ސިޓީބިޓީ: މާވަޑިޔާ ވީ ރޯނުއެދުރަކަށް

ދޯންޏެއް ދުއްވާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ދޯންޏެއް ދުއްވާފައި ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

ވަޑިއެއް ނަމަ މޮޅު ލަކުޑި އޭނާ އަށް އެނގޭނެ އެވެ. ދިއްގާ، ހިރުނދު، ވަކަރުން ކިއްސަރު ގެނެސް، ފަށަން ދަމައިލުމަށް ފަހު ވަވަތުން މަތިކަނާ ހަމައަށް ފުރިހަމަ ބައްޓަން ގެންނާނެ ގޮތް އެނގޭނެ އެވެ. އުއި ޖެހުމަށް ފަހު ކީހައި، ފުރޯ އާއި އޮޑައިން ބޭނުންވާ ސައިޒަށް ލަކުޑިގަނޑު ގެނެސް، ފޮނުވަތުން ލޯވަޅު އަޅައި އިލި ޖަހައި މަޑުލަކަށް ފަހު މަޑުލެއް ހިމުން ކުރަނީ ހިންމީގައި ވިދެއް ވެސް ނެތް ވަރަށެވެ. މި ފެންވަރަށް އޮޑި ބަނދެ، ފެނަށް ބާލާއިރު، ފެނަށް ގަދަވާނެ ކަމާއި ފޮނު އަރުވައި ރާޅު ކަފާފައި ދާނެ ދުވެލި އަންނާނެ ކަމުގެ ޔަގީންކަން ވެސް އޮވެ އެވެ.

އޮޑި ބަންނަން ހަވާލުކުރަނީ ކިއްސަރު ވަޑާމަށް އޭނާ މޮޅުކަން އެނގޭތީ އެވެ. އެތައް އޮޑިއެއް ބަނދެ ތަޖުރިބާ ލިބިފައިވާތީ އެވެ. އެހެން ރަށްރަށަށް ގޮސް އެ ރަށްރަށުގެ އޮޑިފަހަރު ވެސް ބަނދެފައިވާތީ އެވެ. އެއީ ގާބިލް ވަޑިންނެވެ.

ރަދީފުގައި "ގާބިލު" މި ލަފުޒުގެ މާނައިގައި އޮތީ "ކަމަށް އެކަށީގެންވާ" މިހެންނެވެ. މާނައަކީ މަގާމެއްގެ ނަމަ ނުވަތަ މަސައްކަތެއް ނަމަ އެ ކަމެއް ކުރުމުގެ އިލްމާއި ހިލުމާއި ތަޖުރިބާ ހުރުމެވެ. މާވަޑިއެއް ނަމަ ދޯނި ބަންނަން އެނގުމެވެ. ދޯނި ބަންނަން އެނގުމަކީ ހަމައެކަނި އެންމެ ފަހު ވަގުތު ބޮޑު މުގުރުން މަޑޫމަތީގައި ޖަހަން އެނގުމެއް ނޫނެވެ. ނުވަތަ ފޮނުވަތް ދަމަން އެނގުމެއް ނޫނެވެ. ކުރިން މި ފާހަގަ ކުރި ހުރިހާ ހުނަރެއް ހުންނަންޖެހޭނެ އެވެ.

Advertisement

ރަށެއްގައި ހުރި ވެރިޔަކު އޮޑިއެއް ބަންނަން ބޭނުން ވެގެން އުޅެނިކޮށް، އޭނާ އާއި އެންމެ ގާތްކަމެއް އުފައްދައިގެން އުޅުނު މީހެއްގެ ބަހަށް ވަޑިޔަކު ގެނެސްފި އެވެ. އޭނާ އަޅައިގެން ހުރި ހެދުމާއި އަތާއި ކޮނޑުގައި ހުރި ސާމާނުން އޭނާ ވަރަށް ގިނަ ދުވަހު އެ މަސައްކަތުގައި އުޅެ ފުރިހަމަ އަށް ތަޖުރިބާ ލިބިފައިވާ ކަމަށް ބޮޑު މީހާއަށް ގަބޫލު ކުރެވުނެވެ. އިސާހިތަކު ފެނިގެން ދިޔައީ ކިއްސަރެއް ނެތް، ދެހިންމި ރަނގަޅަށް ނުބެދި، ފެނުގައި ޖެހުމާއެކު ފެތިފައި އޮތް އޮޑިއެކެވެ.

މިހާރު މުޅި ރަށުތެރޭގައި ދައްކަމުން އެ ދަނީ އެ ވާހަކަ އެވެ. މަލާމާތް ކުރަނީ ހަމައެކަނި ވަޑިޔާ އަކަށް ނޫނެވެ. ސަބަބަކީ އޮޑިވެރިޔާ ރަށުތެރޭގައި އަޑުހަރުކޮށް ކިޔަމުން ދިޔައީ، ތިމަންނަގެ އޮޑި ބަންނަން ގެންނަނީ މޮޅު ވަޑިއެއްކަމަށް ބުނެފައި އޮތުމެވެ. ނަމަވެސް ގެނެވުނީ ފައްކާ ރޯނުއެދުރެކެވެ.

މި ރާއްޖޭގެ ބައެއް މުއައްސަސާތަކުން ފެންނަމުން ދަނީ މި މަންޒަރެވެ. ސިޔާސީންނާ އޮތް ގާތްކަމަކުން މަގާމު ހޯދަނީ އެވެ. ނުވަތަ ހަވާލުކުރަނީ އެވެ. ގާބިލު ކަމަށް ބަލާނެ ކަމަށް ވިދާޅުވިޔަސް، ނުބަލަ އެވެ. ހަވާލުވާ މީހާގެ ވެސް ބެލުމެއް، އިހުލާސްތެރި ކަމެއް ނެތީ އެވެ. އެވަރުގެ ބޮޑު ޒިންމާއެއް، މަގާމެއް އަދާކުރުމުގެ ގާބިލުކަމާއި ތަޖުރިބާ އާއި އިލްމާއި ހިލްމު ނެތްކަން އަމިއްލަ އަށް ގަބޫލުކުރަން ވެސް ލަދުވެތި ކަމަކަށް ވަނީ އެެވެ.

ސަބަބަކީ ދިދަ ޖެހި ކާރާއި ހަށިފާރަވެރިންނާއި އިސްތިގުބާލުގައި ދަމާލާފައިވާ ސަފާއި، ވިދާޅުވުމާއެކު ކަންކުރާނެ މީހުން އަތްދަށުގައި ތިބުމާއި ކުލަކުލައި ކޯޓު ލައިގެން ކުރީ ސަފުގައި ތިބެވުމާއި، އެ ކަންކަމުން ލިބޭ ޝަރަފަކާއި މަތިވެރިކަމަކާއެކު އުފައްދާ ބޮޑާކަމެވެ. އެ ނޫން ކަމެއް އެބަ އޮތްތޯ އެވެ.

މި ލިޔުން ކިޔާލުމަށް ފަހު ތިޔަ ބޭފުޅުންގެ ހިޔާލު ކޮމެންޓެއްގެ ގޮތުގައި ހިއްސާކޮށްލުމަކީ ވެދެވޭ ހެވަކަށް ވެދާނެ އެވެ.

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox