ފޮނުވާލީ 76 އިންޑިއާގެ ސިފައިން، ސެނެހިޔާގައި ތިބި ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް ނެތް

ފޮނުވާލީ 76 އިންޑިއާގެ ސިފައިން، ސެނެހިޔާގައި ތިބި ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް ނެތް

ސެނެހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، އިންޑިއާގެ ހުރިހާ ސިފައިން މިހާރު ރާއްޖޭން ފާބައިފައިވާ ކަމަށާއި ފޭބި އިންޑިއާ ސިފައިންގެ އަދަދަކީ 76 ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތަފުސީލު ދިނުމަށް މިއަދު ކުރިއަށްދާ ޕްރެސް ކޮންފެރެންސްގައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި 76 ސިފައިން ފޮނުވާލީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިންނެވެ.

މި ސިފައިން ތިބީ ރާއްޖޭގެ ތިން ސަރަހައްދެއްގަ އެވެ. އެއީ އައްޑޫ ސިޓީ ގަމުގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓްކުރަން 26 ސިފައިން، ލ. ކައްދޫގައި އޮތް ހެލިކޮޕްޓަރެއް އޮޕަރޭޓް ކުރަން 25 ސިފައިން، އަދި ހދ. ހަނިމާދޫގައި އޮތް ޑޯނިއާ މަތިންދާބޯޓު އޮޕަރޭޓްކުރަން ތިބި 25 ސިފައިންނެވެ.

މި ތިން އުޅަނދަކީ އެކި ސަރުކާރުތަކުގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އުޅަނދުތަކެކެވެ.

ސިފައިން ފޮނުވާލި ގޮތުގެ ޓައިމްލައިން

  • މާޗު 7، އައްޑޫ ގަމުގައި ތިބި 12 ސިފައިން
  • މާޗު 9، އައްޑޫ ގަމުގައި ތިބި 14 ސިފައިން
  • އޭޕްރީލް 7، ހަނިމާދޫގައި ތިބި 13 ސިފައިން
  • އޭޕްރީލް 9، ހަނިމާދޫގައި ތިބި 12 ސިފައިން
  • މެއި 7، ކައްދޫގައި ތިބި 12 ސިފައިން
  • މެއި 9، ކައްދޫގައި ތިބި 13 ސިފައިން

މޫސަ ޒަމީރު ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ ޑޮކްޓަރުންތަކެއް ސެނެހިޔާގައި ތިބި އިރު އެއީ ސެޕްޓެމްބަރު، 2012، އިން ފެށިގެން އެ ތަނުގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ކަމަށެވެ. އަދި އެއީ ދިވެހި ސިފައިން، އެމްއެންޑީއެފުން އެދިގެން ތިބި ބަޔަކު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް [ޑރ. މުހައްމަދު މުއިއްޒު] ގެ ވިސްނުންފުޅަކީ އެ މީހުންގެ ފަރާތުން ވެސް މިނިވަންކަމަށް އަސަރު ކުރާ ކަމަށް ވަންޏާ، އެ މީހުން ފޮނުވާލުން، އިންޑިއާ ސަރުކާރުގައި އެދިގެން، އެކަމަކު މި ވަގުތަކަށް އޭގެ ނީޑެއް (ބޭނުމެއް ނުފެނޭ،" ޒަމީރު ވިދާޅުވި އެވެ.

އިންޑިއާގެ ސިފައިން ފޮނުވާލާފައި މި ވަނީ، އޭގެ ބަދަލުގައި އުޅަނދުތައް އުފެއްދި ކުންފުނީގެ މުވައްޒަފުން ހިމެނޭ ގޮތަށް އެ ގައުމަށް ނިސްބަތްވާ މަދަނީ ބަޔަކު ގެންނަން ދެ ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. މި އެއްބަސްވުން ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ޒަމީރު މިއަދު ވިދާޅުވީ އެއްބަސްވުމުގެ ދަށުން ގެނެސްފައިވަނީ ކުރިން ސިފައިން ތިބި އަދަދަށް ކަމަށެވެ. އަވައްޓެރި އިންޑިއާ އަސްކަރިއްޔާއަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ގުޅުމެއް އޮންނަ ބޭރުގެ އަސްކަރިއްޔާ އެވެ.

އެ ގުޅުމުގެ ތެރެއިން، އެ ގައުމުގެ ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ދެވަނަ ހެލިކޮޕްޓަރަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި އުޅަނދެކެވެ. ޑޯނިއާ މަތިންދާބޯޓު ގެނައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox