އިރާންގެ ފިލްމު ޑައިރަކްޓަރެއް ކަމަށްވާ މުހައްމަދު ރަސޯލޮފް، 51 ޖަލަށް ލާން ހުކުމް ކުރުމުން ފިލައިގެން ޔޫރަޕަށް ގޮސްފި އެވެ.
ރަސޯލޮފްގެ މައްޗަށް އިރާނުގެ ކޯޓުން އަށް އަހަރުގެ ޖަލު ހުކުމެއް އިއްވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް ކޮށްގެންނެވެ. އޭނާއަށް ސަރުކާރާ ދެކޮޅަށް ޕްރޮޕަގެންޑާ ފެތުރުމަށް ފިލްމު ހަދާ ކަމަށް ތުހުމަތު ކުރެ އެވެ.
ރަސޯލޮފް އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ އިރާނުން އޭނާއާ މެދު އަމަލުކުރަނީ ގޯސްކޮށް ކަމަށާއި، ދެ ފަހަރެއްގެ މަތިން ޕާސްޕޯޓު ހިފަހައްޓައި އެކި ގޮތްގޮތުން ގައުމުން ފުރައިގެންދާން ހުރަސްއަޅާފައިވާ ކަމަށެވެ.
ނަމަވެސް އިރާނުގެ ބޯޑާ ހުރަސްކޮށް މިހާރު ޔޫރަޕުގައި ހުރި ކަމަށާއި، ގައުމުން ބޭރުވާން އެހީވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.
ރަސޯލޮފް ފިލައިގެން ގޮސްފައިވާ ގައުމު އޭނާ މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ހާމަކުރި ފޮޓޯއިން ފެންނަ ގޮތުގައި އޭނާ ހުރީ ސްނޯ ފައިބާ ތަނެއްގަ އެެވެ.
ރަސޯލޮފް ނެރުނު ފިލްމަކާ ގުޅިގެން 2019 ގައި އޭނާ އެއް އަހަރު ދުވަހަށް ޖަލަށް ލި އެވެ. އަދި އެފަހަރު ކޭންސް ފެސްޓިވަލުގައި އެ ފިލްމަށް ވަނީ އެވޯޑު ވެސް ލިބިފަ އެވެ.










