މުއިއްޒު ހުންނެވީ އެކަނިވެރިކޮށް، ވެރިކަން ވެއްޓުން ނުވަތަ އިސްތިއުފާ ދެއްވުން އެކަށީގެންވޭ: ނަޝީދު

ރައީސް ނަޝީދު ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ކަންކަން ހިނގާ ގޮތެއް ކަން ކުރަންވީ ގޮތެއް ވެސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ: ސަންގު ޓީވީ

ރައީސް ނަޝީދު ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ކަންކަން ހިނގާ ގޮތެއް ކަން ކުރަންވީ ގޮތެއް ވެސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް -- ފޮޓޯ: ސަންގު ޓީވީ

ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަން ވެއްޓުމަކީ ނުވަތަ އެމަނިކުފާނު މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވުން އެކަށީގެންވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، މުއިއްޒުގެ ވެރިކަން ވެއްޓުން ނުވަތަ އެމަނިކުފާނު އަމިއްލައަށް އިސްތިއުފާ ދެއްވައިފާނެ ކަމަށް ދެކެވަޑައިގަންނަވާ ބައެއް ސަބަބުތައް ނަޝީދު ހާމަކުރެއްވި އެވެ. އޭގެ ތެރޭގައި މުއިއްޒުގެ ގާތް ބޭފުޅުންނަށް ބޭވަފާތެރިވުމާއި އެއްވެސް މީހަކާ މަޝްވަރާ ނުކުރެއްވުން ނަޝީދު ފާހަގަ ކުރެއްވި އެވެ. 

ނަޝީދު ވިދާޅުވީ، ހުރިހާ ކަމެއް ވެސް މުއިއްޒު ނިންމަވަނީ އަމިއްލައަށް ކަމަށާއި ކެބިނެޓުގެ އިތުރުން ޕާޓީ ތެރޭގައި ވެސް އެއްވެސް މީހަކާ މަޝްވަރާ ނުކުރައްވާ ކަމަށެވެ. ކަންކަން ހިނގަމުން އަންނަ ގޮތާއި ދެން ކަން ކުރަންވީ ގޮތް އޭގެ ސަބަބުން މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

".. ރައީސް ޑރ. މުއިއްޒު، އެބޭފުޅާ މަޝްވަރާއެއް ނުކުރައްވާ އެބޭފުޅުންގެ ވަޒީރުންނަކާ ވެސް އަދި ޕާޓީ ތެރޭގައިވާ ވެސް. އަޅުގަނޑު ވެސް މި ރަށުގައި މި އުޅެނީ، އެހެންވީމާ ކަމެއް ހިނގަންޏާ އަޅުގަނޑަށް ވެސް އެނގޭނެ. ޕާޓީ ތެރޭ ބޭފުޅުންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާ ވެސް މަޝްވަރާއެއް ނުކުރައްވާ،" ނަޝީދު ވިދާޅުވި އެވެ. 

"އެއްވެސް ބޭފުޅަކާ މަޝްވަރާއެއް ނުކުރައްވާ. ދެން އެހެންވީމާ ކަންކަން ހިނގަމުން އަންނަ ގޮތެއް ވެސް އެނގިވަޑައެއް ނުގަންނަވާ. ދެން އަމަލު ކުރަންވީ ގޮތަކީ ކޮބައިކަން ވެސް އެނގިވަޑައެއް ނުގަންނަވާ."

ވެރިކަން ވެއްޓިދާނެ ކަމަށް ނުވަތަ މުއިއްޒު އިސްތިއުފާ ދެއްވައިފާނެ އަނެއް ސަބަބެއްގެ ގޮތުގައި ނަޝީދު ތަފުސީލު ކޮށްދެއްވީ ބޭވަފާތެރިވުމުގެ ސަބަބުން ރައީސް އެކަނިވެރިވެވަޑައިގެންފައިވުމެވެ. 

"ޑރ. މުއިއްޒު ފާހަގަވަނީ ވަރަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި. ހާއްސަ ގޮތެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދޭތެރޭގައި ކަންތައް ކުރެއްވި ގޮތާ އަދި ފަހުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާ ދޭތެރޭގައި ކަން ކުރެއްވި ގޮތުން ރައީސް ޑރ. މުއިއްޒުގެ ބޭވަފާތެރިކަން ވަރަށް ބޮޑަށް ފާހަގަވޭ. ބޭވަފާތެރިކަމަކީ ދިވެހިން ބަލައިގަންނަ ކަމެއް ނޫން. ވަރަށް ބޮޑަށް އެކަނިވެރިވެފައި ރައީސް އެ ހުންނެވީ،" އެމަނިކުފާނު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ، ސިޔާސީ ވާދަވެރިން ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅެފާނެތީ މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭނެ ކަމަށެވެ. 

"އަޅުގަނޑަށް ފެންނަ ގޮތުގައި، އަޅުގަނޑުމެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމެއް ނޫން ޑރ. މުއިއްޒު ކަންބޮޑުވެވަޑައިގަންނަވަން ޖެހޭނެ ކަމަކީ. އަޅުގަނޑުމެންނެއް ނޫޅެން ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލާކަށް. އެހެންނަމަވެސް އެބޭފުޅާ އަމިއްލައަށް ވެއްޓި ވަޑައިގަތުމަކީ ވަރަށް ގާތްކަމެއް،" ނަޝީދު ވިދާޅުވި އެވެ. 

"ކުރިއަށް އޮތް ދުވަސްތަކުގައި" މަޖިލިސް މެދުވެރިކޮށް މުއިއްޒު ވެރިކަމުން ދުރުކުރުން ނުވަތަ އަމިއްލައަށް އިސްތިއުފާ ދެއްވުން ގާތް ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އޭގައި ދެތިން ގޮތެއް ދެއްތޯ މި އޮންނަނީ ގާނޫނީ ހަމަތަކުން އެކަން ކުރުމުގައި. އެއްގޮތަކީ މަޖިލިސް މެދުވެރިކޮށް އެކަން ކުރުން. އަނެއް ގޮތަކީ ރައީސުލްޖުމްހޫރިއްޔާއަށް ވިސްނިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ފައިބައިވަޑައިގަތުން. މި ދެގޮތުން ކުރެ އެއްގޮތެއް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެކަށީގެންވާ ކަމެއް. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox