މަސްއޮޑި ސްޕޯޓްސް ކްލަބް "އޮޑި ސްޕޯޓްސް ކުލަބަށް" ރީބްރޭންޑްކޮށްފި

އޮޑި ސްޕޯޓްސް ކުލަބްގެ ރީ ބްރޭންޑިންގް ހަރަކާތުގެ ތެރެއިން ޓޮމް ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

އޮޑި ސްޕޯޓްސް ކުލަބްގެ ރީ ބްރޭންޑިންގް ހަރަކާތުގެ ތެރެއިން ޓޮމް ވާހަކަ ދައްކަވަނީ،--- ފޮޓޯ: އަދަދު

މަސް އޮޑި ސްޕޯޓްސް ކުލަބްގެ ނަން "އޮޑި ސްޕޯޓްސް" ކުލަބަށް ރީ ބްރޭންޑް ކޮށްފި އެވެ.

ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން މަސް އޮޑިން އެ ކުލަބްގެ ނަން ރީ ބްރޭންޑްކުރީ ކުލަބްގެ ފެންވަރު އިތުރަށް މަތިކޮށް އެހެން ކުޅިވަރުތަކުގައިވެސް އެ ކުލަބްގެ ޝާމިލްވުން އިތުރުކުރުމަށް ކަމަށް އެ ކުލަބުން ބުނެ އެވެ.

އަދި އޮޑި ސްޕޯޓްސް ކުލަބަށް ރީ ބްރޭންޑްކޮށް އެ ކުލަބުން މި އަހަރުން ފެށިގެން އިތުރު ކުޅިވަރުތަކުގައި ވެސް ފެންނާނެ ކަމަށް ކުލަބުން ބުނެ އެވެ.

މަސް އޮޑީގެ ނަން އޮޑި ސްޕޯޓްސް ކުލަބަށް ރީ ބްރޭންޑް ކޮށްދެއްވީ މިރޭ, ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި މަހިބަދޫ ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަހުމަދު ތާރިގް (ޓޮމް) އެވެ.

މި ރަސްމިއްޔާތުގައި އޮޑި ސްޕޯޓްސް ކުލަބްގެ އިސް ވެރިންނާއި, ކުޅުންތެރިންގެ އިތުރުން ކުލަބާ އަލަށް ގުޅުނު ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑި ސްޕޯޓްސް ކުލަބްގެ އޮފިޝަލް ބުނީ, އޮޑި ސްޕޯޓްސް ކުލަބްގެ އަމާޒަކީ ފުޓުބޯޅަ ނޫން ކުޅިވަރުތަކުންވެސް ކުރިއަށް ދިޔުން ކަމަށެވެ. މިރޭ، ކުލަބް ރީ ބްރޭންޑް ވެގެންދާއިރު, މި އަހަރުން ފެށިގެން އެހެން ކުޅިވަރުތަކުން ވެސް ކުލަބް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.

މަސްއޮޑިން ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ފުޓުބޯޅައިގެ އެންމެ އުހަށް އެރުމަށް ކުރި ދަތުރަކީ ފަސޭހަ ދަތުރެއް ނޫން ކަމަށް ވެސް އެ ކްލަބުން ވަނީ ފާހަގަކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވަނީ އޮޑި ސްޕޯޓްސް ކުލަބްގެ އާ ލޯގޯ އާއި, އަންނަ ސީޒަނުގައި އެ ޓީމުން ބޭނުން ކުރާނެ ޖާޒީ ވެސް ދައްކާލާފަ އެވެ.

ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އޮޑި ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލުގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބް ވިކްޓަރީ ސްޕޯޓްސް ކުލަބް ބަލިކުރުމަށްފަހުގަ އެވެ. އެއާއެކު އޮޑި ސްޕޯޓްސް ކުލަބަށް ވަނީ ފުރަތަމަ ޑިވިޝަނުން ފުރުސަތު ފަހިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox