ބަދަލުވާނެ ޓީމު ހާމަކުރާނީ ވަގުތު ޖެހުމުން: އެމްބާޕޭ

ބަދަލުވާނެ ޓީމު ހާމަކުރާނީ ވަގުތު ޖެހުމުން: އެމްބާޕޭ

ޕެރިސް (މެއި 14) - ޕީއެސްޖީ ދޫކޮށް މި ސީޒަން ނިމުމުން އެހެން ކުލަބަކަށް ބަދަލުވާނެ ކަން ހާމަކޮށްފައިވީ ނަމަވެސް، އޭނާ ދެން ބަދަލުވާނެ ޓީމު ހާމަކުރާނީ އެ ވަގުތު ޖެހުމުން ކަމަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ބުނެފި އެވެ.

ޕީއެސްޖީގައި ހަތް އަހަރު ހޭދަކުރުމަށްފަހު, މި ސީޒަން ނިމުމުން ޕީއެސްޖީ ދޫކޮށްލާނެކަން އެމްބާޕޭ ހާމަކުރީ މިދިޔަ ހަފުތާގެ ތެރޭގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ ޕީއެސްޖީ ދޫކޮށް ބަދަލުވާނީ ރެއާލް މެޑްރިޑަށެވެ.

މިކަމާ ގުޅިގެން އެމްބާޕޭ ބުނީ, އޭނާ ޕީއެސްޖީ ދޫކޮށްލާނެ ކަން ހާމަކުރީ އެ ވަގުތު ޖެހުމުން ކަމަށާއި, ހަމަ އެގޮތައް އޭނާ ބަދަލުވާނެ ޓީމު ވެސް ހާމަކުރާނީ އެކަމަށް ވަގުތު ޖެހުމުން ކަމަށެވެ.

"އަހަރެންގެ ކުރިމަގާ ބެހޭ ގޮތުން އަހަރެން ވާހަކަ ދައްކަނީ އެ ވަގުތު ޖެހުމުން. އަހަރެން ޕީއެސްޖީ ދޫކޮށްލާނެކަން ވެސް ހާމަކުރީ އެ އުސޫލުން. އަހަރެން ބަދަލުވާނެ ކުލަބްވެސް ހާމަކުރާނީ އެކަމަށް ވަގުތު ޖެހުމުން" އެމްބާޕޭ ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބްތަކުން އެމްބާޕޭ ހޯދަން މަސައްކަތް ކުރަމުން އަންނައިރު, އޭނާގެ އަގުބޮޑު މުސާރަ ދެވޭނެކަމަށް ބެލެވެނީ ރެއާލަށެވެ. އެކަމަކު, އެ ކުލަބުން އެމްބާޕޭ ދެން ގެންދާ ކަމަށްވަނީނަމަ, މީގެ ކުރިން އެ ކުލަބުން އެމްބާޕޭ އަށް ހުށަހެޅި މުސާރައަށްވުރެ މި ފަހަރު ހުށަހަޅާ މުސާރަ ކުޑަވާނެ ކަމަށް ބެލެވެ އެވެ.

އެމްބާޕޭ ހޯދަން ތިން ފަހަރެއްގެ މަތިން ރެއާލުން ވަނީ ބިޑްކޮށްފަ އެވެ. އެކަމަކު އެ ތިން ފަހަރު ވެސް އެމްބާޕޭ ވަނީ ރެއާލުގެ ހުށަހެޅުމަށް ދެކޮޅު ހަދާފަ އެވެ.

އެމްބާޕޭ ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި އޭނާ ވަނީ 256 ގޯލު ޖަހާ 96 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ. އަދި ޕީއެސްޖީ އާއެކު ހަތް ފަހަރު ފްރެންޗް ލީގު ވަނީ ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox