މާލީ އާއުސްމިންތަކާއެކު އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި

އަމާނާ ތަކާފުލްގެ އަހަރީ އާންމު ޖަލްސާ ބޭއްވުން --

އަމާނާ ތަކާފުލްގެ އަހަރީ އާންމު ޖަލްސާ ބޭއްވުން --

ރާއްޖޭގެ އިސްލާމީ އިންޝުއަރަންސްގެ މޭސްތިރި ކަމަށްވާ އަމާނާ ތަކަފުލް މޯލްޑިވްސްގެ 13 ވަނަ އަހަރީ އާއްމު ޖަލްސާ އިއްޔެ ބާއްވައިފި އެވެ.

އަމާނާ ތަކަފުލްއަށް މިދިޔަ އަހަރު ތަކަފުލް ކޮންޓްރިބިއުޝަންގެ (ތަކަފުލް ހަރަކާތްތަކުން ލިބުނު އާމްދަނީ) 19 ޕަސަންޓު އިތުރުވެފައި ވާއިރު، ލިބުނު ޖުމްލަ އާމްދަނީ 203 ޕަސަންޓު އިތުރުވި އެވެ. އެއީ 67 މިލިއަން ރުފިޔާގެ ފައިދާ އެވެ.

މިދިޔަ އަހަރު އިންވެސްޓްމަންޓް ތަކުން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީގެ ސަބަބުން ޓެކްސް ކެނޑުމުގެ ކުރިން 20.05 މިލިއަން ރުފިޔާ ފައިދާ ގޮތުގައި އަމާނާ ތަކަފުލްއަށް ލިބުނު ކަމަށް އެ ކުންފުނިން ބުނެ އެވެ.

Advertisement

ފައިދާ ގޮތުގައި 6.57 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް މޫނުމަތީ އަގުގެ 15 ޕަސަންޓެވެ. ހިއްސާގެ މޫނުމަތީ އަގުގެ 25 ޕަސަންޓު ވަނީ ހިއްސާދާރުންނަށް ދޭން ނިންމާފަ އެވެ. އެކަން ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައެވެ.

އެހެން އަހަރުތަކާ އެއްގޮތަށް އަހަރީ އާންމު ޖަލްސާ ނިންމާލުމުގެ ކުރިން ހިއްސާދާރުންނަށް އެއް އަހަރުގެ ޕާސަނަލް އެކްސިޑެންޓު ކަވަރޭޖު ހިލޭ ދިނުމަށް ބޯޑުން ވަނީ ނިންމައި އިއުލާންކޮށްފަ އެވެ.

އަހަރީ އާންމު ޖަލްސާގައި ވަނީ އިންޑިޕެންޑެންޓު ބޯޑު މެންބަރެއްގެ ގޮތުގައި ޑރ. އައިޝަތު މުނީޒާ ހަމަޖެއްސި އެވެ. އަދި ސިރާޖު ނިޒާމު ވެސް ބޯޑަށް އައްޔަން ކުރި އެވެ.

"ކުންފުނިން ދެމެހެއްޓެނިވި ގޮތަކަށް ފަންޑް މެނޭޖުކުރުމާއި، ތަކާފުލްގެ އުސޫލުތައް ދެމެހެއްޓުމަށް ދޭ އަހައްމިއްޔަތު އިތުރަށް ހާމަވެގެން ދަނީ. މެދުކެނޑުމެއްނެތި 13 އަހަރު ކުންފުނީގެ ތަކަފުލް ސްކީމްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ބަދަލު ހޯދުމަށް ހުށައަޅާފައި ނުވާ ފަރާތްތަކަށް ސާޕްލަސް ބަހާފައި ވާތީ،" އަމާނާ ތަކާފުލްއިން ބުންޏެވެ.

މިހާތަނަށް އަމާނާ ތަކަފުލްއިން ފައިދާގެ ގޮތުގައި ބެހި އަދަދު ވަނީ 12.4 މިލިއަން ރުފިޔާއަށް އަރައިފަ އެވެ. މީގެއިތުރުން މިއަދާ ހަމައަށް ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 42.1 މިލިއަން ރުފިޔާ ވަނީ ބހައިފަ އެވެ.

އަމާނާ ތަކަފުލްގެ އެމްޑީ ހަރީޒް ސުލައިމާން ވިދާޅުވީ ޖުމްލަކޮށް ކުންފުނި ހިންގުން ހަރުދަނާކަންމަތީ ދެމެހެއްޓުމަށްޓަކައި ކަޑައެޅިފައިވާ އުސޫލުތައް މަތީ ސާބިތުވެ ތިބެ، ޓީމުން ކެނޑިނޭޅި އައު ހިދުމަތްތައް ތައާރަފުކޮށް ފުޅާ ދާއިރާއެއްގައި އެކަންކަން ތަންފީޒުކުރެވި، ވިޔަފާރީގެ ހުރިހާ ރޮނގަކުންވެސް ކުރިއެރުންތައް ހޯދަމުންދާ ކަމަށެވެ.

އަމާނާ ތަކަފުލްއިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި އިންޓަނޭޝަނަލް ފައިނޭންޝަލް ރިޕޯޓިން ސްޓޭންޑާޑު 17 އާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުނީގެ މާލީ ހިސާބުތައް ރިޕޯޓުކޮށްފަ އެވެ.

އާ މިންގަނޑު ގެނައުމުން މާލީ ބަޔާންތަކުގައި ވާ މައުލޫމާތު ފެންވަރު ރަނގަޅުވެ، ކިޔުންތެރިންނަށް ތަކަފުލްގެ ވިޔަފާރި ހަރަކާތްތަކާއި ކުންފުނި ހިނގަމުންދާގޮތް ރަނގަޅަށް ދެނެގަނެވޭނެ ކަމަށް ބުނެ އެވެ.

އަމާނާ ތަކަފުލް ވެގެން ގޮސްފައިވަނީ މި މިންގަނޑަށް އަމަލުކުރަން ފެށި ދެކުނުއޭޝިޔާގެ ފުރަތަމަ ކުންފުންޏަށެވެ.

އަމާނާ ތަކާފުލްގެ ޗެއާމަން ތައްޔިބު އަކްބަރު އަލީ ވަނީ ކުންފުނީގެ މުސްތަޤްބަލާމެދު ޔަގީންކަން އެބައޮތް ކަމަށް އަހަރީ ރިޕޯޓުގައި ހާމަކުރައްވައިފަ އެވެ.

ޗެއާމަންގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ މިސްރާބު ހުރީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރާ، ގޮންޖެހުންތަކާ ކުރިމަތިލެވޭ އަދި އިގްތިސާދަށް ކަފިވެގެންދާނެ ކުރިއެރުން ގެނެސްދެވޭނެ ފަދަ އައު ދާއިރާތަކުން ބޭރުގެ އިންވެސްޓްމަންޓްތައް ގެނައުމަށް ފައްކާވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox