އިމާރާތްކުރުމުގެ މަސައްކަތް ކުރާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކޮށްފި

އިމާރާތްކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ: ރައްކާތެރި ފިޔަވަޅު އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިމާރާތްކުރުމުގެ މަސައްކަތް ބަޔަކު ކުރަނީ: ރައްކާތެރި ފިޔަވަޅު އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސައިޓުގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އެފަދަ ހާދިސާއެއް ނުހިނގާނެ ގޮތަށް އެންމެހައި ސަލާމަތީ ފިޔަވަޅު އަޅައި، ސަލާމަތީ މިންގަނޑުތައް ކަށަވަރު ކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށް އެ މިނިސްޓްރީން ބުނި އެވެ.

މިވަގުތު އިމާރާތް ކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓުތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއް ހުރިނަމަ، އެ ތަކެތި ރައްކާތެރި ގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅު އަޅަން ވެސް ވަނީ އަންގާފަ އެވެ.

ވިއްސާރަވެ ވައިގަދަވެ ހުކުރު ދުވަހު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައި ހުރި ފެންސްތައް ވަޔާ ވެއްޓުނެވެ. އެކަމާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، ވައި ބާރުވެ ބައެއް ގެއްލުންތައް ދަނީ ލިބެމުންނެވެ. އަދި އެމްއެންޑީއެފް، ފުލުހުންގެ އިތުރުން ޑިޒާސްޓާއިން ވަނީ މޫސުމަށް ސަމާލުވެ، ދުރާލާ ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox