ސިޓީބިޓީ: އިންޑިއާ ސިފައިން ފޭބުމާއި މިހާރު ތިބި "ގާބިލް ޓެކްނިކަލް މީހުން"

ސިޓީބިޓީ: އިންޑިއާ ސިފައިން ފޭބުމާއި މިހާރު ތިބި "ގާބިލް ޓެކްނިކަލް މީހުން"

އިއްޔެ އަކީ, ރާއްޖޭގައި އޮތް އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވަން އެ ގައުމުގެ އަސްކަރީ ޔުނިފޯމުގައި ތިބި ސިފައިން ރާއްޖޭން ފައިބައި ނިމުނު ދުވަހެވެ. އެކަމުގެ އުފާ ބައެއް މީހުން ފާޅުކުރަމުން ދަނީ، ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ފަދައިންނެވެ. ޕޯޗްގީޒުންގެ އަތްދަށުން މިރާއްޖެ އަށް މިނިވަންކަން ހޯދައި ދިން ފަދައިންނެވެ.

ޝައްކެތް ވެސް ނެތެވެ. ރާއްޖޭގެ ފަސްގަނޑުގައި ދިވެހީންގެ ނުރުހުމުގައި ފުރެއްދެ ބަޔަކަށް އޮޕަރޭޝަނެއް ހިންގިގެން ނުވާނެ އެވެ. ތިބެގެންވެސް ނުވާނެ އެވެ. ވަސީލަތެއް ގާއިމުވެފައި ހުރެގެން ވެސް ނުވާނެ އެވެ. އިންޑިއާ އައުޓު ކެމްޕޭނުގައި ނުކުމެ އުޅުނީ އެ ބޭނުމުގަ އެވެ. އޭރު އަހަރެމެން ވިއްކަމުން ދިޔަ ވާހަކަތަކުގެ ގޮތުން ގަބޫލު ކުރެވުނީ، ވެރިކަން ލިބިއްޖެ ނަމަ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ގައުމުން އެހެން ބަޔަކު ނުގެންނާނެ ކަމަށެވެ. ހެލިކޮޕްޓަރުތަކާއި ޑޯނިއާ ވެސް ފޮނުވާލާނެ ކަމަށެވެ.

ނަމަވެސް ޔުނިފޯމު އެޅި ސިފައިން ގެންދިޔައިރު، ބޮއިލަރު ސޫޓުގައި އެ ތިބީ އިންޑިއާ މީހުންނެވެ. އެއީ މަދަނީން ކަމަށް އަހަރެމެންގެ ދިވެހި ސަރުކާރުން ބުނެ އެވެ. މާނައަކީ ސިފައިންގެ ހިދުމަތުގައި ތިބި ބައެއް ނޫނެވެ. ނަމަވެސް، އިންޑިއާ ސަރުކާރުން ރަސްމީ ގޮތެއްގައި އަބަދު ވެސް ބުނަމުން ދަނީ އެއީ "ގާބިލް ޓެކްނިކަލް މީހުން" ކަމަށެވެ. އެހެން އެ ބުނަނީ ކީއްވެގެންތޯ އެވެ. އެއީ ރަނގަޅަށް ކޮން ބައެއްކަން ހާމަކޮށްދީ ބަލާށެވެ. އަދި އެއީ ކިހައި އަދަދެއްތޯ ވެސް ބުނެދީ ބަލާށެވެ.

Advertisement

ދިވެހި ގައުމިއްޔަތާއި މިނިވަންކަން ގާދޫކޮލުން ނުކުމެގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނަމުން ދިޔައިރު، އިންޑިއާގެ އެ ދެ ހެލިކޮޕްޓަރާއި، އެ ޑޯނިއާ އާއި އެ އުޅަނދުތައް ދުއްވަން އިންޑިއާގެ މީހުން އެބަ ތިއްބެވެ. ބަދަލުވީ ޔުނިފޯމެވެ. މިނިވަންކަން ގެއްލިގެންދާ ގޮތަށް ހުރި ކަމަށް އޭރު ބުނި އެއްބަސްވުންތައް ވެސް އެ ގޮތުގައި އެބަ ހުއްޓެވެ. އެއްވެސް އެއްޗެއް ހާމައެއް ނުކުރި އެވެ.

