ބަޔާންގެ ޝޯޓްލިސްޓުގައި ކޮމްޕެނީގެ ނަން އެބައޮތް

May 21, 2024, 6:36 AM
ބަޔާންގެ ޝޯޓްލިސްޓުގައި ކޮމްޕެނީގެ ނަން އެބައޮތް

މިއުނިކް (މެއި 21) - އާ ކޯޗަކު ހޯދަން ބަޔާން މިއުނިކުން ކުރާ މަސައްކަތުގައި، އެ ޓީމުން ގެންގުޅޭ ކޯޗުންގެ ޝޯޓްލިސްޓުގައި ބާންލީގެ ކޯޗު ވިންސެންޓް ކޮމްޕެނީ ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަޔާންގެ ކޯޗަކަށް މި ވަގުތު ހުރި، ތޯމަސް ޓުޗެލް އެ ޓީމު ދޫކޮށްލާނެކަން މީގެ ދެ މަހެއްހާ ކުރިން އިއުލާނުކޮށްފައިވާއިރު، އޭނާ މަޑުކުރުވަން އެ ޓީމުން ފަހުން އެކި ފަހަރު ވާހަކަ ދެއްކިޔަސް އެ ނިންމުމަށް ބަދަލެއް ނާދެ އެވެ.

އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި ބަޔާނުން ވާހަކަ ދެއްކި ކޯޗުންނަށް ބަލާއިރު، ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ވަނީ އެ ޓީމުގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އޮސްޓްރިއާ ގައުމީ ޓީމުގައި ހުރި، ރަލްފް ރަންގްނިކް ވެސް ބަޔާނާ މަޝްވަރާކުރި އެވެ. އެކަމަކު، ރަންގްނިކް ނިންމީ އޮސްޓްރިއާގައި މަޑުކުރާށެވެ. ސްޕޯޓިން ލިޒްބަންގެ ކޯޗު ރުބެން އަމޮރިމް އާއި ބަޔާ ލެވަކޫސަންގެ ކޯޗު، ޒަބީ އަލޮންސޯއާ ވެސް ބަޔާުނުން ވާހަކަ ދެއްކި އެވެ. އެކަމަކު، އޭގެއިން ކޯޗެއް ވެސް ބަޔާނާ ހަވާލުވާން މި ވަގުތު ބޭނުމެއް ނުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޔާނުން ވަނީ ދާދި ފަހުން ޕްރިމިއާ ލީގުން ރެލިގޭޓްވި ބާންލީގެ ކޯޗު، ކޮމްޕެނީއާ ވާހަކަ ދައްކަން ނިންމައިފަ އެެވެ. ކޮމްޕެނީ، 28، މި ވަގުތު، 2028 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ބާންލީގެ ކޮންޓްރެކްޓްގައި ހުރިއިރު، އޭނާ ވަނީ މަގާމުގައި ހުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ދާދި ފަހުން ބުނެފަ އެވެ.

ބާންލީއާ ހަވާލުވުމަށް ފަހު، ކޮމްޕެނީ އެ ޓީމު، ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނީ، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. އެކަމަކު، ބާންލީ ވަނީ، ލީގުގެ 19 ވަަނައިގައި ނިންމާލަން ޖެހި ރެލިގޭޓްވެފަ އެވެ.

ބާރަ އަހަރު ތެރޭ ފުރަތަމަ ފަަހަރަށް ބަޔާނަށް ޖަރުމަނު ލީގުގެ ތަށި ގެއްލުނު މި ސީޒަނުގައި އެ ޓީމުން ނިންމާލަން ޖެހުނީ، ލީގުގެ ތިން ވަނައިގައި އޮވެ އެވެ. އާ ކޯޗެއްގެ އިރުޝާދުގެ ދަށުން ބަޔާންގެ ގިނަ ކަންތައްތަކެއް ބަދަލުކުރަން އެ ކްލަބްގެ ބޯޑުން ވަނީ ނިންމައިފަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox