ރާއްޖޭގައި ޓެކްސީ ހިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ހަލުވިކަމާއެކު ދެމުން އަންނަ "އަވަސް ރައިޑް" ރީބްރޭންޑުކޮށް، "އަވަސް އެޕް" އަށް ބަދަލުކޮށް ''ރައިޑް އެންޑް ވިން" ގެ ނަމުގައި ގިވް އަވޭގެ ނަމުގައި ބޮޑު ކެމްޕެއިނެއް ފަށައިފި އެވެ.
އަވަސް އެޕްއިން ބުނީ މި ކެމްޕޭނުގެ ދަށުން ގިވްއަވޭ ކުރިއަށްގެންދާނީ އެޕް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ހަފުތާއަކު އެއްފަހަރު ކަމަށާއި، ގިވްއަވޭގައި އެތައް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، އަވަސް އެޕް މެދުވެރިކޮށް ދަތުރެއް ފުރިހަމަ ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، އަވަސް އެޕުން ދަތުރު ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ހަފްތާއަކު އެއްފަހަރު ގިވް އަވޭސް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މިގޮތުން ގިނައިން އެޕް ބޭނުންކުރާ ފަރާތްތަކަށް ހަދިޔާ ހޯދުމުގެ ފުރުސަތު އިތުރުވެގެންދެ އެވެ.
އަވަސް އެޕުން މިހާރު އަވަސް ރައިޑުގެ ހިދުމަތުގެ އިތުރުން، އަވަސް ބައިޓްސްގެ ނަމުގައި ފުޑް ޑެލިވަރީ އަދި އަވަސް އެކްޕްރެސްގެ ނަމުގައި ޕެކޭޖް ޑެލިވަރީ ސާވިސް ތައާރަފު ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ކެމްޕެއިންގެ މައިގަޑު މަގްސަދަކީ އަވަސް އެޕް ބޭނުންކުރާ ކަސްޓަމަރުން އިތުރުކުރުމާއި، އެޕް މިހާރު ބޭނުންކުރާ ކަސްޓަމަރުންގެ އިތުރުން އަލަށް އެޕް ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިން ކަމަށް އަވަސް އެޕުން ބުނެ އެވެ.
ރާއްޖޭގައި ޓެކްސީގެ ހިދުމަތްދެމުންގެންދާ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އަވަސް ރައިޑް އިތުރު ހިދުމަތްތަކާއެކު އަވަސް އެޕަށް ބަދަލުކޮށް 2،000 އަށް ގިނަ ޑްރައިވަރުންނާއި، އެތައް ސަތޭކަ ހާސް ކަސްޓަމަރުންނާއިއެކު ވަނީ ރީބްރޭންޑްކޮށްފަ އެވެ.
މި ބަދަލާއެކު ކުރިން ދެމުންގެންދިޔަ ހިދުމަތުގެ އިތުރުން ތަފާތު އެހެން ހިދުމަތްތައް ދިނުމަށް ނިންމާފައިވަނީ އާއްމު ދިރުއުޅުމުގައި ފަސޭހަތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް އަވަސް އެޕުން ބުނެ އެވެ.










