ބަރުލަމާނީ ހަޔާތުގައި އެންމެ ގިނަ މަސައްކަތް ކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މަޖިލީހުގެ ރައީސް އަސްލަމް ވާހަކަ ދައްކަވަނީ. -- ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ ދިގު ތާރީހުގައި އެންމެ އުފެއްދުންތެރި މަޖިލީހަކީ ނިމިގެން މިދާ ރައްޔިތުންގެ މަޖިލީސް ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑު ހަމަ އެހާމެ އުފަލާއި ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވޭ 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހެއް އުފެދި މި ވޭތުވެދިޔަ 92 އަހަރުގެ މުއްދަތުގެ ތެރޭގައި މި 19 ވަނަ ރައްޔިތުންގެ މަޖިލީސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމުގައި،" މިއަދު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމާލުމުގެ ގޮތުން އަސްލަމް ވިދާޅުވި އެވެ.

ޖުމުލަ 87 މެމްބަރުންގެ މައްޗަށް އެކުލެވި، އެ މަޖިލީހުގެ މެޖޯރިޓީ ފެށުނީއްސުރެ އެމްޑީޕީއަށް އޮތް 19 ވަނަ މަޖިލީހުގައި ޖުމުލަ 513 ޖަލްސާ ބާއްވާފައި ވާއިރު، އެއީ 1461 ގަޑިއިރު ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ހަތަރު ދައުރު ވަނަ ދައުރެއް ފުރިހަމަ ކުރައްވާ އަސްލަމް ވިދާޅުވި އެވެ. ކޮމިޓީތަކުގެ ޖުމުލަ 3784 ބައްދަލުވުން ބޭއްވުނު ކަމަށާއި އެއީ ޖުމުލަ 4434 ގަޑިއިރު ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

"މި ދެންނެވި ވަގުތުގެތެރޭގައި 178 ބިލާއި 73 ގަރާރާއި، ސަރުކާރުން ހުށަހެޅި 152 މައްސަލަ އާއި ރިޔާސަތުން ހުށަހެޅި 104 މައްސަލަ އާއި 108 ކުއްލި މައްސަލަ އާއި މެމްބަރުން ހުށަހެޅި 48 މައްސަލަ އާއި އެކި މައްސަލަތަކާ ގުޅޭ 153 ރިޕޯޓު، އަދި ވަޒީރުންނާ ކުރެވި 384 ސުވާލުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި،" އަސްލަމް ވިދާޅުވި އެވެ.

ފާސްކުރި މުހިއްމު ބިލްތައް

އުވިގެން މިދާ މަޖިލީހަށް ޖުމުލަ 210 ބިލެއް ހުށަހަޅައި، ފާސްކުރި 178 ބިލްގެ ތެރޭގައި އެކި ދާއިރާތަކަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ބިލްތައް ހިމެނެ އެވެ. އޭގެ ތެރެއިން އަސްލަމް 34 ބިލެއް ފާހަގަ ކުރެއްވި އެވެ. އެއީ؛

  1. ރިޔާސީ ކޮމިޝަންތަކުގެ ބިލް
  2. ގާނޫނީ ފަންނުގެ ބިލް
  3. ސަގާފީ ތަރިކައިގެ ބިލް
  4. މަސްވެރިކަމުގެ ބިލް
  5. ވިސަލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް
  6. ކުޑަކުދިންގެ އަދުލުގެ ބިލް
  7. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލް
  8. ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑާގުޅޭ ބިލް
  9. އާމްދަނީ ޓެކްސް ނެގުމުގެ ބިލް
  10. ފެނާއި ނަރުދަމާގެ ބިލް
  11. ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް
  12. މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ބިލް
  13. ޗާޓަޑް އެކައުންޓެންޑުންގެ ބިލް
  14. ތައުލީމީ ބިލް
  15. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް
  16. އިންތިގާލީ އިންސާފުގެ ބިލް
  17. ދިވެހި ފުލުހުންގެ ބިލް
  18. ތަފާސްހިސާބުތަކާބެހޭ ބިލް
  19. ހަކަތައިގެ ބިލް
  20. ފޮރިން ސާވިސްގެ ބިލް
  21. ދިރިއުޅުމަށްޓަކައި ގޯތި ކުއްޔަށް ދިނުމުގެ ބިލް
  22. މަދަނީ އިޖުރާއަތުގެ ބިލް
  23. އެއްމެދު އިމާރާތުގެ ބިލް
  24. އިލެކްޓްރޯނިކް މުއާމަލާތްތަކާބެހޭ ބިލް
  25. ޖަމިއްޔާތަކާބެހޭ ބިލް
  26. ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރި ކުރުމުގެ ބިލް
  27. ފަންނީ އުފެއްދުން ގިންތިކުރުމާއި ދަރަޖަކުރުމުގެ ބިލް
  28. ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލް
  29. އުފަންވުމާއި މަރުވުމުން ރަޖިސްޓްރީކުރުމާއި އުފަން ދުވަހުގެ ސެޓްފިކެޓު އަދި އައިޑީ ކާޑު ހެދުމާބެހޭ ބިލް
  30. ކުނި މެނޭޖުކުރުމުގެ ބިލް
  31. ކުންފުނީގެ ބިލް
  32. އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލް
  33. މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލް
  34. ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލް

މި ބިލްތަކުގެ އިތުރުން ގާނޫނުތަކަށް ގެނައި އިސްލާހުގެ ގޮތުގައި ފާސްކުރި ބިލްތަކުގެ ތެރެއިން އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ހާއްސަ ގޮތެއްގައި އަސްލަމް ފާހަގަ ކުރެއްވި އެވެ. އެ އިސްލާހާއެކު އިންތިހާބުތަކުގައި ލޯފަން މީހުންނަށް އަމިއްލަ އަށް ވޯޓުލުމުގެ ހައްގު ލިބިގެން ދިޔަ އެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމަށް ނުވަތަ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވުމަށް މަގުފަހިކޮށް ދިނުމަށް ހުށަހެޅި ގަރާރާއި ކުއްލި މައްސަލަތަކަކީ މުހިއްމު މަސައްކަތެއްގެ ގޮތުގައި އަސްލަމް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރެއިން ވެސް ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކުރަން ހުށަހެޅި ގަރާރާއި ދުޅަހެޔޮ ސިއްހަތެއް ފޮރުކޮށް ދިނުމަށް ހުށަހެޅި މައްސަލަތައް، ބޯހިޔާވެހިކަން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ހުށަހެޅި މައްސަލަތައް، ކައުންސިލްތައް ބާރުވެރިކުރުމަށް ކުރެވުނު މަސައްކަތްތައް، ކުދި ވިޔަފާރިތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރާއި މައްސަލަތައް ފާހަގަ ކުރެއްވި އެވެ.

ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން -- ފޮޓޯ: އަދަދު
ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން -- ފޮޓޯ: އަދަދު

ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން -- ފޮޓޯ: އަދަދު

"އަދި ކޮވިޑު 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުން ތަކާއެކު ވެސް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންގޮސް އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ގައުމު ހަމައަކަށް އަޅުވަން މަސައްކަތެއް މަޖިލީހުން ވަނީ ކުރެވިފައި،" އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ރައްކާތެރިކަމާއި ހައްގުގައި ވަކާލާތުކޮށް އެކި މައްސަލަތައް ހުށަހެޅި ފާސްވެގެން ދިޔަ ކަމަށާއި ކަރަޕްޝަންގެ މައްސަލަތައް ބަލައި ގައުމުގެ ސަލާމަތާއި ސިޔާދަތާއި ގައުމު ބާރުވެރިކުރުވައި ކަމާގުޅޭ ފަރާތްތައް ޖަވާބުދާރީކުރުމުގެ މަސައްކަތާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އަސްލަމް ފާހަގަ ކުރެއްވި އެވެ. އަދި އެ މައްސަލައިގައި އިންސާފު އަވަސް ކުރުމަށް ވެސް ގޮވައިލެއްވި އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރެއްވި ގައުމުގެ ވެރިންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސްރީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހު އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox