މާޒިޔާ ދޫކޮށް ނިހާޓް އޮޑި ސްޕޯޓްސް ކުލަބަށް

ނިހާޓް، އޮޑި ސްޕޯޓްސް ކްލަބަށް ސޮއިކުރުމަށް ފަހު.-- ފޮޓޯ: އަތޫފް އާތިފް/ އަދަދު

ނިހާޓް، އޮޑި ސްޕޯޓްސް ކްލަބަށް ސޮއިކުރުމަށް ފަހު.-- ފޮޓޯ: އަތޫފް އާތިފް/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް ދޫކޮށް، ހުސެއިން ނިހާން (ނިހާޓް)، އޮޑި ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެ އެވެ.

ނިހާޓް، އޮޑި ސްޕޯޓްސް ކްލަބަށް ބަދަލުވިކަން އިއުލާނުކުރި އެ ކްލަބްގެ ނަން ރީބްރޭންޑް ކުރަން މިރޭ ސެންޓްރަލް ޕާކުގައި ބޭއްވި އިވެންޓުގަ އެވެ.

ލ. މައިބައިދޫ އަށް އުފަން، ނިހާޓް އަންނަނީ 2019 ވަނަ އަހަރުން ފެށިގެން މާޒިޔާ އަށް ކުޅެމުންނެވެ. ގައުމީ ފުޓްބޯޅަ ޓީމާ އެކު، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި މިޑްފީލްޑަރު، މީގެ ކުރިން ވަނީ ކުލަބް ވެލެންސިއާ އަދި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ވެސް ކުޅެފަ އެވެ.

ނިހާޓް ވަނީ ވިކްޓަރީ އަށް ވެސް މީގެ ކުރިން ކުޅެފަ އެވެ.

މިރޭ އޮޑި ސްޕޯޓްސް ކުލަބުން ބޭއްވި ރަސްމިއްޔާތުގައި ނިހާޓް ވަނީ އެ ކުލަބަށް ސޮއި ކޮށްފަ އެވެ. ނިހާޓްގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބުން ވަނީ މުހައްމަދު ރަޝީދު (ހޮކޭ)ގެ ސޮއި ވެސް ހޯދައިފަ އެވެ.

ރިޓަޔަމަންޓްގައި ހުރި ހޮކޭ އޮޑި ސްޕޯޓްސް ކުލަބާ އެކު ދެ ވަނަ ޑިވިޝަނުގައި ވެސް ކުޅެފައިވެ އެވެ.

ނިހާން އާއި ހޮކޭގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބަށް ވަނީ ކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅުނު ޒުވާން ފޯވާޑް ހައިޝަމް ރަޝީދު ވެސް ސޮއި ކޮށްފަ އެވެ. ހައިޝަމްގެ އިތުރުން، ވިކްޓަރީ އަށް ކުރިން ކުޅުނު ސަޔަމް ސައީދު ވެސް ވަނީ ސޮއިކޮށްފަ އެވެ.

ދެ ވަނަ ޑިވިޝަނުގައި ވެސް އޮޑި ސްޕޯޓްސް ކުލަބުން ފެނުނު ރާހިލް ރަޝީދު (ރާއްކޮ) ވެސް އަންނަ އަހަރު ކުޅޭނީ އޮޑި ސްޕޯޓްސް ކުލަބަށެވެ. އަދި ކުރިން ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅުނު މުހައްމަދު މިންވާލް އާއި މުހައްމަދު މުސްލިހު (މުއްޓި) ވެސް ސޮއިކުރީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން، އޮޑި އަށެވެ.

މިދިޔަ ސީޒަންތަކުގައި މާޒިޔާއިން ހޯދި ކާމިޔާބީތަކުގައި ނިހާޓް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު, ނިހާޓް ވަނީ ގައުމީ ޓީމުގެ މެދުތެރޭގައި ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox