ސިޓީބިޓީ: އެފަނޑިޔާރުގެ އޮތީ އައުރައާމެދު އޮތް މައްސަލައެއް ނޫނެވެ.

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް: އޭނާއަކީ ކުރިން ވެސް ޖޭއެސްސީން ނަސޭހަތްދީފައިވާ ފަނޑިޔާރެއް -- ފޮޓޯ: ޖޭއެސްސީ

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމް: އޭނާއަކީ ކުރިން ވެސް ޖޭއެސްސީން ނަސޭހަތްދީފައިވާ ފަނޑިޔާރެއް -- ފޮޓޯ: ޖޭއެސްސީ

އަންހެން ފަނޑިޔާރުންނާ ގުޅުވައި، ފިރިހެން ފަނޑިޔާރަކު ކޮށްފައިވާ ކޮމެންޓްތަކަކާ ގުޅޭ މައުލޫމާތުތަކެއް އަދަދު ނޫހަށް ލިބިގެން ޝާއިއުކޮށްފައިވާ ހަބަރާ ގުޅިގެން އަޅުގަނޑުގެ ހިތަށް ލައްކަ ފިކުރާ ހިޔާލު އަރާ ފައިބަމުން އެބަދެއެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލީކްވެފައިވާ ސްކްރީން ޝޮޓްތަކަކީ، ދިވެހި ގިނަ ފަނޑިޔާރުންތަކެއް ހިމެނޭހެން އޮތް ވައިބަ ގުރޫޕެއްގައި، ފިރިހެން ފަނޑިޔާރަކު މަގުމަތީ ބަހުރުވައިން އަންހެން ފަނޑިޔާރުންތަކަކަށް ބުލީކުރި މެސެޖްތަކެކެވެ.

މިދެންނެވުނު ފަނޑިޔާރު އެ ގުރޫޕްގައި ލިޔާ މެސެޖްތައް މީގެ ކުރިންވެސް ލީކްވެފައި އެބަހުއްޓެވެ. އަދި މީގެ ކުރިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް އަމާޒުކޮށް ލައްކަ ހުތުރު ބަހުރުވައިން ދެއްކި ވާހަކަތަކަކާ ގުޅިގެން އެ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްވެސް ޖޭއެސްސީ އިން ބަލާފައިވެއެވެ. ފަހުން ވީ ގޮތެއް ހަބަރަށް އެނގޭވަރުވެފައި ނުވެއެވެ. އުއްތަމަ ފަނޑިޔާރަކީ ގައިމު އައުރަ ނިވާކުރައްވައިގެން އުޅުއްވާ ފިރިހެން ބޭފުޅެކެވެ.

މީގެ ކުރިން ލީކްވެފައިވާ ހަމަ އެ ފަނޑިޔާރުގެ ބައެއް މެސެޖްތަކުގެ ތެރޭގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިނގަމުންދިޔަ ޝަރީއަތާ ގުޅުވައި، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަމާޒުކޮށް ރުޅިވެރި ބަސްމަގުން ފަނޑިޔާރުންނަށް ކޮމެންޓްކޮށް ތަފާތު ވާހަކަތައް ހަމަ އެ ގުރޫޕްގައި ލިޔެފައިވެއެވެ. ސިޔާސީ އެކްޓިވިސްޓެއްހެން ފަނޑިޔާރެއްގެ މެސެޖްތައް އެ ގުރޫޕްގައި ލިޔަމުންދިޔައިރު، ހައިކޯޓުގެ އެ ބެންޗުގައި ވެސް އިންނެވީ އެންމެ އަންހެން ކަނބަލެކެވެ. އަދި އެކަމަނާ އިންނަވަނީ ބުރުގާ ވެސް އަޅުއްވައިގެންނެވެ.

Advertisement

އަންހެން ފަނޑިޔާރުން ބުލީކުރަމުންދާއިރު، ކަމާބެހޭ މުއައްސަސާތަކުން އެކަމުގައި ހަމަ އެއްވެސް ބަހެއް ނުބުނެ އޮތުމަކީ އަޅުގަނޑު އިންތިހާއަށް ހައިރާންވާކަމެކެވެ. ލީކްވެފައިވާ މެސެޖްތަކުގައި މަތީ ކޯޓުތަކުގައި ތިއްބެވި އަންހެން ފަނޑިޔާރުންނަށް ބިރުދައްކައި މަގާމުން ވަކިކުރާނެކަމުގެ އިންޒާރުގެ ބަހުރުވަތައް ހިމެނިފައިވެއެވެ. ފަނޑިޔާރުގެ ބަހުރުވަ ހުރީ ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރާ ހުރިހާ އަންހެނުން ތިބެނީ އޮރިޔާމުންކަމަށް ދޭހަވާ މޭރުމަކުންނެވެ. އަދި އެ ފަނޑިޔާރުގެ ބަސްމަގަށް ބަލާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ވެސް ލައިވް ނުކުރެވޭނެއެވެ. އެހެނީ ދިވެހިރާއްޖެއަކީ ބަރަހަނާ ސައިޓްތައް މަނާކުރެވިފައިވާ ގައުމަކަށްވާތީއެވެ. މިއީ ކަނޑައެޅިގެން އަންހެން ފަނޑިޔާރުންގެ ވަޒީފާގެ ރައްކާތެރިކަމަށް އަރައިގަތުމުގެ އަމަލުތަކެކެވެ. އަދި ބުލީކުރުމުގެ ދަށުދަރަޖައިގެ ފިނޑި އަމަލުތަކެއްވެސްމެއެވެ. ދިވެހިރާއްޖޭގައި ފަނޑިޔާރުންނާބެހޭ ގާނޫނެއް އެބައޮތެވެ. އަދުލު އިންސާފު ގާއިމުކުރުމުގައްޔާއި، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރުވޭނޭ ބައެއް ނޫންކަމަށާއި، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެކަމަށް، އެގާނޫނުގެ 4 ވަނަ މާއްދާގައި އޮވެއެވެ. މިކަން މިހެން އޮންނައިރު، ރައީސް ޔާމީންގެ މައްސަލަ ބެލި ބެންޗަށް ސިޔާސީ ބޭފުޅަކު ނުފޯރުވާވަރަށް ހުރިހާ ފަނޑިޔާރުންނަށް ފެންނާނެހެން ނުފޫޒު ފޯރުވުމުގެ އަމަލުތަކެއް ވައިބާ ގުރޫޕެއްގައި ފަނޑިޔާރަކު ކުރަމުންދާއިރު ފިޔަވަޅެއް ނޭޅޭނަމަ، ގާނޫނުތަކާއި މުއައްސަސާތަކުގެ ބޭނުމަކީ ކޮބާތޯއެވެ؟

ހަމަ އެމާއްދާގެ އަކުރެއްގައި، ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކުރުން ދައުލަތުގެ މުއައްސަސާތަކާ މަތިކޮށްފައިވާއިރު، އެންމެ ފަނޑިޔާރެއްގެ ބަސްމަގު ހުރި ގޮތުން މުޅި ކޯޓުތަކުގެ ހައިބަތާ ގަދަރު ކުޑަވަމުންދާއިރު، އެއީ އެއްވެސް ފިޔަވަޅެއް ނޭޅޭ ބާވަތުގެ ކަމަކަށްވާނަމަ އެއީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ހަމަ ގައިމު އަޅުގަނޑު ކަންބޮޑުވާ ކަމެކެވެ.

ހަމަ މިދެންނެވުނު ގާނޫނުގެ 32 ވަނަ މާއްދާގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކެއް ބަޔާންކޮށްފައި އޮވެއެވެ. އެމާއްދާގެ 5 ވަނަ ނަންބަރުގައި ވަރަށް ރީތި އިބާރާތެއް އޮވެއެވެ. ވިދާޅުވާށެވެ! "ފަނޑިޔާރު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ހިޔާލަކުން، ނުވަތަ އެނޫންވެސް އެހެންގޮތަކުން، ފަނޑިޔާރުގެ މިނިވަންކަމާއި، މުސްތަގައްލުކަމާއި، އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން؛" އަދި 10 ވަނަ ނަންބަރުވެސް ވިދާޅުވާށެވެ. "ސިޔާސީ ހިޔާލުތައް ފާޅުކޮށް ސިޔާސީކަމެއްގައި ނުއުޅުން؛"

މިހާތަނަށް ހިނގި އެންމެ ބޮޑު ސިޔާސީ އެއް ލީޑަރުގެ ޖިނާއީ މައްސަލާގައި ވަކިގޮތަކަށް ބުރަވެހުރެ އެތައް ފަނޑިޔާރުން ތިބި ގުރޫޕެއްގައި ފަނޑިޔާރަކު ހިޔާލުފާޅުކޮށްފައިވާއިރު، އެކަން އެއީ ހަމަ އެއްވެސް ފިޔަވަޅެއް އެޅޭ ބާވަތަކުގެ ކަމަކަށް ނުވާނަމަ، ދެންނެވުނު އިބާރާތަކީ އެއީ ފޮޓޯފުރޭމަކަށް ލައި ފާރުގައި ހާރުކުރަންވެގެން މަޖިލީހުން ފާސްކުރި އިބާރާތަކީ ތޯއްޗެކެވެ.

އާދޭހެވެ! އެފަނޑިޔާރުގެ އޮތީ އަންހެން ބޭފުޅުންގެ އައުރައިގެ މައްސަލައެއް ނޫނެވެ. އެކަން ލީކްވެފައިވާ ކުރީގެ އެހެން މެސެޖްތަކުންނާއި އެފަނޑިޔާރާ ގުޅިގެން ފެންމަތިވެފައިވާ އެހެން މައްސަލަތަކުގެ މައުލޫމާތުން ސާފުކޮށް އެނގެއެވެ. ފަނޑިޔާރުންނަކީ އެބައިމީހުންގެ މަސައްކަތާއި މަސައްކަތުން ބޭރުގައިވެސް ވަކި އަހުލާގަކާއި ސުލޫކެއް ހިފަހައްޓަންޖެހޭނެ ބައެކެވެ.

ބާޒާރުމަތީ ބަހުރުވައިން އެހެން ފަނޑިޔާރުންނަށް ބަވައި، މައްލަވަކޮށް، މިކަންކަން ހިނގަމުންދާއިރު، ބަލަހައްޓައިގެން ތިބޭނަމަ، މާދަމާ ހަމަ އެފަނޑިޔާރު ކުރައްވާ ހުކުމެއްގައި، ދައުލަތުގެ މުއައްސަސާއަކަށް، އެއްޗެއް "ބައްލަވަން" ލިޔުއްވައި އަމުރެއް ނެރުއްވުމަކީ ވެސް ކުރައްވާފާނެ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox