އާސެނަލް މޮޅުވިޔަސް، ސިޓީން ޖެހިޖެހިގެން ހަތަރު ވަނަ ލީގު ތަށި އުފުލާލައި ރެކޯޑް ހަދައިފި

May 19, 2024, 6:58 PM
އާސެނަލް މޮޅުވިޔަސް، ސިޓީން ޖެހިޖެހިގެން ހަތަރު ވަނަ ލީގު ތަށި އުފުލާލައި ރެކޯޑް ހަދައިފި

ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީން 3-1 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގު ތަށި އުފުލާލައި އިނގިރޭސި ފުޓްބޯޅައިގެ ރެކޯޑެއް ހަދައިފި އެވެ.

ދެ ވަނައިގައި އޮތް އާސެނަލުން ވަނީ ފަހަތުން އަރައި، 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. އާސެނަލަށް 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބެން އޮތް ގޮތަކީ، މިރޭ ސިޓީ އަށް މޮޅެއް ނުލިބި، އާސެނަލް ތިން ޕޮއިންޓް ހޯދުމެވެ. އެކަމަކު، ލީގުގެ ފަހު މެޗުން ވެސް މޮޅުވެ، ސިޓީ ނިންމާލީ، 91 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް، އާސެނަލަށް 89 ޕޮއިންޓް ލިބުނެވެ.

ތިން ވަނައިގައި ނިންމާލި ލިވަޕޫލަށް 82 ޕޮއިންޓް ލިބުނުއިރު، ފަހު މެޗުގައި، އެ ޓީމުން ވަނީ 2-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. ހަތަރު ވަނައިގައި ނިންމާލި އެސްޓަން ވިލާ އަށް 68 ޕޮއިންޓް ލިބުނުއިރު، މިރޭ އެ ޓީމު ވަނީ ކްރިސްޓަލް ޕެލަސް އަތުން، 5-0 އިން ބަލިވެފަ އެވެ.

ސިޓީން މިރޭގެ މެޗުގައި ދެ ގޯލުގެ ލީޑެއް ނެގި އެވެ. މި ދެ ލަނޑު ވެސް ޖެހީ މި ފަހަރު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފިލް ފޯޑެން އެވެ. ފުރަތަމަ ގޯލު އޭރިއާބޭރުން ޖެހިއިރު، ދެ ވަނަ ލަަނޑު ޖެހީ، ޖެރެމީ ޑޮކޫ ދިން ބޯޅައަކުން އޭރިއާތެރޭގައި ހުރެފަ އެވެ.

ސިޓީގެ ފޯޑެން ތަށްޓަށް ބޮސްދެނީ.--- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން، މުހައްމަދު ކުޑޫސް ވަނީ އޯވަހެޑް ކިކަކުން ގޯލެއް ޖަހައި، ވެސްޓް ހޭމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ދެ ވަނަ ހާފުގައި ރޮޑްރީ ވަނީ ލަނޑެއް ޖަހައި، ސިޓީ އަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ.

އިދްރީސާ ގޭއި ޖެހި ހިލޭ ޖެހުން، އާސެނަލްގެ ޑެކްލަން ރައިސް ބޮލުގައި ޖެހިފައި ބައިކޮޅަށް ވަނުމުން، އެވަޓަން އަށް ލީޑު ލިބުނެވެ. އެކަމަކު، އާސެނަލުން ވަނީ ލަސްތަކެއް ނުވެ، ޓަކެހީރޯ ޓޮމިޔާސޫ ޖެހި ލަނޑުން އެއްވަރުކޮށްފަ އެވެ. އަނިޔާގެ ސަބަބުން ބުކާޔޯ ސަކާ ނުލައި، ކުޅުނު އާސެނަލް މޮޅުވި ލަނޑު މެޗުގެ ފަހު މިނިޓްގައި ޖެހީ، ކައި ހަވާޓްޒް އެވެ.

ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުޅުނު ފަހު މެޗުގައި އެ ޓީމު މޮޅުކޮށްދިން ލަނޑުތައް ޖެހީ، އަލެކްސިސް މެކް އަލިސްޓާ އާއި ޖަރެޑް ކުއަންސާ އެވެ. މި މެޗުގައި، ވުލްވްސްގެ ނެލްސަން ސެމޭޑޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެކަމަކު، ވުލްވްސް އިން ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ވެސް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މިރޭ، ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން، 2-1 އިން ބޯންމައުތު ބަލިކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ރަށުންބޭރުގައި ބްރައިޓަން އަތުން 2-0 އިން މޮޅުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ޝެފީލްޑް ޔުނައިޓެޑް ދަނޑުގައި ކުރިހޯދީ 3-0 އިންނެވެ. އަދި ނިއުކާސަލް ޔުނައިޓެޑް ވަނީ 4-2 އިން ބްރެންޓްފޯޑް އަތުން މޮޅުވެފަ އެވެ.

ލީގުގެ ފަސް ވަނަ ހޯދީ 66 ޕޮއިންޓާ އެކު ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ހަ ވަނަ އަށް އެރި ޗެލްސީ އަށް 63 ޕޮއިންޓް ލިބުނެވެ. ހަތް ވަނަ ހޯދި ނިއުކާސަލް ޔުނައިޓެޑާއި އަށް ވަަނައިގައި ނިންމި މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox