ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ހުނަރު ދަސްކޮށްދޭން ޕްރޮގްރާމްތަކެއް ހިންގަނީ

ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ހިންގި ކޭކު ކޯހެއްގެ ތެރެއިން -- ފޮޓޯ: ސޯޝަލް މިނިސްޓްރީ

ގުރައިދޫ މަރުކަޒުގައި ތިބި މީހުންނަށް ހިންގި ކޭކު ކޯހެއްގެ ތެރެއިން -- ފޮޓޯ: ސޯޝަލް މިނިސްޓްރީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ މީހުންނަށް ހުނަރު ދަސްކޮށްދިނުމަށް ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނި ގޮތުގައި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކެއް މަރުކަޒުގައި ފެށީ, މަރުކަޒުގައި ތިބި މީހުން މުޖުތަމައަށް ހަވާލު ކުރުމަށް ބަލާއިރު, އެ މީހުން ހެލިފެލިވެ އުޅުމުގަ އާއި ވަކި ތާވަލަށް ދުވަހުގެ ކަންކަން ބަހާލައިގެން ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށެވެ.

އާ ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން, ޕޮލިޓެކްނިކާ ގުޅިގެން މިދިޔަ ހަފުތާގައި ކޭކު ކޯހެއް ކުރިއަށް ގެންދިޔަކަން މިނިސްޓްރީން ފާހަގަކުރެ އެވެ. މިނިސްޓްރީން ބުނީ, މިހާތަނަށް 10 މީހަކު ކޭކު އެޅުމުގެ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގުސަދަކީ މި ވުޒާރާގެ ބެލެނިވަރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބިގެންވާ ފަރާތަކަށް ހެދުން," މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުންޏެވެ.

މަރުކަޒުގައި ތިބި މީހުން މުޖުތަމައަށް ހަވާލުކުރަން ތައްޔާރު ކުރުމުގެ ގޮތުން އެ މީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް, އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމުތަކާއި, އިޖުތިމާއީ އެއްވުންތައް ވެސް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ވެސް އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ގިނަ ޕްރޮގްރަމްތަކެއް ގުރައިދޫ މަރުކަޒުގައި ކުރިއަށް ގެންދަން ރާވާފައިވާކަން ފާހަގަކޮށް ސޯޝަލް މިނިސްޓްރީން ބުނީ, ގަސް އިންދުމާއި, ފެހުމާއި, ކުރެހުމާއި އަތު މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ވެސް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ގުރައިދޫ މަރުކަޒުގައި މިހާރު 220 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި, 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 މީހުން އަދި ނަފްސާނީ ގޮތުން ބަލި 183 މީހުންނެވެ. މީގެ ތެރޭގައި 65 އަހަރުން މަތީގެ 31 މީހުން ހިމެނެ އެވެ.

ސޯޝަލް މިނިސްޓްރީން ބުނި ގޮތުގައި މިހާރު އެ މަރުކަޒުގައި ބޭނުން ކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމައަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއްދެ އެވެ. އެގޮތުން މިދިޔަ ހަ މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއްވަނީ އާއިލާތާކާއި އަނބުރާ ހަވާލުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox