ސިފައިން ތިބީ އޮޕަރޭޝަނަށް ބޭނުންވާ އަދަދަށް، ސިފައިން ގިނަކުރަން އިންޑިއާއިން މަސައްކަތެއް ނުކުރޭ: ސަރުކާރު

ިއިންޑިއާ ސިފައިން ފޮނުވާލުމުގެ އޮޕަރޭޝަންގެ ތަފުސީލުތައް ދިނުމަށް ބޭއްވި ޕްރެސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ިއިންޑިއާ ސިފައިން ފޮނުވާލުމުގެ އޮޕަރޭޝަންގެ ތަފުސީލުތައް ދިނުމަށް ބޭއްވި ޕްރެސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ވައިގެ ތިން އުޅަނދުގެ އޮޕަރޭޝަންތަކަށް ސިފައިން ތިބީ އެ ކަމަށް ބޭނުންވާ ވަރަށް ކަމަށާއި ސިފައިން ގިނަކޮށްގެން މަރުކަޒުވާން އިންޑިއާއިން މަސައްކަތްކޮށްފައި ނުވާ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތަފުސީލު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލުތަކުގެ ޖަވާބުގައި، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އުޅަނދުތައް އޮޕަރޭޓްކުރަން ތިބި 76 ސިފައިންގެ ބަދަލުގައި ގެނައި މަދަނީ މީހުންގެ އަދަދަކީ 76 ކަމަށެވެ.

ކުރިން ވެސް ސިފައިން ތިބި އަދަދަކީ އޮޕަރޭޝަނަށް ސީދާ ބޭނުންވާ އަދަދު ކަމަށް ޒަމީރު ވިދާޅުވި އެވެ. ދިވެހިންގެ ކަންބޮޑުވުމަކަށް އޮތީ ބޭރުގެ ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބުން ކަމަށާއި ސިފައިންގެ ބަދަލުގައި މަދަނީ މީހުން ތިބުމުން މައްސަލަ ހައްލުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

"މި ކަމަށް ގެނެސްފަ ތިބީ މި ކަމަށް ހަމަ ބޭނުންވާ އަދަދަށް މީހުން ކުރީގައި ވެސް، އިންޑިއާ ސަރުކާރުން އަނެއްހެން މި ތާނގާ ސިފައިންތަކެއް މާ ގިނައިން ބައިތިއްބަން އުޅެފައެއް ނެތް،" ވަޒީރު ވިދާޅުވި އެވެ.

މި ސަރުކާރުގެ ފޮރިން މިނިސްޓަރު އެެހެން ވިދާޅުވި ނަމަވެސް، މިދިޔަ ސަރުކާރުގައި އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ ވެރިން ތިބި އިރު އިންޑިއާއިން މަސައްކަތްކުރަނީ އެ ގައުމުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމު ކުރުމަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އަވައްޓެރި އިންޑިއާ އަސްކަރިއްޔާއަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ބޭރުގެ އަސްކަރިއްޔާ އެވެ.

އެ ގުޅުމުގެ ތެރެއިން، އެ ގައުމުގެ ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއާ މަތިންދާބޯޓު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކީ އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމެވެ. އެކަމަކު ސިފައިން އެކަނި ފޮނުވާލައި، އުޅަނދުތައް ބަހައްޓާތީއާއި އޭގެ ބަދަލުގައި އިންޑިއާގެ މަދަނީ ބަޔަކު ގެންނަން އެއްބަސްވެފައިވާތީ ސަރުކާރުން އެ ވައުދު ފުއްދި ގޮތާ މެދު ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox