މިފްކޯއިން ކުރިއަށްގެންދިޔަ "ފަސްމީރު މާމީރު ރޯދަ ޕްރޮމޯޝަން 2024" ގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.
ފެބްރުއަރީ، 4 އިން އެޕްރިލް، 16 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވާފައި ވަނީ ޑްރޯއެއް ނަގައިގެންނެވެ.
މިގޮތުން އެއްވަނައަށް ދިޔަ ފަރާތަށް އެއްލައްކަ ރުފިޔާ، ދެވަނައަށް 50،000ރ. އަދި ތިންވަނައަށް 25،000ރ. ގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮށްފަ އެވެ.
މިފްކޯ ޕްރޮމޯޝަންގެ ނަސީބުވެރިން
- ޔޫސުފް (ކޫޕަން ނަމްބަރު: 009601) - 100،000ރ.
- ސްރީ ޕްރިޔަމް ކުމާރު (ކޫޕަން ނަމްބަރު: 042519) - 50،000ރ.
- އައިޝަތު އަފާން (ކޫޕަން ނަމްބަރު: 025440) - 25،000ރ.
މިފްކޯގެ ޕްރޮމޯޝަންގައި 200ރ. އަށްވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ދިނެވެ. އަދި ބޮޑު ތަރުހީބެއް މި ޕްރޮމޯޝަނަށް ލިބުނު ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ޕްރޮމޯޝަން މާލެ އަދި ހުޅުމާލޭގެ އައުޓްލެޓުތަކުގެ އިތުރުން، މިފްކޯގެ މަސް ފެކްޓްރީ ހުންނަ ކޫއްޑޫ، ފެލިވަރު އަދި އައްޑޫގައި ހުންނަ ފިހާރަތަކުގައި ކުރިއަށް ގެންދިޔަ އެވެ. މި ޕްރޮމޯޝަންގައި 50،000 އަށްވުރެ ގިނަ ކޫޕަން އެ އައުޓްލެޓްތަކަށް ލިބުނެވެ.