އިންޑިއާ ސިފައިންގެ އަދަދު އޭރު ކިޔަމުން ދިޔައީ ހާހުންނެވެ. ވެރިކަން ލިބުމަށް ފަހު، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު ފިރުޒުލް 14 ޑިސެންބަރު 2023 ގައި ވިދާޅުވެފައި ވަނީ އެހާތަނަށް ބެލިބެލުމުން ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި ކަމަށާއި ނަމަވެސް އެ މީހުން ތިބި އަދަދު އަދިވެސް ސާފުކޮށް ބުނަން ނޭނގޭނީ ލިޔެކިޔުންތަކުގައި ހުރި ފުށުއެރުންތަކުގެ ސަބަބުން ކަމަށާއި އެކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.

އެއީ ކޮން ފުށުއެރުންތަކެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެކަން ރަނގަޅު ކުރި ކަމެއް ވެސް ހާމައެއް ނުކުރެ އެވެ. މި ހާލަތުގައި އޮތްއިރު، ފޮނުވައިލި މީހުންގެ އިތުރުން އެހެން ބަޔަކު ނެތް ކަމަށް ގަބޫލުކުރަންވީތޯ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު މި ސަރުކާރުން ގުނަމުން ދިޔައީ ސެނެހިޔާ ހޮސްޕިޓަލްގައި ތިބި އިންޑިއާ ސިފައިން ވެސް ހިމަނައިގެންނެވެ. އެ މީހުން ފޮނުވައިލި ވާހަކައިގެ އަޑެއް ނީވެ އެވެ.

މިފަހަރުގެ ތަފާތަކަށް އޮތީ ބަލި މީހުން އުދުހުމަށާއި ސާވެޔަލަންސް ދަތުރުތަކަށް ނުއުދުހުމެވެ. ކުރިން ތިބި މީހުންގެ ސަބަބުން މިނިވަންކަން ގެއްލިފައި، މިހާރު ތިބި މީހުންގެ ސަބަބުން މިނިވަންކަން ކަށަވަރުވާ ގޮތެއް ބުއްދިއަކަށް ނާދެ އެވެ. އެ ގޮތެއް ބުނެ ދިނުމަކީ ސަރުކާރާއި ދިވެހި އަސްކަރިއްޔާގެ ޒިންމާއެކެވެ. ކުރިން މިނިވަންކަން ގެއްލިފައިވާ ކަމަށް ގަބޫލުކޮށް އެ ވާހަކަ ދައްކާފައި ވާއިރު، އެ ކަމުގެ ހަގީގަތް ދިވެހިރައްޔިތުންނަށް ބުނެ ދިނުމަކީ ވެސް ސަރުކާރާއި ދިވެހި އަސްކަރިއްޔާގެ ޒިންމާ އެކެވެ. އެކަން ބުނެ ނުދެވޭ ނަމަ، އެއީ ހިޔާނާތަކަށް ނުވާނެތޯ އެވެ.

އޭރު ސަރުކާރުން ދައްކަމުން ދިޔަ ވާހަކަ ގަބޫލު ނުކޮށް، އަހަރެމެން ބުނަމުން ދިޔައީ އެއްބަސްވުންތައް ހާމަކުރާނެ ކަމަށެވެ. އިންޑިއާ ސިފައިން ބޭރުކުރާނެ ކަމަށެވެ. މިއިން އެއްވެސް ކަމެއް ހަގީގީ މާނައިގައި ފުދިފައި ނެތަސް، އެކަންކަން ފުދިފައިވާ ކަމަށް ގަބޫލުކޮށް އުފާކޮށް، ސޯޝަލް މީޑިއާގައި ތައުރީފުގެ ބަސްތައް ގެތުމުން، މިނިވަންކަން ކަށަވަރުވޭތޯ އެވެ. އެކަން އެގޮތަށް ވާނަމަ، އަހަރެންގެ ތައުރީފު ފަށްފަށްކޮށް ގެތުމަށް ފަހު ވެދުން ކުރަމެވެ.

ހެޔޮ ދުއާ

އަލީ ޖިހާދު

--

ސިޓީބިޓީ

ސިޔާސަތާ މެދު ފާޑެއް ކިޔަން އޮތީ ހެއްޔެވެ؟ ކަމެއް އިސްލާހުކުރަން މުއައްސަސާއެއްގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ ހެއްޔެވެ؟ ޝަކުވާއެއް ބޮޑުވެ އާއްމުންނާ ހިއްސާކުރަން ބޭނުންވީ ހެއްޔެވެ؟ އެހެން ކަމެއްގައި ވިޔަސް ހިޔާލެއް ހިއްސާކުރަން ބޭނުން ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލާއި ފިކުރު މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމަށް "އަދަދު"ން ތަނަވަސްކޮށްދީފައި ވަނީ "ސިޓީބިިޓީ" އެވެ. ހިޔާލުތައް ލިޔުމަށް ތިރިކޮށްލުމަށް ފަހު، "އަދަދު"ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox