ރާއްޖޭގައި ސިންގަރ މަރުކާގެ އުފެއްދުންތައް ވިއްކަމުން އަންނަ ސިންގަރ މޯލްޑިވްސްއިން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓު ލިބޭ ބޮޑު ޗުއްޓީ ސޭލް މިއަދު ފަށައިފި އެވެ.
ސިންގަރ އިން ބުނީ މި ސޭލް ކުރިއަށްދާނީ މެއި 31، ގެ ނިޔަލަށް ކަމަށާއި ސްޓޮކު ހުސްވުމުގެ ކުރިން ވީހާ ވެސް ގިނަ ބަޔަކު ގޮސް ވިޔަފާރި ކުރުމަށް އެދޭ ކަމަށެވެ.
ސިންގަރ އިން އަންނަނީ ސެމްސަންގް، ސޮނީ، ފިލިޕްސް، ޕެނެސޮނިކް، އެލްޖީ، ހިޓާޗީ، ޕްރެސްޓިޖް ބީކޯ، ކެންވުޑް އަދި އިތުރު ބްރޭންޑުތަކުގެ އިލެކްޓްރޯނިކްސް ވިއްކަމުންނެވެ.

ސިންގަރ ބޮޑު ޗުއްޓީގެ ޕްރޮމޯޝަނަލް ފޮޓޯ --
މީގެ އިތުރުން ސިންގަރ އިން އަންނަނީ މެލޭޝިއާއިން އުފައްދާފައިވާ އެކި ފަރުނީޗަރު ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ކޮޓަރި އަދި ބަދިގެއަށް ބޭނުންވާ ފަރުނީޗަރު ވެސް ހިމެނެ އެވެ.
ސިންގަރ އިން ވިއްކާ ސޯފާއަކީ ކުދިކުދި ޖާގަތަކަށް ބޭނުން ގޮތަކަށް އަދި ބޭނުން ސައިޒަކަށް ތައްޔާރު ކޮށްލެވޭ ސޯފާއެކެވެ. އަދި ދެތިން ހަފުތާ ތެރޭގައި ކަސްޓަމަރުންނަށް ސޯފާ ރައްދު ކޮށްދެ އެވެ.
ސިންގަރ އިން ވަނީ ރޯދަ މަހަށް ހާއްސަކޮށްގެން ރޯދަ ސޭލްއެއް ވެސް ކުރިއަށް ގެންގޮސް، ނަސީބުވެރިން ހޮވައި އިނާމުތައް ހަވާލުކޮށްފަ އެވެ. އަދި ދޭތެރެ ދޭތެރެއިން އެ ފިހާރައިން އަންނަނީ ޑިސްކައުންޓު ދޭ ޕްރޮމޯޝަންތައް ވެސް ކުރިއަށް ގެންދަމުންނެވެ.










