޭ،" އަލޮންސޯ ބުންޏެވެ.

"އެކަމަކު، މި ބަލި މި ދިމާވި ގޮތް ވަރަށް ހިތްދަތި،"

ރޭގެ މެޗުގެ ކުރިން، ލެވަކޫސަން އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ، މިދިިޔަ އަހަރު މެއި މަހު 27 ވަނަ ދުވަހު އެވެ.

ލެވަކޫސަން އަށް އަދި މި ސީޒަނުގައި އެއް ފައިނަލް އެބައޮތެެވެ. އެއީ މި ހޮނިހިރު ދުވަހު، ކައިސަސްލައުޓެންއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox