އޮލިމްޕިކްސް ފުރުސަތު ދިނުމުގައި ބޭއިންސާފުކަމެއް ނުކުރަން: އެތުލެޓިކްސް އެސޯސިއޭޝަން

May 23, 2024, 5:50 AM
އެތުލެޓިކްސް އެސޯސިއޭޝަނުން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބޭއްވި މުބާރާތެއްގައި އެތުލީޓަކު ދުވަނީ.--- ފޮޓޯ: އަދަދު

އެތުލެޓިކްސް އެސޯސިއޭޝަނުން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި ބޭއްވި މުބާރާތެއްގައި އެތުލީޓަކު ދުވަނީ.--- ފޮޓޯ: އަދަދު

އޮލިމްޕިކްސް އިން ފުރުސަތު ދޭނެ އެތުލީޓެއް ކަނޑައެޅުމުގައި މިހާތަނަށް ބޭއިންސާފުން އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހާމަކޮށްފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން މި ގޮތަށް ހާމަކޮށްފައިވަނީ، އެތުލެޓިކްސް އެސޯސިއޭޝަނުން އޮލިމްޕިކްސް އަށް ކޮލިފައިވާ އެތުލީޓެއް ހޮވުމާ ގުޅޭގޮތުން، ރާއްޖޭގެ މީޑިއާ އާއި ސޯޝަލް މީޑިއާގައި އެކި ކަހަލަ ގޮތްގޮތަށް ވާހަކަ ދެކެވޭތީވެ އެވެ.

ރާއްޖެ އަށް މި ފަހަރު އޮލިމްޕިކްސް އިން ފުރުސަތު ލިބިފައި އޮތީ ތިން ކުޅިވަރަކުންނެވެ. އެއީ ކޮލިފައިވެގެން ރާއްޖޭން ވާދަކުރާ ޓޭބަލް ޓެނިހުގެ އިތުރުން، ޓްރައިޕާޓައިޓް/އިންވިޓޭޝަނަލް ފުރުސަތެއްގެ ގޮތުގައި، ޖާގަ ލިބޭ ތިން ކުޅިވަރު ކަމަށްވާ، ސްވިމިން، ބެޑްމިންޓަން އަދި އެތުލެޓިކްސް އެވެ.

Advertisement

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ކޮލިފައިނުވާ ގައުމުތަކަށް، އޮލިމްޕިކްސް އިން ފުރުސަތު ލިބޭ ގޮތް ސާފުކޮށްދީފަ އެވެ. އެ ގޮތުން، ކޮލިފިކޭޝަން ތެރެއިން ޖާގަ ނުލިބޭ ގައުމުތަކުގެ ތެރެއިން ގައުމަކަށް، އެތުލީޓުން ފޮނުވުމުގައި ފުރުސަތު ލިބެނީ، 100 މީޓަރާއި 800 މީޓަރު އަދި މެރަތަން އިން އެ ގައުމެއްގެ ރޭންކިން ކަނޑައަޅާ ޕޮއިންޓް އުސޫލުގެ ތެރެއިން އެންމެ ރަނގަޅު އެތުލީޓެވެ.

އޮލިމްޕިކްސް އަށް މި އިވެންޓްތަކަށް އެތުލީޓުންގެ ނަން ހުށަހަޅަން އޮތް ފުރުސަތުގެ ސުންގަނޑި ހަމަވާ ތާރީހަކީ، މެރަތަން އަށް ނަން ހުށަހަޅަން 23 އޭޕްރީލް އެވެ. އަދި 100 މީޓަރާއި 800 މީޓަރު އިވެންޓަށް އެތުލީޓުންގެ ނަން ހުށަހަޅަން އޮތް މުއްދަތު، ހަމަވާނީ މި މަހުގެ ނިޔަލަށެވެ.

އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ މި އިވެންޓްތަކަށް ރާއްޖޭ އެތުލީޓުން ހޮވެން ސްކޯ އޮތްގޮތަށް ބަލާއިރު، މި ވަގުތުގެ ހާލަތު އޮޅުންފިލުވައިދީފަ އެވެ.

"އޮލިމްޕިކްސް އަށް ފުރުޞަތު ދިނުމުގައި މިއަދާ ހަމައަށް އެއްވެސް ބޭއިންސާފު ކަމެއް އެސޯސިއޭޝަނުން ނުކުރޭ،" އެތުލެޓިކްސް އެސޯސިއޭޝަންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައިވެ އެވެ.

titledesc

އެތުލެޓިކްސް އެސޯސިއޭޝަން އިން ރޭންކިން ހިއްސާކޮށްފައިވާ ގޮތަށް ބަލާއިރު، މި ވަގުތު، އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ދެ އެތުލީޓުންނަކީ ޖެމެއިކާގައި ތަމްރީން ހަދަމުން އަންނަ އިބާދުﷲ އާދަމް އާއި މަރިޔަމް ރޫޔާ އަލީ އެވެ.

މި ހަފްތާގެ ހޮނިހިރު ދުވަހު، އެތުލީޓުންގެ ޓައިމް ޓްރަޔަލެއް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox