ރާއްޖޭގައި ސިންގަރ މަރުކާގެ އުފެއްދުންތައް ވިއްކަމުން އަންނަ ސިންގަރ ގެ ވެބްސައިޓު މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ސިންގަރ އިން ބުނީ ވެބްސައިޓު މެދުވެރިކޮށް އެ ފިހާރައިން ލިބެން ހުންނަ ހުރިހާ ޕްރޮޑަކްޓެއް ގަނެވޭނެ ކަމަށާއި އަދި ޕްރޮޑަކްޓްތަކާ ބެހޭ މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ.
ވެބްސައިޓު މެދުވެރިކޮށް އޯޑަރުކުރާ ތަކެތި ގެއާ ހިސާބަށް ނުވަތަ ރަށްރަށަށް ފޮނުވާނަމަ ބޯޓުތަކާ ހިސާބަށް ޑެލިވަރީ ކޮށްދޭނެ ކަމަށް ވެސް ސިންގަރ އިން ބުނެ އެވެ.
ސިންގަރ އިން އަންނަނީ ބޮޑު ޗުއްޓީއާ ދިމާކޮށް މެއި، 31 ގެ ނިޔަލަށް 50 ޕަސަންޓާ ހަމައަށް އެތަނުން ވިއްކާ ޕްރޮޑަކްޓުތަކުން ޑީސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ.
ސިންގަރ އިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.
މީގެ އިތުރުން ސިންގަރ އިން އަންނަނީ މެލޭޝިއާއިން އުފައްދާފައިވާ އެކި ފަރުނީޗަރު ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ކޮޓަރި އަދި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހިމެނެ އެވެ.
ސިންގަރ އިން ވިއްކާ ސޯފާއަކީ ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވޭ ސޯފާއެކެވެ. އަދި ދެތިން ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ސޯފާ ރައްދު ކޮށްދެ އެވެ.











