ޓީޓީ އަމްޕަޔަރު ޔާމީން އަށް ބްލޫ ބެޖް: ރާއްޖެ އަށް ކާމިޔާބެއް!

ފިލިޕީންސްގައި ދާދި ފަހުން ކުރިއަށްދިޔަ ޓީޓީ ޔޫތު ކޮންޓެންޑާ މުބާރާތުގެ މެޗެއްގެ ތެރެއިން، އަމްޕަޔަރު ޔާމީން.--- ފޮޓޯ: ފިލިޕީންސް ޓީޓީ ފެޑެރޭޝަން

ފިލިޕީންސްގައި ދާދި ފަހުން ކުރިއަށްދިޔަ ޓީޓީ ޔޫތު ކޮންޓެންޑާ މުބާރާތުގެ މެޗެއްގެ ތެރެއިން، އަމްޕަޔަރު ޔާމީން.--- ފޮޓޯ: ފިލިޕީންސް ޓީޓީ ފެޑެރޭޝަން

ޓޭބަލް ޓެނިސް (ޓީޓީ) އަމްޕަޔަރު، މުހައްމަދު ޔާމީން އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން ދޭ ބްލޫ ބެޖް ހާސިލްކޮށްފި އެވެ.

ސ. ފޭދޫ އަށް އުފަން ޔާމީން އަކީ ބްލޫ ބެޖް ހޯދި ރާއްޖޭގެ ފުރަތަމަ އަމްޕަަޔަރެވެ.

ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިރު، މި ބެޖް ހާސިލްކުރި އަމްޕަޔަރުން މީގެ ކުރީގައި ތިބީ އިންޑިއާގައި އެކަންޏެވެ. އެކަމަކު، ޔާމީން މި ބެޖް ހާސިލްކުރުމާ އެކު، އޭނާ މި ހޯދައިދިނީ ރާއްޖެ އަށް ވެސް ކާމިޔާބެކެވެ.

އައިޓީޓީއެފް އިން ބެޖް ދިނުމުގައި ޓޭބަލް ޓެނިސް އަމްޕަޔަރުން ގިންތި ކޮށްފައިވަނީ ތިން ލެވަލަކަށެވެ. އެ ގޮތުން، ފުރަތަމަ ވައިޓް ބެޖް ދިނުމަށް ފަހު، ދެން އިން ލެވަލަކީ، ބްލޫ ބެޖް އެވެ.

ދެން، އެންމެ މަތީ ފަންތި އަށް ގޯލްޑް ބެޖް ދެ އެވެ. ގޯލްޑް ބެޖް ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

އަމިއްލަ ރަށުގައި ޓީޓީގެ ކުޅުނުއިރު ވެސް އަމްޕަޔަރުކަން ކުރުމުގައި އުޅެފައިވާ، ޔާމީން، މަތީ ތައުލީމު ހާސިލްކުރަން މާލެ ބަދަލުވުމަށް ފަހު، ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)އާ ގުޅިގެން ގިނަ މަސައްކަތްތަކެއްގައި އުޅުނެވެ.

އޭގެ ތެރެއިން، އަމްޕަޔަރުކަން ކުރަން ރަސްމީކޮށް މަސައްކަތް ފެށުނީ، 2008 ވަނަ އަހަރު ބޭއްވި ބޭސިކް އަމްޕަޔަރު ކޯހާ ހަމައިންނެވެ. އެ ގޮތުން، 2016އާ ހަމައަށް ސަޓިފައިޑް އަމްޕަޔަރެއްގެ ގޮތުގައި ހުރުމަށް ފަހު، އެ އަހަރު ވައިޓް ބެޖް ހޯދި އެވެ.

ޔާމީން، ބްލޫ ބެޖާ ހަމައަށް ދާން ކުރި މަސައްކަތް ވެސް ނުހަނު ގިނަ އެވެ.

"ވައިޓް ބެޖް އަހަރެމެން ކޮމްޕްލީޓް ކުރީ 2016 ގައި. ކޮމްޕްލީޓްކޮށްފައި، ބްލޫ ބެޖަށް ދާން އިންނަނީ އެޑްވާންސް އަމްޕަޔަރު ޓްރެއިނިން އެއް ކޮމްޕްލީޓްކޮށްފައި. އެޑްވާންސް ރޫލް އެގްޒަމިނޭޝަން އެއް ޕާސްކުރަން މި ޖެހެނީ، އަހަރެން މި ދެ ބައި މި ނިންމީ 2023 ވަނަ އަހަރު ސައުތު ކޮރެއާގައި،" ޔާމީން، "އަދަދު" އަށް ކިޔައިދިނެވެ.

ޔާމީން ބުނީ ރޫލްސް އެގްޒަމިނޭޝަނުން ފާސްވުމަށް ފަހު ދެން ކުރިއަށްދަނީ އިވެލުއޭޝަންތަކެއް ކަމަށެވެ. އެ ގޮތުން، އިލެލުއޭޓަރުންތަކެއް އެސަސްމެންޓްތަކެއް ހަދާފައި ފާސްވެގެން އެ މީހުން ބަލައިގަންނަ މިންގަނޑެއްގެ ތެރެއިން، ހަތަރު މީޓު ހަމަކުރަން ޖެހޭ ކަމަށެވެ.

"ދެން، މިދިޔަ އަހަރު އޭޝިއަން ގޭމްސް އިން ދެ މީޓު، ދެ މި ފަހަރު، (ފިލިޕީންސްގެ) ޕެޓްރޯ ޕްރިންސެސާގައި މި އޮތް ޔޫތު ކޮންޓެންޑާ މުބާރާތަށް އައި ދެ އިވެލުއޭޓަރު އަތުން ދެ މީޓް ލިބުނީމަ، ހަތަރު މީޓު ހަމަވީމަ، އޮފިޝިއަލީ ބްލޫ ބެޖަކަށް މި ބަދަލުވީ،" ހިތްހަމަޖެހިފައި ހުރެ ޔާމީން ބުންޏެވެ.

"އިވެލުއޭޝަންގައި ވަރަށް ކުޑަ ޕީރިއަޑެއް މި ދިމާވީ، ވަރަށް ލަކީކޮށް ދިމާވީ (ނަސީބު ރަނގަޅުކޮށް ދިމާވީ)، އެއީ އެސޯސިއޭޝަނުން އެހާ ބޮޑަށް އެހީތެރިވީމަ. ގޯލްޑް ބެޖް ވަރަށް މަދު ދުުނިޔޭގައި. އަލަށް އިންޓްރޮޑިއުސްކޮށްގެން އުޅޭ އެއްޗެއް ވީމަ، ސައުތު އޭޝިއާގައި ބްލޫ ބެޖެއް ލިބުނު ދެ ވަނަ ގައުމު ރާއްޖެ މިއީ. އިންޑިއާގައި ދެން ބްލޫ ބެޖް އުޅޭނެ."

ކަސްޓަމްސްގައި އިސް ވަޒީފާއެއްގެ ޒިންމާ އަދާކުރަމުން އަންނަ ޔާމީން ވަނީ މަލްޓި ސްޕޯޓްސް ގިނަ ގޭމްސްތަކެއްގައި ވެސް ޓީޓީ އިވެންޓްތަކުގައި އަމްޕަޔަރުކަން ކޮށްފަ އެވެ. އެ ގޮތުން، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ޓީޓީގެ ވަރުގަަދަ މެޗުތަކުގައި އިންސާފުކޮށްފައިވެ އެވެ.

ޔާމީން، އަމްޕަޔަރުކަން ކޮށްފައިވާ ބައިނަލްއަގުވާމީ އެހެނިހެން މުބާރާތްތަކަށް ބަލާއިރު، 2017 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕާއި އޭގެ އެއް އަހަރު ފަހުން ރާއްޖޭގައި ބޭއްވި ސައުތު އޭޝިއާ ޖޫނިއާ މުބާރާތާއި ގަތަރުގައި 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox