ބެސިކްޓާސް އިން މޮރީނިއޯއާ މަޝްވަރާކުރަނީ

May 19, 2024, 9:50 AM
ބެސިކްޓާސް އިން މޮރީނިއޯއާ މަޝްވަރާކުރަނީ

އިސްތަންބޫލް، ތުރުކީ (މެއި 19) - ތުރުކީގެ ކްލަބް ބެސިކްޓާސް އިން ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ، އެ ޓީމުގެ ކޯޗަކަށް ހަމަޖައްސަން މަޝްވަރާތައް ފަށައިފި އެވެ.

މިދިޔަ ޖެނުއަރީ މަސް ތެރޭ އިޓަލީގެ ރޯމާގެ ކޯޗުކަމުން ވަކިކުރި މޮރީނިއޯ އަދި ޓީމަކާ ހަވާލުވެފައިނުވެ އެވެ.

މޮރީނިއޯ ދެ ފަހަރެއްގެ މަތިން ކުރިން ކޯޗުކޮށްދިން ޗެލްސީގެ ސަޕޯޓަރުން އޭނާ އަލުން އެ ޓީމަށް ގެންނަން ޝުއޫރުފާޅުކުރާއިރު، މޮރީނިއޯ ކުރިން ފެނުނު މެންޗެސްޓާ ޔުނައިޓެޑުން ވެސް އޭނާ އަށް އަލުން އޮފާކޮށްފާނެ ކަމުގެ އަޑުވަނީ ގަދަވެފަ އެވެ.

އެކަމަކު، މިދިޔަ ހަފްތާގައި ތުރުކީގެ ބެސިކްޓާސް އިން މޮރީނިއޯ އަށް ވަޒީފާ ހުށަހަޅާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.

ބެސިކްޓާސްގެ ނައިބު ރައީސް، ހުސެއިން ޔުޝެލް ވިދާޅުވީ، މިދިޔަ މަސް ތެރޭގައި މޮރީނިއޯ އަށް އެ ކްލަބްގެ ކޯޗަކަށް ވުމުގެ ޕްރޮޕޯސަލް ހުށަހެޅުމާ އެކު، މޮރީނިއޯ އެ އޮފާ އަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

"ދެން މީގެ ފައިސާގެ ކަންކަމާ އެހެނިހެން ކަންކަން ޖެހޭ ވަރަށް ތަފްސީލީ ގޮތަކަށް މަޝްވަރާކުރަން، އެކަމަށްޓަކައި، އަހަރެމެން ވަރަށް އަވަހަށް މޮރީނިއޯއާ ބައްދަލުކުރަން، އިޓަލީ އަށް ދާނަން،" ޔުޝެލް ވިދާޅުވި އެވެ.

ބެސިކްޓާސްގެ ވިސްނުމަކީ، މޮރީނިއޯ އެ ޓީމުގެ ކޯޗަކަށް އަންނަން އެއްބަސްވެއްޖެނަމަ، އޭނާގެ ކޯޗިން ސްޓާފުންގެ ތެރޭގައި، ބެސިކްޓާސް އަށް ކުރިން ކުޅުނު، އަދި މޮރީނިއޯގެ އިރުޝާދުގެ ދަށުން ވެސް ކުޅެފައިވާ، ރިކާޑޯ ކުއަރެސްމާ ހިމެނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލްގައި 10 އަހަރު ހަމަވާ ގޮތަށް އާޓެޓާ ކޮންޓްރެކްޓް އާކޮށްފި

އާސެނަލްގެ ކޯޗުކަމުގައި 10 އަހަރު ހަމަވާ ގޮތަށް، މިކޭލް އާޓެޓާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި. މި އާ ކޮންޓްރެކްޓާއެކު އޭނާގެ މުސާރަ އަހަރަކު 15 މިލިއަން ޑޮލަރަށް ބޮޑުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން އާސެނަލުން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުން.

އޭޝިއަން ގޭމްސްގައި ރިހާން ގައުމީ ރެކޯޑެއް އާ ކޮށްފި

ޖަޕާނުގައި ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި، ރާއްޖޭގެ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ގައުމީ ރެކޯޑް މުހައްމަދު ރިހާން ޝިހާމް އާކޮށްފި. ރިހާން މި ރެކޯޑް އާކުރީ 05:06.92 އިން ރޭސް ނިންމައިގެން ކަމަށްވާއިރު، މިއީ އޭނާ ކުރިން ހަދާފައިވާ ރެކޯޑަށްވުރެ ކުރިއެރުމެއް.

ސުޒެއިރުގެ މައްސަލަ ބަލަމުން ދަނިކޮށް ނިއު އިން ފުލުހަށް

ނިއު ރޭޑިއަންޓާއި މާޒިޔާ ބައްދަލުކުރި މެޗުގައި ހިނގި ހަމަނުޖެހުމުގައި، ނިއުގެ އެސިސްޓަންޓް ކޯޗަށް ހަމަލާދިން ކަމަށް ބުނާ މާޒިޔާގެ އެސިސްޓަންޓް ކޯޗު ސުޒޭރުގެ މައްސަލަ އެފްއޭއެމް އިން ބަލަން ފަށައިފި. އެފްއޭއެމް އިން މި މައްސަލަ ބަލަމުންދަނިކޮށް، ނިއު ރޭޑިއަންޓުން ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި

ނެދަލެންޑްސް އަށް ކުޅުން ކުރިއަށްގެންދަން ވެން ޑައިކް ނިންމައިފި

ނެދަލެންޑްސްގެ ގައުމީ ޓީމުން ރިޓަޔާކުރަން އުޅުނު ޑިފެންޑަރު ވާޖިލް ވެން ޑައިކް، އެ ޓީމުގެ އާ ކޯޗު ޒަވީއާ މަޝްވަރާކުރުމަށްފަހު 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކުޅުން ކުރިއަށްގެންދަން ނިންމައިފި. ޒަވީގެ ޕްލޭންތަކާ މެދު ހިތްހަމަޖެހިގެން ވެން ޑައިކް މިގޮތަށް ނިންމިއިރު، އޭނާ ދެން އެންމެ އަވަހަށް ކުޅޭނީ ކުރިއަށް އޮތް ނޭޝަންސް ލީގުގެ މެޗުތަކުން

ޕްރެޝަރު ބޮޑުވަމުންދާތީ އިންފަންޓީނޯގެ ރާގު ބަދަލުވެއްޖެ

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާއިރު، އިތުބާރު ހޯއްދެވުމުގެ ގޮތުން ފީފާގެ އިދާރީ އޮނިގަނޑު އިސްލާހުކޮށް ބޭރުގެ ފަރާތްތަކުން ރިވިއުކުރުމަށް މަރުހަބާ ކިޔާނެކަމަށް އޭނާ ވަނީ ވިދާޅުވެފައި

ކެރިއަރުގެ ފަހުކޮޅުގައި ސާއިދު ފަސް ވަނަ އޭޝިއަން ގޭމްސް އަށް

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، އޭނާގެ ކެރިއަރުގެ ފަސްވަނަ އޭޝިއަން ގޭމްސްގައި ވާދަކުރަމުންދާއިރު، މިއީ އޭނާގެ ކެރިއަރުގެ ފަހުކޮޅު. 2010 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި އޭޝިއަން ގޭމްސްގައި ރާއްޖެ ތަމްސީލުކުރަމުންދާ ސާއިދު ބުނިގޮތުގައި، ގައުމީ ޒިންމާ އެންމެ މަތީ ފަންތީގައި އަދާކުރުމަކީ އޭނާއަށް ލިބޭ ބޮޑު ފަހުރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

Newsletter

Get the latest news delivered straight to your inbox