އިރާނުގެ ރައީސް ރައިސީގެ ޖަނާޒާގެ ކަންކަން ފަށައިފި

ރައިސީގެ ޖަނާޒާ ކުރިއަށް ގެންދަނީ -- ފޮޓޯ: ވެސްޓް އޭޝިއާ ނިއުސް އެޖެންސީ

ރައިސީގެ ޖަނާޒާ ކުރިއަށް ގެންދަނީ -- ފޮޓޯ: ވެސްޓް އޭޝިއާ ނިއުސް އެޖެންސީ

އިރާނުގެ ރައީސް އިބްރާހިމް ރައިސީގެ ޖަނާޒާގެ ކަންކަން ފަށައިފި އެވެ.

ރައިސީ އަވަހާރަވީ އިރުމަތި އަޒަރުބައިޖާނުގައި ބޭއްވި ރަސްމިއްޔާތަކަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގަ އެވެ.

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައިސީގެ އިތުރުން އިރާނުގެ ފޮރިން މިނިސްޓަރު ހުސެއިން އާމިރު އަބްދުﷲ ހައިން އަދި އިރުމަތީ އަޒަރުބައިޖާނުގެ ގަވަރުނަރު ވެސް ވަނީ ނިޔާވެފަ އެވެ.

ރައިސީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނުގެ ގިނަ ރައްޔިތުން ވަނީ ކަޅު ހެދުމުގައި މަގުތައް މައްޗަށް ނިކުމެފަ އެވެ. އަދި ރައިސީ އާއި ހުސެއިން އާމިރު އަބްދުﷲގެ ސަންދޯއް ވަނީ ގައުމުގެ އެކި ހިސާބުތަކަށް ގެންގޮސްފަ އެވެ.

ރައިސީގެ ޖަނާޒާ ކުރިއަށް ގެންދަނީ -- ފޮޓޯ: ވެސްޓް އޭޝިއާ ނިއުސް އެޖެންސީ
ރައިސީގެ ޖަނާޒާ ކުރިއަށް ގެންދަނީ -- ފޮޓޯ: ވެސްޓް އޭޝިއާ ނިއުސް އެޖެންސީ

ރައިސީގެ ޖަނާޒާ ކުރިއަށް ގެންދަނީ -- ފޮޓޯ: ވެސްޓް އޭޝިއާ ނިއުސް އެޖެންސީ

ރައިސީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ލޯކަލް ގަވަމެންޓު މިނިސްޓަަރު އާދަމް ޝަރީފް ވަނީ ރޭ އިރާނަށް ފުރާވަޑައިގެންފަ އެވެ.

ރައިސީ އަވަހާރަވުމާ ގުޅިގެން ހިތާމަފާޅު ކުރުމުގެ ގޮތުން އިއްޔެއިން ފެށިގެން ތިން ދުވަހަށް ދިވެހި ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ.

އިރާންގެ އަށް ވަނަ ރައީސް, ރައިސީ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އޯގަސްޓް، 2021، ގަ އެވެ. އެމަނިކުފާނު ވަނީ އިރާނުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު 2014 އިން 2016 ގެ ނިޔަލަށް ފުރުއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައިސީސީން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލަން މަސައްކަތްކުރާ ކަމަށް ބުނެ، އެ ކޯޓު "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. މުޅި މުއައްސަސާއަށް އަމާޒުކޮށް އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހިންގުމަށް ހުރަސްއެޅޭނެތީ، މިއީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި އދ. އާއި އައިސީސީން ވަނީ ސިފަކޮށްފައެވެ.

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފިއެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ހުއްޓުވުމަށް މުޅި ސަރަހައްދު ބަންދުކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

Newsletter

Get the latest news delivered straight to your inbox