އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑުން ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ

އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑު: ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ ކަމަށް އެމްއައިބީއިން ބުނޭ -- ފޮޓޯ: އެމްއައިބީ

އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑު: ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ ކަމަށް އެމްއައިބީއިން ބުނޭ -- ފޮޓޯ: އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ބިޒްނަސް އެކްސްޕެންސް ކާޑުން ޕެޓީ ކޭޝް މެނޭޖް ކޮށްލަން މިހާރު މާ ފަސޭހަވެއްޖެ އެވެ. 

އެމްއައިބީ ވިސާ ބިޒްނަސް އެކްސްޕެންސް ކާޑަކީ ވިޔަފާރިތަކުން ކުރަން ޖެހޭ ކުދި ކުދި ހަރަދު ކުރުމަށް މާ ރައްކާތެރި މާ ފަސޭހަ ގޮތެކެވެ. އެގޮތުން އެމްއައިބީގެ ބިޒްނަސް އެކްސްޕެންސް ކާޑުން ޕެޓީ ކޭޝް މެނޭޖް ކުރުމުގެ އިތުރަށް އޮންލައިންކޮށް ބިލްތައް ދައްކައި، ކުރެވުނު ހަރަދުތަކުގެ ތަފްސީލު ބަލަން ފަސޭހަވެ އެވެ.

މިހާރުވެސް މިކާޑަކީ ގިނަ ކުންފުނިތަކުން ޕެޓީ ކޭޝް މެނޭޖް ކުރުމަަށް ބޭނުންކުރާ ކާޑެކެވެ. 

މި ކާޑާއިއެކު ވިޔަފާރިތަކަށް މީގެ ކުރިން ނަގުދު ފައިސާ ގެންގުޅެން ޖެހުމުން އޮޅުން ބޮޅުންވި ޕެޓީ ކޭޝް މެނޭޖް ކޮށްލަން މިވަނީ ވަރަށް ފަސޭހަކަމަކަށް ވެފަ އެވެ. އެގޮތުން ވެރިފަރާތުން ބޭނުންވާ ސްޕެންޑިން ލިމިޓް ތަކެއް މިހިދުމަތުގައި ސެޓަޕް ކޮށްލެވޭނެ އެވެ.

އޭގެ ތެރޭގައި ކޮންމެ ދުވަހަކު ބޭނުންކޮށްލަން ވަކި ލިމިޓެއް ސެޓް ކޮށްލެވޭނެއެވެ. އަދި ކޮންމެ މަހަކުވެސް ބޭނުން ކުރަން ޖުމްލަ އަދަދެއްވެސް ސެޓު ކުރެވިދާނެއެވެ.

އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑު: ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ ކަމަށް އެމްއައިބީއިން ބުނޭ -- ފޮޓޯ: އެމްއައިބީ
އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑު: ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ ކަމަށް އެމްއައިބީއިން ބުނޭ -- ފޮޓޯ: އެމްއައިބީ

އެމްއައިބީ ބިޒްނަސް އެކްސްޕެންސް ކާޑު: ޕެޓީ ކޭޝް މެނޭޖް ކޮށްލަން ފަސޭހަ ކަމަށް އެމްއައިބީއިން ބުނޭ -- ފޮޓޯ: އެމްއައިބީ

ކަސްޓަމަރު ބޭނުންނަމަ ޑޮލަރު ނުވަތަ ރުފިޔާއިންވެސް މި ކާޑުނެގިދާނެ އެވެ. އެހެންކަމުން ރާއްޖޭން ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްވެސް މި ކާޑު ބޭނުން ކުރެވިދާނެ އެވެ.

މި ވަރަކުން ނިމުނީއެއް ނޫނެވެ، އެކި ބޭނުންތަކަށް އެކި ކާޑު ވެސް ނެގި ދާނެ އެވެ. އެއްކާޑަށްވުރެ ގިނަ ކާޑާއިއެކު އެކި ފަރާތްތަކަށް އެއްފަހަރާ އެކި ބޭނުންތަކަށްވެސް މި ކާޑު ބޭނުން ކުރެވޭނެ އެވެ.

މީގެ އިތުރުން މި ކާޑަކީ ޓޮޕްއަޕް ކޮއްލަން ފަސޭހަ ކާޑެއްވެސްމެ އެވެ. މި ކާޑުގެ އެންމެ ހާއްސަ އެއް ސިފައަކީ ހަރަދު ތަކުގެ ތަފްސީލު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ބަލައިލެވޭކަމެވެ. 

ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ރައްކާތެރި ބޭންކިން ހިދުމަތެއް ދެމުން އަންނަ އެމްއައިބީގެ އިންޓަނެޓް ބޭންކިންއަކީ ބޭނުން ކޮށްލަން ރައްކާތެރި އަދި ސަލާމަތީ ސިފަތަކެއް އެކުލެވޭ ހިދުމަތެެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox