ސްޕާ ސިލޯން ރާއްޖެއަށް: ތަފާތު ގިނަ އުފެއްދުންތައް ލިބެން އެބަހުރި

ސްޕާ ސިލޯން އިން މާލޭގައި މިރޭ ހުޅުވި ފިހާރައިގެ ތެރޭގައި ހުރި އުފެއްދުންތަކެއް މީހަކު ބަލަނީ. ސްޕާ ސިލޯން އަކީ ސްރީލަންކާގައި މަޝްހޫރު ބްރޭންޑެއް. ފޮޓޯ: މިރާން ނާޝިމް/އަދަދު

ސްޕާ ސިލޯން އިން މާލޭގައި މިރޭ ހުޅުވި ފިހާރައިގެ ތެރޭގައި ހުރި އުފެއްދުންތަކެއް މީހަކު ބަލަނީ. ސްޕާ ސިލޯން އަކީ ސްރީލަންކާގައި މަޝްހޫރު ބްރޭންޑެއް. ފޮޓޯ: މިރާން ނާޝިމް/އަދަދު

ލަންކާގެ މަޝްހޫރު ސްޕާ ސިލޯންގެ ފިހާރައެއް ތަފާތު ގިނަ އުފެއްދުންތަކާއެކު ރާއްޖޭގައި ހުޅުވައިފި އެވެ.

ޖާގަ ތަނަވަސްކޮށް، ތިން ފަންގިފިލާއަށް ހަދާފައިވާ ސްޕާ ސިލޯން ހުންނަނީ މ. އޯޝަން ރީޑް، ފަރީދީ މަގުގަ އެވެ. މިއީ ސްޕާ ސިލޯންއިން ހުޅުވި އެ ބްރޭންޑުގެ 138 ވަނަ ފިހާރަ އެވެ.

ސްޕާ ސިލޯންގެ މާލޭ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު. އަކީ ސްރީލަންކާގައި މަޝްހޫރު ބްރޭންޑެއް. ފޮޓޯ: މިރާން ނާޝިމް/އަދަދު
ސްޕާ ސިލޯންގެ މާލޭ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު. އަކީ ސްރީލަންކާގައި މަޝްހޫރު ބްރޭންޑެއް. ފޮޓޯ: މިރާން ނާޝިމް/އަދަދު

ސްޕާ ސިލޯންގެ މާލޭ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތު. އަކީ ސްރީލަންކާގައި މަޝްހޫރު ބްރޭންޑެއް. ފޮޓޯ: މިރާން ނާޝިމް/އަދަދު

Advertisement

ސްޕާ ސިލޯން ތަފާތުވަނީ އެތަނުން ވިއްކާ ހުރިހާ އުފެއްދުންތަކަކުން ވެސް ކޮންމެ ވެސް މީރު ވަހެއް ދުވާތީ ކަމަށްވާއިރު، ފިހާރައަށް ވަދެލުމުން ވެސް އެތަނުން ދުވާ މީރު ވަހުން މީހާއަށް ހިތްހަމަ ޖެހުން ލިބެ އެވެ.

އެފިހާރައިން ވިއްކާ އުފެއްދުންތަކުގެ ތެރޭގައި މީރުވަސް ދުވާ ފިރިހެން އަދި އަންހެން ކޮލޯންއާއި ސެންޓު ހިމެނޭއިރު، ސްކިން ކެއާ އަދި ހެއާ ކެއާގެ އުފެއްދުންތައް ވެސް ހުރެ އެވެ.

މީގެއިތުރުން ޝަވަ ޖެލްއާއި ހޭންޑް ވޮޝް، ހޭންޑް އަދި ބޮޑީ ލޯޝަން، ހޭންޑް އަދި ބޮޑީ ކްރީމް، ހެއާ ކްރީމް، ހެއާ ސްޕްރޭ، ލިޕް ބާމްއާއި ލިޕް ސްކްރަބް، ސައިބޯނީގެ އެކި ވަައްތަރުތައް ވެސް ލިބެން ހުރެ އެވެ.

ގޭތެރޭގައި މީރުވަސް ދުއްވަން ބޭނުންކުރާ އެކި އުފެއްދުންތައް އެ ފިހާރައިން ލިބެން ހުރި އިރު، އޭގެ ތެރޭގައި އުށްބައްތީގެ އިތުރުން އެކި ކަހަލަ ސްޕްރޭތައް ހިމެނެ އެވެ.

އެ ފިހާރައިން ލިބެން ހުންނަ ހުރިހާ އުފެއްދުންތަކެއް ވެސް ލިބެން ހުރީ އަތްފޯރާ ފަށުގަ އެވެ. މިގޮތުން އެންމެ އަގުބޮޑު ސެންޓު ފުޅި ވެސް 1000ރ. އަށްވުރެ އަގު ހެވެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެޕަލް ޑުއޯ ރާއްޖޭގެ ބާޒާރަށް އެލް ސްޓޫޑިއޯއިން ތައާރަފުކޮށްފި

އެމެރިކާގެ ބާޒާރާ އެއްވަގުތެއްގައި އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އެޕަލް ޑުއޯ" އެލް ސްޓޫޑިއޯއިން ރާއްޖެއަށް ވަނީ ތައާރަފްކޮށްފައި. މިއީ ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީއެއް ބައިނަލްއަގުވާމީ ބާޒާރާ އެއް ދުވަހެއްގައި ރާއްޖެއިން ލިބެން ފެށި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ފޯނަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެލް ސްޓޫޑިއޯއިން ބުނޭ.

އެމްއެޗްއޭގެ ހޯލްސޭލް ވިޔަފާރި ޑިޖިޓަލްކޮށް، އިންގިލާބީ ފަސޭހައެއ

އެމްއެޗްއޭގެ 50 އަހަރުވީ ހޯލްސޭލް ވިޔަފާރި އޮންލައިންކޮށް، މުދަލަށް އޯޑަރު ދެވޭނެ ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް އެ ކުންފުނިން ވަނީ ތައާރަފްކޮށްފައެވެ. މި ބަދަލާއެކު ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ސްޓޮކް ހުރި މިންވަރު ބަލައި ފަސޭހަކަމާއެކު މުދާ ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރި ޒަމާނީކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެކެވެ.

އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް

މޯލްޑިވްސް އެކްސްޕޯ 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރަކަށް ދިވެހި އިންޝުއަރެންސް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި އެކްސްޕޯގެ ތެރެއިން، ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން އިންޝުއަރެންސަށް ހޭލުންތެރިކުރުވުމަށް އެ ކުންފުނިން މަސައްކަތް ކުރާނެއެވެ.

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox